ދުނިޔެ
18 Apr 2026
އެމެރިކާއިން ދުއްތުރާ ކުރާނަމަ، ހުރްމުޒް ކަނޑުއޮޅި ބަންދުކުރަން ޖެހިދާނެ
17 Apr 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް
ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ ވިޔަފާރި އުޅަނދުފަހަރަކަށް އެ ސަރަހައްދު ހުޅުވާލާފައިވާ ކަމަށް އީރާނުން އިއުލާނުކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 13 އިންސައްތަ ދަށަށް ވެއްޓިއްޖެއެވެ.
17 Apr 2026
ހޯރްމޫޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލައިފި
ލުބުނާނަށް އިސްރާއީލުން ދެމުންގެންދިޔަ ހަމަލާތައް މެދުކަނޑާލަން އެއްބަސްވުމާއެކު، އެ އެއްބަސްވެފައިވާ ސުލްހައިގެ މުއްދަތުގެ ތެރޭގައި، ހޮރްމޫޒް ކަނޑުއޮޅި މުދާ އުފުލާ ހުރިހާ އުޅަނދުތަކަށް އެއްކޮށް ހުޅުވާލާފައިވާ ކަމަށް އީރާނުން ހާމަކޮށްފިއެވެ.
17 Apr 2026
ލުބުނާނުގައި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައިފި
ލުބުނާނާއި އިސްރާއީލާ ދެމެދު ދާއިމީ ސަލާމަތީ އަދި ސުލްހައިގެ އެއްބަސްވުމަކަށް މަގުފަހިކުރުމަށްޓަކައި، 10 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައިފިއެވެ.
15 Apr 2026
އެމެރިކާގެ ހުރަސްތަކާއެކުވެސް އީރާނުގެ ސުޕަޓޭންކަރެއް ހޯރްމުޒް ކަނޑުއޮޅި ހުރަސްކޮށްފި
މި އުޅަނދަކީ "ވެރީ ލާޖް ކްރޫޑް ކެރިއަރ" ގިންތީގެ ވަރަށް ބޮޑު ސުޕަޓޭންކަރެކެވެ. މިފަދަ އުޅަނދުފަހަރަކީ އެއްފަހަރާ ގިނަ އަދަދެއްގެ ތެޔޮ އުފުލުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުފަހަރެވެ.
15 Apr 2026
އެމެރިކާގެ ނިއުކްލިއާ ހަތިޔާރާއި ގުޅޭ ސިއްރު ދިރާސާތަކުގައި މަސައްކަތްކުރާ އިތުރު މީހަކު ގެއްލިއްޖެ
މިފަހަރު ގެއްލިފައިވަނީ ނިއު މެކްސިކޯގެ އަލްބަކާކީގައި ހުންނަ ކެންސަސް ސިޓީ ނޭޝަނަލް ސެކިއުރިޓީ ކެމްޕަސް ގައި ސަރުކާރުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި އުމުރުން 48 އަހަރުގެ ސްޓީވަަން ގާސިއާއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ އޮގަސްޓް 28، 2025 ގައި އޭނާގެ ގެއިން އަތުބަޑިއެއް ހިފައިގެން ނުކުމެގެން ދަނިކޮށެވެ. ގާސިއާއަކީ އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ ނިއުކްލިއާ ހަތިޔާރުތަކުގެ ގިނަ އަދަދެއްގެ ސާމާނުތައް ބަލަހައްޓާ މަރުކަޒެއްގައި އިސް މަގާމެއް ފުރަަމުންދިޔަ މީހެކެވެ.
15 Apr 2026
އީރާނާއެކު ބާއްވާ މަޝްވަރާތަކުގެ ދެވަނަ ބުރެއް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ބޭއްވިދާނެ: ޓްރަމްޕް
ޓްރަމްޕް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ކަންތައްތަކެއް ހިނގުން އެކަށީގެންވާތީ، މަޝްވަރާތައް ބޭއްވުމަށް އެންމެ ބޮޑަށް ލަފާކުރެވެނީ ޕާކިސްތާނުގެ އިސްލާމްއާބާދެވެ. މި ބައްދަލުވުމަކީ މިދިޔަ ހަފުތާ ބަންދުގައި ބޭއްވުނު ފުރަތަމަ ބުރުގެ މަޝްވަރާތަކަށްފަހު، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
15 Apr 2026
ދުނިޔޭގެ ބާޒާރަށް މެދުކެނޑުމެއްނެތި ހަކަތަ ފޯރުކޮށްދެވޭނެ
އީރާނުން ސައުދީ އަރަބިއްޔާގެ ހަކަތައިގެ މަރުކަޒުތަކަށް ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން މެދުކެނޑުނު މަސައްކަތްތައް އަލުން ފަށައި، ދުނިޔޭގެ ބާޒާރަށް މެދުކެނޑުމެއްނެތި ހަކަތަ ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާއިން ދީފިއެވެ.