ހަސަން
ކުޅިވަރު ނޫސްވެރިއެއް
ހަސަން
15 Aug 2024
އެސީޕީބީއޭ ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ ނައިފަރު އެކަޑަމީ ޓީމު، ލަންކާއަށް ދިއުމައްޓަކައި މިއަދު ފުރައިފި
ސްރީލަންކާގެ އަނޫރާދަޕޫރާގައި އޮންނަ އެންސީޕީބީއޭ އޯލް އައިލެންޑް އޯޕަން ބެޑްމިންޓަން ޗެންޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުގެ ޓީމު މުބާރާތުގައި ވާދަކުރުމަށްޓަކައި ލަންކާއަށް ދިއުމަށް މިއަދު ފުރައިފިއެވެ.
15 Aug 2024
ފަސޭހަކަމާއެކު އާރަށް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ޖޯލި ބީންގ ހޯދައިފި
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ސިދާ ތިން ސެޓުން ހެރިޓެންސް އާރަށް ބަލިކޮށް އެންމެ ފަހުގެ ޗެންޕިއަން ޖޯލި ބީންގ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
15 Aug 2024
ރޮނާލްޑޯގެ މޮޅު ކުޅުމާއެކު ތާވޮން ބަލިކޮށް އަލް ނަސްރު ސައުދީ ސުޕަކަޕް ފައިނަލުން ޖާގަހޯދައިފި
ސައުދީ ސުޕަކަޕް ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން އަލް ތާވޮން ބަލިކޮށް އަލް ނަސްރުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
15 Aug 2024
ޔުއެފާ ސުޕަރކަޕް: އެޓަލާންޓާ ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ޗެންޕިއަންކަން ހަވަނަ ފަހަރަށް ހޯދައިފި
ޔުއެފާ ސުޕަކަޕް ފައިނަލުގައި ބުދަ ދުވަހުގެ ރޭ 2-0 ގެ ނަތީޖާއަކުން އިޓަލީގެ އެޓަލާންޓާ ބަލިކޮށް ސްޕެއިންގެ ރެއާލް މެޑްރިޑުން މުބާރާތުގެ ޗެންޕިއަންކަން ހަވަނަ ފަހަރަށް ހޯދައިފިއެވެ.
14 Aug 2024
ފާރުފުށި މެޗު ދޫކޮށްލުމުން، ގުރޫޕްގެ އެއްވަނަ ޖޯލި މޯލްޑިވްސްއަށް!
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި އަންގާރަ ދުވަހުގެ ރޭ ގުރޫޕް ބީގެ އެމަރަލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާއި، ޖޯލި މޯލްޑިވްސް ކުޅެން ތާވަލުކޮށްފައި އޮތް މެެޗު ނުކުޅެން ފާރުފުށިން ނިންމުމުން، މެޗުން ޖޯލި މޯލްޑިވްސް މޮޅުވިކަމަށް ނިންމައިފިއެވެ.
