03 Sep 2023
ރައީސް ޔާމީން ޖަލަށްލީ، ރައީސް ޞާލިހު: ޑރ.ޖަމީލް
ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ލީޑަރ ރައީސް އަބްދުالله ޔާމީނު އަބްދުލްގައްޔޫމް ޖަލަށްލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކަމަށާ، އެކަން ކުރެއްވީ ޖޭއެސްސީ ބޭނުންކުރައްވައިގެން ކަމަށް، ކުރީގެ ނާއިބު ރައީސް، އަދި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
30 Aug 2023
ޚިޔާނާތް ސާބިތުކުރަން ދައުލަތުން ދެއްކީ ކުރީގެ މާލީ ބަޔާނެއް!
ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތް ހިންގުމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޚިޔާނާތްތެރިވެފައިވާކަން ސާބިތުކުރުމަށް ދައުލަތުން ކޯޓަށް ހުށައެޅީ އެ މުއާމަލާތް ހިނގުމުގެ ކުރީގެ މާ ކުރީގެ މާލީ ބަޔާނެއްކަން ހާމަވެއްޖެ އެވެ.
23 Aug 2023
ޔާމީންގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި!
މިއަދަށް ތާވަލް ކުރެވިފައިވާ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އާރަށް އިސްތިއުނާފު މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.
15 Aug 2023
އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ!
ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ މިދިޔަ ޑިސެމްބަރު މަހުގެ 25ގައި އިއްވި ހުކުމުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ.
14 Aug 2023
ޔާމީންގެ ޖޫރިމަނާ ފައިސާ ފަސްކުރި އަމުރު އިސްތިއުނާފް ނުކުރި!
ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރިޝްވަރު ހިފުމާއި މަނީ ލޯންޑްރިނގްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ތަންފީޛްކުރުން ފަސްކުރުން ފަސްކުރުމަށް ހައިކޯޓުން ކުރި އަމުރު އިސްތިއުނާފް ނުކުރަން ދައުލަތުން ނިންމައިފި އެވެ.
14 Aug 2023
"ފުއްގިރި ކުއްޔަށް ދޫކުރި އަގު ކުޑަކަމަށް ބުނީ އަސްލު އަގު އެނގިގެނެއް ނޫން"
ރ ފުއްގިރި ކުއްޔަށް ދޫކުުރުމުގެ މުއާމަލާތާއި ގުޅިގެން ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކޮށްދިނުމަށް މެލޭޝިޔާގައި ހުންނަ ހައިކޮމިޝަން މެދުވެރިކޮށް ދައުލަތުގެ ހެކިވެރިވާ މުޙައްމަދު ޝިފާއުގެ ހެކިބަސް ނަގައިފި އެވެ.
13 Aug 2023
ރައީސް ޔާމިނުގެ ޖޫރިމަނާ ފަސްކޮށްދީފި، ޖަލު ހުކުމް ފަސްކޮށެއް ނުދިން
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ވ އާރަށުގެ މުއާމަލާތާއި ގުޅުވާ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވި ހުކުމުގެ ތެރެއިން ޖޫރިމަނާގެ އަދަބު ފަސްކޮށްދިނުމަށް ހައިކޯޓުން ނިންމައިފި އެވެ.
10 Aug 2023
ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާމެދު ގޮތެއް ނިންމުން އާދީއްތާގައި!
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލާގައި ދައުލަތުން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އާދީއްތަ ދުވަހު ގޮތެއް ނިންމާނެ ކަމަށް އެކޯޓުން ބުނެފި އެވެ.