ރައީސް ޔާމީން ޝަރީއަތް
30 Mar 2023
"ޖޫރިމަނާ އަށް 53 މިލިއަން ކަނޑައެޅިގޮތް ސާފުކޮށްދޭން ޖެހޭ"
ވ. އާރަށު މައްސަލައިގެ ހުކުމް ކުރިތާ 63 ދުވަސް ފަހުން އެ މައްސަލައިގެ ޖޫރިމަނާއަކީ 53 މިލިއަން ރުފިޔާކަމަށް ދައުލަތުން ކަނޑައެޅިގެތް ސާފުކޮށްދެއްވަން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.
30 Mar 2023
53 މިލިއަން ދެއްކުމަށް ކުރި އަމުރު ބާތިލުކޮށްދިނުމަށް އެދިވަޑައިގެންފި
ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އިއްވި ހުކުމުގައި ހިމެނޭ 53 މިލިއަން ރުފިޔާ ހަ މަސް ދުވަސްތެރޭ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އެދިވަޑައިގެންފި އެވެ.
28 Mar 2023
"މި ރޯދަމަހު ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ ފުރުސަތު ވަރަށް ބޮޑު"
މި ރޯދަމަހު ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު ގެކޮޅަށް ބަދަލުކުރެއްވުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ހާމަކުރައްވައިފި އެވެ.
28 Mar 2023
"ރޯދަމަހު ރައީސް ޔާމީން ކޯޓަށް ހާޒިރުކުރީ ތަކުލީފެއް ޖައްސަން"
އޮންލައިންކޮށް ކުރިއަށް ގެންދެވެން އޮތް ޝަރީއަތަކަށް ޕީޕީއެމްގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހާޒިރުކޮށްގެން ކުރިއަށް ގެންދިޔައީ އެމަނިކުފާނަށް ކޮންމެވެސް ގޮތަކުން ތަކުލީފެއް ޖެއްސުމަށްކަމަށް އިދިކޮޅުން ބުނެފިއެވެ.
28 Mar 2023
އިސްތިއުނާފު ނިމެންދެން ފުއްގިރި މައްސަލަ މަޑުޖައްސާލުމަށް އެދިއްޖެ
ރ ފުއްގިރި މައްސަލައިގެ ހެކި ބަލައިގަތުމާއި ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުނާފު ނިމެންދެން ދަށުކޯޓުގައި ކުރިއަށްދާ އެ މައްސަލަ މަޑުޖައްސާލުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އެދިވަޑައިގެންފި އެވެ.
27 Mar 2023
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައެއްގެ އަޑުއެހުން މާދަމާ
ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅައި 53 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ހައިކޯޓުން ތާވަލްކޮށްފިއެވެ.
27 Mar 2023
"ޖަލުގައި އޮންނައިރު ޔާމީނަށް ރޯދަ އެއް ހައްޖެއް ނާންނާނެ"
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ޖަލުގައި އޮންނަވާއިރު އެމަނިކުފާނަށް ރޯދަ މަހެއް، ހައްޖު މަހެއް އަދި ޢީދެއްވެސް ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.
26 Mar 2023
53 މިލިއަން ދައްކަން ޔާމިނަށް އެންގި މައްސަލައިގެ އިސްތިއުނާފު ބަލައިގެންފި
ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމުގައި 53 މިލިއަން ރުފިޔާ 6 މަސް ދުވަސްތެރޭ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުުރު، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބަލައިގެންފި އެވެ.