ރައީސް ޔާމީން ޝަރީއަތް
16 Jun 2023
އާރަށު މައްސަލައިގެ އިސްތިއުނާފު އަވަސްކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފި
ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް މިހާރު އެ ކޯޓުގައި ފަށާފައިވާ މައްސަލަ އަވަސްކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި އެވެ.
15 Jun 2023
"ޝަރީއަތުގައި ޔާމީން ބޭންދީ ނަމާދު ކުރަން ކުރައްވަން ވަގުތު ނުދީ"
ރ. ފުއްގިރި މުއާމަލާތާއި ގުޅުވައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތްތަކުގައި 13 ގަޑި އިރުވަންދެން ޕްލާސްޓިކް ގޮނޑިއެއްގައި އެމަނިކުފާނު ބައިންދަވަނީ، ކެއުމާއި، ފާޚާނާ ކުރެއްވުމުގެ އިތުރުން ނަމާދު ކުރައްވަންވެސް ފުރުސަތު ނުދެއްވާ ކަމަށް އިދިކޮޅުން ބުނެފިއެވެ.
14 Jun 2023
ކުރިކް ރިޒާގެ ފިންގަ ޕްރިންޓު ރިޕޯޓު ހެދި ފަރާތުގެ ހެކިބަސް ނަގައިފި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް ބާއްވައިފި އެވެ.
14 Jun 2023
ރައީސް ޔާމިނުގެ އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ ބާއްވަނީ
ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމެ އިސްތިއުނާފު އަޑުއެހުމަށް ބުރާސްފަތި ދުވަހަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.
14 Jun 2023
"ޔާމީންގެ މައްސަލަ ކުރިއަށް ގެންދަނީ ފަނޑިޔާރުން ކުޑަކަކޫ ޖައްސަވާފައި"
ކުރީގެ ރައީސް، އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ މިހާރު ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ހިނގަމުންދާ މައްސަލަތައް ކުރިއަށް ގެންދަނީ ފަނޑިޔާރުން ކުޑަކަކޫ ޖައްސަވައި، ބިރު ދައްކަވައިގެން ކަމަށާ, އެކަން އެގޮތަށް ކުރައްވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާ، އޭދަފުށީ ދާއިރާގެ މެންބަރު ހިސާން ހުސައިން ކަމަށް އިދިކޮޅުން ތުހުމަތު ކުރައްވައިފިއެވެ.
14 Jun 2023
"މުޅި ނިޒާމު ބޭނުންކޮށްގެން ރައީސް ޔާމިނަށް ދަނީ އަނިޔާ ކުރަމުން"
މުޅި ނިޒާމު ބޭނުންކޮށްގެން ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަނިޔާކުރަމުން ދާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
13 Jun 2023
ރައީސް ޔާމީންގެ އިސްތިއުނާފު ފަސްކޮށް، ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފި
އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުން ފަސްކޮށް އަނެއްކާވެސް ދަށު ކޯޓުގައި އޮތް ފުއްގިރި މައްސަލައިގެ އިތުރު އަޑުއެހުމެއް ތާވަލުކޮށްފި އެވެ.
13 Jun 2023
ފުއްގިރި މައްސަލަ: ޒިޔަތުގެ ލެޕްޓޮޕްގައި ހުރި ޑޭޓާތަކަށް ބަދަލު ނުގެންނަކަން ކަށަވަރެއް ނުކުރޭ
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ވައިބާ ޗެޓްލޮގަކާއި ގުޅޭ ރިޕޯޓަކާއި ގުޅިގެން ހެކިބަސް ނަގައިފި އެވެ.