03 Jun 2023
ފޯޅަވަހި އިއްތިހާދުގެ ބޮޑު ޖަލްސާގައި ރައީސް ޔާމިނަށް ޚާއްސަ ގޮނޑިކޮޅެއް!
ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ގަސްދުގައި ސަރުކާރުން ދޫކޮށްލާފައިވާކަމަށް ބުނެ، އެ ސަރަޙައްދު އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަށް ގިނަ ސިޔާސީ ޕާޓީތަކާއި، ސިޔާސީ ލީޑަރުންނާއި ޤާނޫނީ ފަންނުގައި ފުންނާބުއުސް އެތައް ބަޔަކު ވަނީ ގުޅިގެން ބިޔަ ބޮޑު މަސައްކަތެއް ފަށާފައެވެ.