ރައީސް ޔާމީން ޝަރީއަތް
19 Aug 2024
ރައީސް ޔާމީންގެ ފުއްގިރި މައްސަލައިގެ މާދަމާގެ އަޑުއެހުން ކެންސަލްކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ކުރާ ދައުވާތަކާ ގުޅިގެން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
18 Aug 2024
ރައީސް ޔާމިނުގެ މައްސަލަ: އާރަށާއި ފުއްގިރި މައްސަލަ މިހަފްތާއަށް ތާވަލްކޮށްފި
އާރަށާއި، ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ހުއްޓިފައިވާ މައްސަލަތަކުގެ ޝަރީއަތް މިހަފްތާގައި ބެލުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.
28 Jul 2024
ޔާމީނާއި ދެކޮޅަށް ހުށަހެޅި ހެކިތައް ބަލައިނުގަތުމުން ޕީޖީން ސުޕްރީމް ކޯޓަށް
ވ. އާރަށް ކުއްޔަށްދިނުމާ މުޢާމަލާތުގައި ރިޝްވަތާއި މަނީ ލޯންޑްރިންގގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ހެކިތައް އެއްފަރާތްކުރުމަށް ހައި ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމްކޯޓަށް ހުށަހަޅައިފިއެވެ.
19 Apr 2024
ޔާމީންގެ ޝަރީއަތް ލަސްކުރީ އެމްޑީޕީގެ ނުފޫޒުން: އާދަމް ޝަރީފް
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމްގެ ވ އާރަށް އިސްތިއުނާފް މައްސަލައިގެ ޝަރީޢަތް ލަސްކޮށްފައިވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ނުފޫޒުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު ޚިދުމަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
18 Apr 2024
ޝަރުޢީ ދާއިރާގެ މައްޗަށް ރައީސްގެ ނުފޫޒެއް ނެތްކަން މިއަދު ސާބިތުވެއްޖެ - ހީނާ
ޝަރުޢީ ދާއިރާގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނުފޫޒެއް ނެތްކަން މިއަދު ހާމަ ވެއްޖެ ކަމަށް ޕީއެންސީގެ މަޖިލިސް އިންތިޚާބުގެ އިސް ތަރުޖަމާނު، އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
18 Apr 2024
ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އިއްވި 4 އަހަރުގެ ޖަލު ޙުކުމް ހައިކޯޓުން ބާޠިލުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ޙުކުމްތަކުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ޙުކުމްގެ ހައި ކޯޓުން ދެންމެ ބާޠިލްކޮށް، އަލުން އެ މައްސަލަ ބަލަން ޢަމުރުކޮށްފިއެވެ.
18 Apr 2024
އަޅުގަނޑު ދުޢާއަކީ ރައީސް ޔާމިންއަށް އިންސާފު ލިބި، މިނިވަންވުން
ހައިކޯޓުގައި ތާވަލުކޮށްފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ހުކުމުގެ އިސްތިއުނާފުގައި އެމަނިކުފާނު މިނިވަންވާނެކަމުގެ އުންމީދު ކުރައްވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
17 Apr 2024
ރައީސް ޔާމީންގެ މައްސަލައިގެ ހުކުމް ކުރުން ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގެ ހުކުމް ކުރުން، ބުރާސްފަތި ދުވަހު މެންދުރަށް ތާވަލު ކޮށްފައިވާ ކަމަށް ދާދި ދެންމެއަކު ހައިކޯޓުން ބުނެފިއެވެ.