ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
25 Jun 2023
"ޔާމީނާއި ޚިލާފަށް ރައީސް ޞާލިހު ބާރު ފޯރުވަނީ މަޑުން ހުންނަވައިގެން"
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަޖިލީހަށް ނުފޫޒު ފޯރުއްވީ ގަދަ ބާރުން ކަމަށާ، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެކަން ކުރައްވަމުން ގެންދަވަނީ މަޑުން ހުންނަވައިގެން ކަމަށް، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.
23 Jun 2023
"މި ވެރިކަން ބަދަލު ކުރަން ރައީސް ޔާމީން އަންގަވައިފި"
މި ވެރިކަން ބަދަލުކުރަން ވާހަކަ ދައްކަން ޖެހުނު ކޮންމެ ބަޔަކާއެކީ ވާހަކަ ދެއްކެވުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕަށް އަންގަވާފައިވާ ކަމަށް، އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެ އެވެ.
18 Jun 2023
"ޔާމީން ނުހޮވިއްޖެނަމަ އަނދިރިއަނދިރިންގެ ދުވަސްވަރަށްވުރެ ހަޑިކޮށް ރައްޔިތުންނާމެދު އަމަލު ކުރާނެ"
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީން ނުހޮވިއްޖެނަމަ އަނދިރިއަނދިރިންގެ ދުވަސްވަރަށްވުރެ ހަޑިކޮށް ރައްޔިތުންނާމެދު އަމަލު ކުރާނެ ކަމަށް ކުރީގެ ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
18 Jun 2023
"ޔާމީނުގެ ޒައާމަތަކަށް ރައްޔިތުން ފެންބޮވައިގެންފަ އޮތްވަރު ފެނިގެން ގޮސްފި"
އިއްޔެ ކުރިއަށް ދިޔަ ޑަބްލިޔުޑީސީގެ ބައި އިލެކްޝަންއިން ފެނިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީނުގެ ޒައާމަތަކަށް ރައްޔިތުން ފެންބޮވައިގެންފައި އޮތްވަރު ކަމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
16 Jun 2023
"22 ގަޑިއިރުގެ ހެކިބަސް ނެގިއިރު ވަލީކުންނާއި ބައްދަލުކުރުމުގެ ފުރުސަތެއް ނުދިން"
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރިއަތުގައި 22 ގަޑިއިރުގެ ހެކިބަސް ނަގާފައިވާއިރު، ރައީސް ޔާމިނަށް އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރުމަށް އެންމެ ފުރުސަތެއް ދެއްވާފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
16 Jun 2023
އާރަށު މައްސަލައިގެ އިސްތިއުނާފު އަވަސްކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފި
ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް މިހާރު އެ ކޯޓުގައި ފަށާފައިވާ މައްސަލަ އަވަސްކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި އެވެ.
14 Jun 2023
"މި އޮތީ ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ހާލަތަށް މުއައްސަސާތައް ވައްޓާލާފައި"
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު މިއަދު ވެރިކަން ކުރައްވަމުން ގެންދަވަނީ ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ޙާލަތަށް މުއައްސަސާތައް ވައްޓާލައިގެންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
13 Jun 2023
ޔާމީނަށް އަނިޔާ ކުރާ ކަމަށް ބުނެ އިދިކޮޅު ރައީސް އޮފީހަށް
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އަށް އަދުގެ ސަރުކާރުން އަނިޔާ ކުރަމުންދާ ކަމަށް ވިދާޅުވެ، އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕް ރައީސް އޮފީހަށް ވަޑައިގެންފިއެވެ.
12 Jun 2023
ޔާމީން ޖަލަށް ލާފައި ވަނީ ސިޔާސީ ބޭނުމަށް: އަމްރު
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލަށް ލާފައި ވަނީ ސިޔާސީ ބޭނުމަށް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
11 Jun 2023
"މުޒާހަރާތައް ހުއްޓުވަނީ ސަރުކާރުގެ އޯޑަކަށް، އިދިކޮޅުގެ އަޑު ކަނޑުވާލަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ މާލޭގައި ކުރިއަށް ގެންދާ ސުލްޙަވެރި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށް، ބައިވެރިންގެ މުދަލަށް ގެންލުން ދެމުންދާ ކަން ފާހަގަކޮށް އެކަން އިދިކޮޅު ކޯލިޝަނުން ކުށްވެރިކޮށްފި އެވެ.