ރައީސް ޔާމީން ޝަރީއަތް
18 May 2023
"މި ސަރުކާރަށް ފުއްދުނީ ރައީސް ޔާމީނު ޖަލަށް ލުމުގެ ވައުދު އެކަނި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ މި ސަރުކާރަށް ފުއްދުނު ހަމައެކަނި ވައުދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލާނެކަމަށް ވީ ވައުދު އެކަނިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
17 May 2023
"ރައީސް ޔާމިނާއި ދެކޮޅަށް އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން އެއްވެސް ކޯޓަކަށް ނޭންގޭނެ"
ރައީސް ޔާމިނާއި ދެކޮޅަށް އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން އެއްވެސް ކޯޓަކަށް ނޭންގޭނެކަމަށް ރައީސް ޔާމީނުގެ އިސް ޤާނޫނީ ވަކީލު ޑރ ޖަމީލު ވިދާޅުވެއްޖެ އެވެ.
16 May 2023
"ސުޕްރިމް ކޯޓުގެ ނިންމުމަކީ ފުއްގިރި މައްސަލައަށް ލިބުނު ކުރިއެރުމެއް"
ރ. ފުއްގިރި މައްސަލައާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްުޅުން ސުޕްރިމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ނިންމާ އެ ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ދަށުކޯޓުގައި އޮތް މައްސަލަ ކާމިޔާބު ކުރުމަށް ފަހިވެގެން ގޮސްފައިވާކަމަށް ރައީސް ޔާމިންގެ ޤާނޫނީ ޓީމުން ހާމަކޮށްފި އެވެ.
16 May 2023
"ލިޔެކިއުންތައް ދެއްކުން ދައުލަތަށް ލާޒިމް، ދެން ބަހަނާއެއް ނުދެއްކޭން"
މުޅި ތަޙްޤީޤު ފައިލް ތަޙްޤީޤުލޮގާއި އެކު ބެލުމުގެ ޙައްޤު ދިފާޢަށް ލިބިގެންވާކަމަށާއި، އެ ލިޔެކިއުންތައް ދެއްކުުުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއްކަން ސްްްްޕްރީމްކޯޓުުުން ނިންމި ނިންމުމާއެކު ދެން ދައުލަތަަށް ބަހަނާ ނުދެއްކޭނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ޝިޔާޒް ވިދާޅުވެއްޖެއެވެ.
15 May 2023
ފުއްގިރި މައްސަލައިގެ ހެއްކާއި ގުޅޭގޮތުން ނިންމި ނިންމުން ސުޕްރިމް ކޯޓުން ދަމަހައްޓައިފި
ފުއްގިރި މައްސަލައިގެ ހެއްކާއި ގުޅޭގޮތުން ރައީސް ޔާމިންގެ ފަރާތްޕުޅުން ސުޕްރަމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ނިންމާ ހައިކޯޓުގެ ނިންމުމަށް ސުޕްރިމް ކޯޓުން ތާއީދުކޮށްފި އެވެ.
15 May 2023
ފުއްގިރި މައްސަލައިގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން މިރޭ 8:15 ގައި
ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ސުޕްރިމް ކޯޓަށް ހުށައަޅާފައިވާ ރ. ފުއްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އިސްތިޢުނާފު މައްސަލައިގެ ހުކުމް ކުރުން މިރޭ 8:15 އަށް އެ ކޯޓުން ތާވަލުކޮށްފި އެވެ.
15 May 2023
"ކޯޓުތަކުގައި ރައީސް ޔާމީންގެ މައްސަލަ ދިގު ދަންމަނީ ރައީސް ޞާލިހުގެ އޯޑަރަށް"
ކޯޓުތަކުގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމުުގެ މައްސަލަތައް ދިގުދަންމަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އޯޑަރަށްކަމަށް އިދިކޮޅު އިއްތިހާދުން ތުހުމަތުކޮށްފި އެވެ.
14 May 2023
ޔާމީން އަތުން 52 މިލިއަން ހޯދަން ޕީޖީން ހައި ކޯޓަށް
ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބުނާ 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅައިފިއެވެ.