ރައީސް ޔާމީން ޝަރީއަތް
09 Jul 2023
މިއަދުވެސް ރައީސް ޔާމީންގެ ފުއްގިރި ޝަރީއަތް ކެންސަލް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ވެސް ކެންސަލް ކޮށްލައިފި އެވެ.
06 Jul 2023
ރައީސް ޔާމިނުގެ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް 9 ޖުލައިވާ އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
05 Jul 2023
"ދިފާއުން ހުށައެޅި ނުކުތާތަކުގެ ޤާނޫނީ ބައިތަކަށް ދައުލަތުން ޖަވާބެއް ނުދޭ"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިސް ޤާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައެޅުއްވި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބުދީފައިވާއިރު، އެ ނުކުތާތަކުގައި ހުރި ޤާނޫނީ ބައިތަކަށް ދައުލަތުން ޖަވާބުދީފައި ނުވާކަމަށެވެ.
02 Jul 2023
ރައީސް ޔާމީންގެ ފުއްގިރި ޝަރީއަތް މިއަދު ވެސް ކެންސަލް!
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭގޮތުން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
01 Jul 2023
ރައީސް ޔާމިނުގެ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް މާދަމާގެ 9:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
26 Jun 2023
"ރައީސް ޔާމިނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދޭން ކުރެވެން އޮތްހާ ކަމެއް ކުރާނަން"
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެކަމަށް "ދި ޑިމޮކްރެޓްސް" އިން ބުނެފި އެވެ.
23 Jun 2023
"ފުއްގިރި މައްސަލައިގެ ތާވަލް ހެދީ ދިފާއީ ވަކީލުންނާ މަޝްވަރާނުކޮށް"
ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލަ ޖުލައި ފުރަތަމަ ހަފްތާ އާ ދެވަނަ ހަފްތާއަށް ހަފްތާއަކު 3 ދުވަހު އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފައިވަނީ ދިފާއީ ވަކީލުންނާ މަޝްވަރާ ނުކޮށް ކަމަށް އެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ދިފާއީ ވަކީލު، އަބްދުالله ޝިޔާޒް ވިދާޅުވެއްޖެއެވެ.
22 Jun 2023
"ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވަނީ ނަސީރު ކިޔާ މީހެއް"
އަދުގެ ސަރުކާރުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، އަދި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށާ، އެކަން ކުރައްވަނީ ރައީސް އޮފީހުގެ "ނަސީރު ކިޔާ ބޭފުޅެއް" މެދުވެރިކޮށް ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ތުހުމަތު ކުރައްވައިފި އެވެ.