13 Aug 2024
14 އަހަރަށްފަހު ފުރަތަމަ ފަހަރަށް "ގެމްޕަރ ޓްރޮފީ" މެޗުން ބާސެލޯނާ ބަލިވެއްޖެ
2012 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް"ގެމްޕަރޓްރޮފީ" މެޗުން ބާސެލޯނާ ބަލިވެއްޖެއެވެ. ހޯމަދުވަހުގެ ރޭ ބާސެލޯނާގެ ދަނޑުގައި ފްރާންސް މޮނާކޯ ދެކޮޅަށް ކުޅުނު މެޗުން އެޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
12 Aug 2024
މާމުނަގައު ކަޓުވާލުމަށްފަހު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޖޯލި ބީންގ ސެމީފައިނަލަށް
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި އާދިއްދަ ދުވަހުގެ ރޭ ގުރޫޕް އޭގެ ޖޯލި ބިންގ އާއި މާމުނަގައު ވާދަކުރި މެޗު ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޖޯލިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
11 Aug 2024
ރީތިފަރު ބަލިކޮށް އާރަށުން ސެމީފައިނަލިގެ ޖާގައެއް ކަށަވަރުކޮށްފި
މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި ހޮނިހިރު ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް ބީގެ ހެރިޓެންސް އާރަށާއި ރީތިފަރު ރިސޯޓް ވާދަކުރި މެޗު ފަސޭހަކަމާއެކު ތިން ސެޓު އެއްސެޓުން ކާމިޔާބުކޮށް، އާރަށުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
11 Aug 2024
ކުޑަފުށި އަތުން ބަލިވެ މީދުއްޕަރު މުބާރާތުން ކަޓައިފި
09 Aug 2024
ވާދަވެރި ކުޅުމަކަށްފަހު، ފާރުފުށި ބަލިކޮ އާރަށުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި
މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި ހުކުރު ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް ބީގެ ހެރިޓެންސް އާރަށާއި ފާރުފުށި ރިސޯޓް އެންޑް ސްޕާ ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް އާރަށުން ސެމީ ފައިނަލުގެ އުންމީދު އައުކޮށްފިއެވެ.
09 Aug 2024
ސާޖިދުގެ މޮޅު ކުޅުމާއެކު މީދުއްޕަރު އަތުން ޖޯލި ބީންގ މޮޅުވީ ސީދާ ތިން ސެޓުން
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި ހުކުރު ދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ގުރޫޕް އޭގެ މީދުއްޕަރު މޯލްޑިވްސް އާއި ޖޯލި ބީންގ ވާދަކުރި މެޗު ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން މޮޅުވެ ޖޯލިން ގުރޫޕްގެ އެއްވަނައަށް ކުރިއަށްޖެހިލައިފި އެވެ.
08 Aug 2024
ފަސޭހަކަމާއެކު ރީތިފަރު އަތުން މޮޅުވެ ޖޯލި މޯލްޑިވްސް ގުރޫޕްގެ އެއްވަނައަށް
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި ބުރާސްފަތި ދުވަހުގެ ރޭ ގުރޫޕް ބީގެ ރީތިފަރު މޯލްޑިވްސް އާއި ޖޯލި މޯލްޑިވްސް ވާދަކުރި މެޗު ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން މޮޅުވެ ޖޯލި މޯލްޑިވްސް އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށްޖެހިލައިފި އެވެ.
08 Aug 2024
އަލް އިއްތިހާދުން އިޓަލީގެ ޗެންޕިއަން އިންޓަމިލާން ބަލިކޮށްފި
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް އިއްތިހާދުން އިޓަލީގެ ޗެންޕިއަން އިންޓަ މިލާން 2-0 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.
08 Aug 2024
އަންހެން ޗެމްޕިއަންކަން ޔަމަޝީތާ ހޯދިއިރު ފިރިހެން ޖޫނިއަރ ޗެންޕިއަންކަން ހޯދީ ޓެއިލާ
ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ އަންހެން ޗެމްޕިއަންކަން ޖަޕާނުގެ ނަމީކާ ޔަމަޝީތާ ހޯދިއިރު، ފިރިހެން ޖޫނިއާ ޗެމްޕިއަންކަން އޮސްޓްރޭލިއާގެ ޖޭ ޓެއިލާ ހޯދައިފިއެވެ.
07 Aug 2024
ފަސޭހަކަމާއެކު މާމުނަގައު ބަލިކޮށް ކުޑަފުށިން ސެމީފައިނަލްގެ އުންމީދު ދަމަހައްޓައިފި
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި ބުދަ ދުވަހުގެ ރޭ ގުރޫޕް އޭގެ ކުޑަފުށި މޯލްޑިވްސް އާއި އިންޓަކޮންޓިނަންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކުޑަފުށި ކާމިޔާބުކޮށްފިއެވެ.
