ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
17 Apr 2023
"ޕީޕީއެމުން ޑރ މުއިއްޒުގެ ސުލޫކީ މައްސަލައެއް ބަލާކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް"
ޕީޕީއެމްގެ ނައިބުރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒުގެ ސުލޫކީ މައްސަލައެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އާއިލާއިން ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހުށައަޅާފައިވާކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއްކަމަށް އެ ޕާޓީން ބުނެފި އެވެ.
11 Apr 2023
52 މިލިއަން ދައްކަން ރައީސް ޔާމިނަށް ކުރި އަމުރު ބާތިލުކޮށްފި
ވ. އާރަށުގެ މައްސަލައިގައި ޙުކުމް ކުރިތާ ދުވަސްތަކެއް ފަހުން 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ރައީސް ޔާމިނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.
10 Apr 2023
"ރައީސް ޔާމީން ކުޑަގޮޅީގައި ބޭއްވުމަކީ އިންސާފެއް ނޫން"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މި ރޯދަމަހު ވެސް ޖަލުގެ ކުޑަގޮޅީގައި ބޭއްވުމަކީ އިންސާފެއް ނޫންކަމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެ އެވެ.
04 Apr 2023
އިދިކޮޅުގެ ޖަވާބު: ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވާ
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީން ވާދަވެރި ސިޔާސީ ޕާޓީ ޕީޕީއެމަށް ފޮނުވި ދައުވަތުގެ ޖަވާބު އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވައިފި އެވެ.
27 Mar 2023
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައެއްގެ އަޑުއެހުން މާދަމާ
ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅައި 53 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ހައިކޯޓުން ތާވަލްކޮށްފިއެވެ.
23 Mar 2023
"ރައީސް ޔާމީންގެ ދުޢާ އަކީ ގައުމު ސަލާމަތްކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވުން"
ރަމަޟާން މަހުގެ ތަހުނިޔާ އާއި ހެޔޮއެދުން ދިވެހި އެންމެހާ ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮނުއްވާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
20 Mar 2023
"5 އަހަރުން ރައީސް ޞާލިހަށް ބެހެއްޓުނީ ފާހާނާ ތައްޓެއް"
5 އަހަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ކުރެވުނުހާވެސް ކަމަކީ ހިއްކިތަނެއްގައި ފާޚާނާ ތައްޓެއް ބެހެއްޓުންކަމަށް އިދިކޮޅުގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
19 Mar 2023
"ސުމަކުން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރީ ރައީސް ޔާމީން"
ސުމަކުން ފައްޓަވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ތަރައްޤީގެ ހުރިހާ މަސައްކަތެއް ކޮށްދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށް އެމަނިކުފާނުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.