30 Apr 2023
އިޒްރާއިލުން ސީރިޔާ އަށް ރޮކެޓް ހަމަލާ އެެއް ދީފި
އިޒްރާއިލުން ސީރިޔާ އަށް ރޮކެޓް ހަމަލާއެއް ދީފިއެވެ.
28 Apr 2023
15 އަހަރު ވަންދެން ބަކަރި ގެންގުޅެ ވިއްކައިގެން ޢުމްރާއަށް ދިޔަ މީހަކަށް ގިނަބައެއްގެ ސަމާލުކަން
ޕާކިސްތާނުގެ ބަލޯކިސްތާނުގެ ހޫބު ސަރަޙައްދުގެ ބަކަރި ގެންގުޅޭ 82 އަހަރުގެ އަބްދުލްޤާދިރު ބަޚުޝް އުމްރާގެ އަޅުކަން އަދާ ކުރަން ހުއްޓައި ނަގާފައިވާ ވީޑިއޯ އަކަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
27 Apr 2023
ޗާގޯސް "ޑީލު" ގެ ވާހަކަތައް މޮރިޝަސްގެ ނޫސްތަކަށް
ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ހުކުރު ދުވަހަށް ތާވަލުކޮށްފައި ވަނިކޮށް އެ މައްސަލައިގައި މި ސަރުކާރުން މޮރިޝަސްއާއެކު ހެދި ޑީލުގެ ވާހަކަ މޮރިޝަސްގެ ނޫސްތަކުގެ ފަލަ ސުރުހީއަށް އަރައިފި އެވެ. ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ސަރުކާރުން މޮރިޝަސްއާއެކު ހަދާފައިވާ "ޑީލު" ތަހުގީގުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވި ސިޓީ ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށައަޅާފަ އެވެ.
27 Apr 2023
"މިއީ ރާއްޖޭގެ ނިންމުންތަކަށް ނުފޫޒު ފޯރުވޭ ފެންވަރުގެ މީހެއް ނޫން"
ޗާގޯސް މައްސަލައިގައި ރިޝްވަތު ހިމެނޭ ކަމަށް ކުރާ ތުހުމަތުގެ ރައްދުގައި، އެއީ މޮރިޝަސްގެ ފޮރިން މިނިސްޓަރަށް ނުފޫޒު ފޯރުވޭ ވަރުގެ ކަމެއް ނޫން ކަމަށް މޮރިޝަސްގެ ފޮރިން މިނިސްޓަރު އަލަން ގަނޫ ވިދާޅުވެއްޖެއެވެ.
27 Apr 2023
އިރާންގެ ބެންކެއްގައި ދިން ހަމަލާއެއްގައި ޤައުމީ މަޖިލީހުގެ މެމްބަރަކު ނިޔާވެއްޖެ
އިރާންގެ ބޭންކެއްގައި ހަތިޔާރު އެޅި މީހަކު ދިން ހަމަލާއެއްގައި އެ ޤައުމުގެ މަޖިލީހުގެ މެމްބަރު އަދި ނުފޫޒުގަދަ ދީނީ ޢިލްމު ވެރިއެއް ކަމަށްވާ އާޔަތުﷲ އައްބާސް އަލީ ސުަލައިމާނީ ނިޔާވެއްޖެއެވެ.
25 Apr 2023
ދެބޯއްޓެއް ބަންޑުން ޖަހާލާ، ލީބިޔާގެ އައްސޭރިފަށަށް ހަށިތައް ލައްގަނީ
ރެފިޔުޖީން ގޮވައިގެން ދަތުރު ކުރަމުންދިޔަ ދެ ބޯއްޓެއް ބަންޑުން ޖަހާލައި އެތައް ބައެއްގެ މަރުވެފައިވާ ހަށިތައް ލީބިޔާގެ އެކި އަވަށްތަކުގެ އައްސޭރިފަށަށް ލައްގަމުން ދާ ކަމަށް އަލްޖަޒީ އިން ބުނެފިއެވެ.
25 Apr 2023
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ބައިޑަން އިއުލާނު ކުރައްވައިފި
ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ރަސްމީކޮށް އިއުލާނު ކުރައްވައިފި އެވެ.
25 Apr 2023
ބުރުގާ ނާޅާތީ އިރާންގެ ދެ އެކްޓަރުން ހައްޔަރުކޮށްފި
ބުރުގާ ނާޅާ މައްސަލައިގައި އިރާންގެ ދެ އެކްޓްރެސް އެއް ހައްޔަރު ކޮށްފިއެވެ.