ރައީސް ޔާމީން ޝަރީއަތް
18 Jul 2023
5 ގަޑިއިރުވީ އިރުވެސް އިދިކޮޅު ލީޑަރުންނަށް ހައިކޯޓުން ޖަވާބެއް ނުދިން!
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ވ އާރަށު ހުކުމުގެ އިސްތިއުނާފު މައްސަލަ އޮތް ހިސާބެއް ބަލަން އިދިކޮޅު ލީޑަރުން ހައިކޯޓަށް ވަޑައިގެން 5 ގަޑިއިރު ހޭދަކުރައްވާފައިވާއިރު، އެ ކޯޓުން ޖަވާބުދީފައި ނުވާކަމަށް އިދިކޮޅުން ބުނެފި އެވެ.
18 Jul 2023
ރައީސް ޔާމިނާއި ދެކޮޅަށް ސިޔާމާއި މައުރޫފު ހެކިބަސްދޭން އިންކާރުކޮށްފި!
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތައް ސާބިތުކޮށްދިނުމަށް ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށައަޅާފައިވާ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމާއި، އެމްޑިއޭގެ ނައިބު ރައީސް އަލީ މައުރޫފު، އެ މައްސަލައިގައި ހެކިބަސް ދޭން އިންކާރުކޮށްފި އެވެ.
18 Jul 2023
ފުއްގިރި މައްސަލަ: އަދީބުގެ ބޮޑީގާޑުގެ ހެކިބސް ނަގައިފި
ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުކޮށްދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑީގާޑު އަހުމަދު އާމިރުގެ ހެކިބަސް ނަގައިފި އެވެ.
18 Jul 2023
ރިޔާސީ އިންތިޚާބު ފަސްކުރަން އިދިކޮޅުން ގޮވާލައިފި
ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
17 Jul 2023
"މިއަދު އޮތީ ނުރުހޭ މީހާ ކުށްވެރިއަކަށް ހަދާ އިންސާފު"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ޤާއިމްކޮށްދިނީ ނުރުހޭ މީހާ ކުށްވެރިވެފައި، ރުހޭ މީހާ ކިތަންމެ ބޮޑު ކުށެއް ކުރި ނަމަވެސް ސަލާމަތްކުރާ އިންސާފުކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
16 Jul 2023
ރައީސް ޔާމިނުގެ ފުއްގިރި މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި
ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.
13 Jul 2023
އަދީބު ފިލައިގެން އެ ދިޔައީ ކޯޓަށް ދޮގުހެކި ދީފަ: ބޮންޑާ
ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ރާއްޖެ ދޫކޮށް އެ ދިޔައީ ފުއްގިރި މައްސަލައާއި ގުޅިގެން ކޯޓަށް ދޮގުހެކި ބަސް ދީފައިކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
13 Jul 2023
ފުއްގިރި ޚިޔާނާތް ހިންގިކަމެއް ކުރީގެ ވެރިންނަކަށް ނޭނގޭނެ: އިބްރާހިމް ރަޝީދު
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ޓުއަރިޒަމް މިނިސްޓްރީ މެދުވެރިކޮށް ޚިޔާނާތް ހިންގިކަމެއް އޭރުވެ ވެރިންނަށް އެނގިނުލައްވާނެ ކަމަށް އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހެކިބަސް ދެއްވަމުން މަޖިލީހުގެ މާދަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.