ދުނިޔެ
29 Apr 2026
ޓްރަމްޕްގެ ފޮޓޯ ޖެހި ޕާސްޕޯޓް ދޫކުރަނީ
މިކަން ހާމަކުރައްވަމުން އެ އިދާރާގެ އޮފިޝަލަކު އަންގާރަ ދުވަހު ވިދާޅުވީ، ވޮޝިންގޓަން ޕާސްޕޯޓް އެޖެންސީއަށް ހާޒިރުވެގެން ޕާސްޕޯޓް އާކުރާ ފަރާތްތަކަށް ދޫކުރާ މައިގަނޑު ޕާސްޕޯޓަކީ މިއީ ކަމުގައި ވެގެންދާނެ ކަމަށެވެ. ނަމަވެސް އޮންލައިންކޮށް ނުވަތަ އެހެން ސަރަހައްދުތަކުން ޕާސްޕޯޓް ހައްދާ ފަރާތްތަކަށް އަދިވެސް ލިބޭނީ މިހާރުވެސް ބޭނުންކުރަމުންދާ ޕާސްޕޯޓެވެ.
29 Apr 2026
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، ޓްރަމްޕަށް ހޫނު ރައްދެއް ދެއްވައިފި
މި ހަފްލާ ތެރޭގައި ވާހަކަފުޅު ދައްކަވަމުން ރަސްގެފާނު ޗާލްސް ވަނީ، މީގެ ކުރިން ރައީސް ޓްރަމްޕް ދައްކަވާފައިވާ ވާހަކަފުޅަކަށް އިޝާރާތް ކުރައްވާފައެވެ. އެގޮތުން، އެމެރިކާގެ އެހީތެރިކަން ނެތްނަމަ ޔޫރަޕްގެ ގައުމުތަކުގައި މިއަދު ވާހަކަ ދައްކާނީ ޖަރުމަނު ބަހުން ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ބަހަށް ރަސްގެފާނު ރައްދު ދެއްވިއެވެ. އެގޮތުން ރަސްގެފާނު ޓްރަމްޕަށް ރައްދު ދެމުން ވިދާޅުވީ، އިނގިރޭސިވިލާތުގެ އެހީތެރިކަން ނެތްނަމަ އެމެރިކާގެ ރައްޔިތުން މިއަދު ވާހަކަ ދައްކާނީ ފަރަންސޭސި ބަހުން ކަމަށެވެ.
27 Apr 2026
އިސްރާއީލުން ޣައްޒާއަށް ހަމަލާދީ، ކުޑަކުއްޖަކު ޝަހީދުކޮށްލައިފި
މި ހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 15 އަހަރުގެ އަހްޔަމް އަލް އޮމާރީ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
27 Apr 2026
އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އަދި މާ އަވަސް: އުރްސުލާ
ވޮން ޑަރ ލޭޔަން ފާހަގަކުރެއްވި ގޮތުގައި، އީރާނާ ދެކޮޅަށް މި ފިޔަވަޅުތައް އަޅަންޖެހުނު މައިގަނޑު ސަބަބަކީ އެ ގައުމުގެ އާންމު ރައްޔިތުންނާ މެދު އީރާނު ސަރުކާރުން ގެންގުޅޭ ހަރުކަށި އުސޫލުތަކާއި އިންސާނީ ހައްގުތަކަށް އަރައިގަތުމެވެ. މިހެންކަމުން، މި ދަނޑިވަޅުގައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
27 Apr 2026
ނަތަންޔާހޫ މިއަދު ޝަރީއަތުގައި ބަޔާންދޭން އޮތްނަމަވެސް ފަހުވަގުތު ކެންސަލް
ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި ރިޝްވަތު ހިފުމާއި، މަކަރާއި ހީލަތް ހެދުމުގެ އިތުރުން އަމާނާތްތެރިކަން އިސްނުކުރުމުގެ ކުށުގެ ދައުވާތައް ހިމެނޭ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށްދާ އަދި އެކި ފަހަރު މަތިން ލަސްވަމުން އަންނަ ޝަރީއަތެއް
27 Apr 2026
އީރާނުގެ ހާރިޖީ ވަޒީރު އަރާގްޗީ ރަޝިއާގެ ރައީސް ޕުޓިން އާ ބައްދަލުކުރައްވަނީ
އަރާގްޗީ ވިދާޅުވީ އޭނާ ރަޝިއާއަށް ވަޑައިގެންނެވި މި ދަތުރަކީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކުގައި ތެހެރާނާއި މޮސްކޯއާ ދެމެދު އޮންނަ ގާތް މަޝްވަރާތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ކުރައްވާ ދަތުރުފުޅެއް ކަމަށް
26 Apr 2026
ސްވިސް އެއާގެ ބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވެއްޖެ
ދިއްލީން ސްވިޒަލޭންޑްގެ ޒިއުރިކަށް ދަތުރުކުރުމަށް ހަމަޖެހިފައި އޮތް ފްލައިޓް ނަންބަރު އެލްއެކްސް 147، އެއާބަސް އޭ-330 މަރުކާގެ ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވީ މިއަދު ފަތިހު 1:08 ހާއިރު ރަންވޭމަތިން ނައްޓާލަން ދުއްވަމުން ދަނިކޮށެވެ. އިންޖީނުން އަލިފާން ފެނުމާއެކު، ޕައިލެޓުން ވަނީ ވަގުތުން ޓޭކް-އޮފް މެދުކަނޑާލައި، ފަސިންޖަރުން ރައްކާތެރިކަމާއެކު ބޭލުމުގެ މަސައްކަތް ފަށާފައެވެ.
26 Apr 2026
ބަޑިޖެހި މީހާ އުޅުނީ އަހަރެން މަރާލަން: ޓްރަމްޕް
އެމެރިކާގެ ވޮޝިންޓަންގައި ބޭއްވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރ" ހަފްލާގެ ތެރޭގައި ބަޑީގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕް އެ ސަރަހައްދުން ރައްކާތެރިކަމާއެކު ބޭރުކޮށްފިއެވެ.
26 Apr 2026
ޓްރަމްޕް ސަލާމަތުން ހުރީތީ އުފާކުރަން: މޯދީ
ބޮޑުވަޒީރު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޓްރަމްޕާއި، އަނބިކަނބަލުން މެލަނިއާ ޓްރަމްޕްގެ އިތުރުން ނައިބު ރައީސް ޖޭޑީ ވެންސް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތުން ތިއްބެވިކަން އެނގުމުން ހިތްހަމަޖެހުން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެބޭފުޅުންގެ ސަލާމަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.
26 Apr 2026
’ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރ‘ ހިނގަމުންދަނިކޮށް ހަމަލާތަކެއް
އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރ ހިނގަމުންދަނިކޮށް، ހޮޓަލުން ބޭރުގައި ބަޑީގެ ހަމަލާތަކެއް ދިނުމާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ގޮތަކަށް އެ ސަރަހައްދުން ބޭރުކޮށްފިއެވެ.