ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
01 Feb 2023
މި ނިކަމެތި ހާލުން ސަލާމަތް ކޮށްދެވޭނީ ރައީސް ޔާމީނަށް: ޣައްސާން
މި ޤައުމު މިއަދު ވެއްޓިފައިވާ ނިކަމެތި ހާލަތުން ސަލާމަތްކޮށްދެވޭނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
31 Jan 2023
ފުލުހުން އެންގިޔަސް "ހަރާން ހުކުމް" ކިޔުން ހުއްޓައެއް ނުލާލަން: މުހައްމަދު އިސްމާއިލް
ފުލުހުން އެންގިޔަސް ރައީސް ޔާމީނަށް އިއްވީ "ހަރާން ހުކުމެއް" ކަމަށް ކިޔުން ހުއްޓާނުލާނެކަމަށް މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
30 Jan 2023
ރައީސް ޔާމީންގެ ސަޕޯޓަރުންގެ "ބުންވަރު" ދައްކާލަން ހުކުރު ދުވަހު ނިކުންނަނީ
ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މާލޭގައި ސުލްހަވެރި ހިނގާލުމެއް ބޭއްވުމަށް ނިންމައިފި އެވެ.
30 Jan 2023
ގާޒީ ޝަކީލު ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކުރެއްވި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަކީލު ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވައިފި އެވެ.
29 Jan 2023
ރައީސް ޔާމީންގެ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ 1:00 އަށް ތާވަލުކޮށްފި އެވެ.
28 Jan 2023
"މިއަދު މި އެނގުނީ ގައުމު ހަމަ މަގަށް އެޅުވޭނީ ރައީސް ޔާމީންއަށް ކަން"
މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރިމައިރީގެ ވޯޓުގައި ހިނގައިދިޔަ ކަންތަކަށް އެކަނި ބަލާލިޔަސް، މި ގައުމު މިހާރު މި އޮތް ހާލަތު ހަމަޔަކަށް އެޅުވޭނެ ހަމައެކަނި ސިޔާސީ ލީޑަރަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުކަން އެނގިގެންދާކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
27 Jan 2023
އިދިކޮޅުގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފި
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅުން މާލޭގައި ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށްފި އެވެ.
26 Jan 2023
ސަރުކާރުން މަސައްކަތް ކުރަނީ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ބާކީކުރަން: އިދިކޮޅު
މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރާއި ވާދަވެރި ސިޔާސީ ޕާޓީ އެކަހެރިކޮށް ބާކީ ކުރުމަށްކަމަށް އިދިކޮޅުން ބުނެފިއެވެ.