12 Jun 2024
އދ. އިން ކުރި މިނިވަން ތަޙްޤީޤު: އިޒްރޭލު، ކުށްވެރިކުރެވޭ އެތައް ޖަރީމާތަކެއް
ފަލަޞްޠީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް، މިނިވަން ދެ ފަރާތަކުން ތަޙްޤީގު ކުރުމަށްފަހު، މިއަދު ނެރުނު ރިޕޯޓުގައި ވަނީ އިޒްރޭލު، އެތައް ގޮތަކުން ކުށްވެރިވާކަމަށް ބުނެފައެވެ. އެގޮތުން، ހަމައެކނަި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން، އެ އަހަރު ނިމުމާ ހަމައަށް، އަލިއަޅުވާލާފައިވާ މި ރިޕޯޓުގައި ވަނީ، އެ 12 ހަފްތާގެ ތެރޭގައި މީހުން މެރުމާއި، ޖިންސީ އަނިޔާ ކުރުމާއި، ގަދަ ކަމުން މީހުން އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުވުމާއި، ގަސްތުގައި އަނިޔާ ކުރުން، އަދި މުޖުތަމަޢެއް ނައްތާލަން މަސައްކަތް ކުރުން ފަދަ އެތައް ޖަރީމާ ތަކެއް ހިންގި ކަން ސާބިތުކަމަށް، ބުނެފައެވެ.
12 Jun 2024
ގަތުލުއާއްމަށް 249 ދުވަސް، ޝަހީދުވި މީހުންގެ އަދަދު 37،000 އަށްް!
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ޔަހޫދީން ޣައްޒާ އަށް ދެމުންއަންނަ ލާއިންސާނީ ހަމަލާތަކަށް 249 ދުވަސް ވެފައިވާއިރު، އެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 37,164 އަށް އަރައިފިއެވެ.
11 Jun 2024
މި އަހަރުގެ އެންމެ ޢުމުރުން ދުވަސްވީ ޙައްޖުވެރިއަކަށް 130 އަހަރުގެ މީހެއް
މި އަހަރު އެންމެ ޢުމުރުން ދުވަސްވީ ޙައްޖުވެރިއެއްގެ ގޮތުގައި ޙައްޖަށް ގޮސްފައިވަނީ 130 އަހަރުގެ މީހެއްކެވެ.
11 Jun 2024
މަލާވީގެ ނައިބު ރައީސް އަވަހާރަވެއްޖެ
އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ މަލާވީ ގެ ނައިބު ރައީސް ސައުލޯސް ޗިލިމާ ދަތުރުކުރައްވަމުން ގެންދެވި ދަތުރުކުރައްވަމުން ގެންދެވި ބޯޓު ވެއްޓި، އަވަހާރަވެއްޖެއެވެ.
11 Jun 2024
މަލާވީގެ ނައިބު ރައީސް ދަތުރުކުރައްވަމުން ގެންދެވި ބޯޓު ގެއްލިއްޖެ
އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ މަލާވީ ގެ ނައިބު ރައީސް ސައުލޯސް ޗިލިމާ ދަތުރުކުރައްވަމުން ގެންދެވި މިލިޓަރީ މަތިންދާބޯޓު ގެއްލިއްޖެއެވެ.
10 Jun 2024
ނަތަންޔާހޫގެ ހަނގުރާމަ ކެބިނެޓުން ދެވަޒީރުންނާއި ސިފައިންގެ ބައެއް އިސްވެރިން ބަލި ޤަބޫލުކޮށް އިސްތިއުފާ ދީފި
އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ހަނގުރާމަ ކެބިނެޓުން ދެވަޒީރުން، ހަނގުރާމައިގައި ބަލިވަމުންދާކަމަށް ބުނެ ކެބިނެޓުން އިސްތިއުފާ ދީފިއެވެ. ހަނގުރާމައިގައި ނަތަންޔާހޫ ގެންގުޅެމުންދާ ސިޔާސަތުތަކާ ނުރުހުންވެ އިސްތިއުފާ ދީފައިވަނީ، ވަޒީރު، ބެނީ ގާންޓްޒް އާއި ގާދީ އައިސެންކޮޓް އެވެ.
09 Jun 2024
ޔަހޫދީންގެ ހަމަލާތަކެއްގައި ޣައްޒާގެ 210 މީހުން ޝަހީދުކޮށްލައިފި
ޣައްޒާގެ މެދުތެރޭގައި ހުރި ކޭމްޕަކަށް ޔަހޫދީން ދިން ހަމަލާތަކެއްގައި 210 މީހުން ޝަހީދުކޮށްލައިފިއެވެ.
08 Jun 2024
ޙައްޖުގެ މަތިވެރި އަޅުކަމަށް 1.2 މިލިއަނަށް ވުރެ ގިނަ މީހުން ސައުދީ އަށް
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިހާތަނަށް 1.2 މިލިއަނަށް ވުރެ ގިނަ ޙައްޖުވެރިން ސައުދީ އަރަބިއާއަށް އެތެރެވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.