07 Aug 2024
ސީދާ ތިން ސެޓުން އާރަށް ބަލިކޮށް ޖޯލި މޯލްޑްސް އިން މުބާރާތް ފެށީ އިތުބާރާއެކު
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި އަންގާރަ ދުވަހުގެ ރޭ ގުރޫޕް ބީގައި ޖޯލި މޯލްޑިވްސް އާއި ހެރިޓެންސް އާރަށް ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މޮޅުވެ ޖޯލިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
06 Aug 2024
މީދުއްޕަރު ބަލިކޮށް މާމުނަގައު، މުބާރާތުގެ ފެށުން ރަނގަޅުކޮށްފި
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި ހޯމަ ދުވަހުގެ ރޭ ގުރޫޕް އޭގެ މީދުއްޕަރު މޯލްޑިވްސް އާއި އިންޓަކޮންޓިނަންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް ދެ ސެޓުން މޮޅުވެ މާމުނަގައު އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
05 Aug 2024
ވާދަވެރި ކުޅުމަކަށްފަހު ފާރުފުށި ބަލިކޮށް ރީތިފަރުން ފެށުން ރަނގަޅުކޮށްފި
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގެ ދެވަނަ މެޗުގައި ގުރޫޕް ބީގެ އެމަރަލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާއި ރީތިފަރު ރިސޯޓް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް ދެ ސެޓުން މޮޅުވެ ރީތިފަރުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
04 Aug 2024
ޓްރެކް ދަނޑުގައި، ކްރިކެޓް ސްޓޭޑިއަމެއް ތަރައްގީކުރަނީ
މާލޭ ކުޅިވަރު އެކުވެނީގެ ޓްރެކް ދަނޑުގައި، ކްރިކެޓް ސްޓޭޑިއަމެއް ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
04 Aug 2024
ބޮޑު ތަރުހީބެއް ލިބުނު "އެންމެނެގެ ޑްރެގް ރޭސް 2024" އައްޑޫ ސިޓީގައި ބާއްވައިފި
އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ބޭއްވި އެންމެނެގެ ޑްރެގް ރޭސް 2024 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
04 Aug 2024
ވާދަވެރި ކުޅުމަކަށްފަހު މިލާން ކްރިކެޓް އެކެޑަމީ ބަލިކޮށް، ސީބީއެލް ޗެންޕިއަންކަން ހޯދައިފި
20 ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު އެއް ލަނޑުގެ ތަފާތަކުން އެންމެ ފަހުގެ ޗެންޕިއަން މިލާން ކްރިކެޓް އެކެޑަމީ ބަލިކޮށް މުބާރާތުގެ ޗެންޕިއަންކަން ސީބީއެލް އިން ދެވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
04 Aug 2024
ކުޑަފުށި ބަލިކޮށް ޗެންޕިއަން ޖޯލި ބީންގ މުބާރާތް ފެށީ އިތުބާރާއެކު
ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ޖޯލި ބީންގ އާއީ ރަނަރަޕް ކުޑަފުށި ކުޅުނު މެޗު، ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް އެއް ސެޓުން މޮޅުވެ ޖޯލިން މުބާރާތް ފެށީ އިތުބާރާއެކުއެވެ.
03 Aug 2024
(ކާ)، ބީޗް ވޮލީބޯލް ޗެލެންޖު ކަޕުގެ ރަންމެޑަލް ދިވެހި ޓީމު ދިފާއުކޮށްފި
ކާވާ، ބީޗް ވޮލީބޯލް ޗެލެންޖު ކަޕު 2024ގެ ފައިނަލުގައި ނޭޕާލުގެ އެއް ވަނަ ޕެއާ މަން ބަހާދުރު އާއި ދިލް ބަހާދުރުގެ ޕެއާ ބަލިކޮށް، ރާއްޖޭގެ އިސްމާއިލް ސާޖިދު އާއި އާދަމް ނަސީމް ގެ ޕެއާ އިން ސަރަހައްދުގެ ބީޗްވޮލީގެ ރަން މެޑަލް ދިފާއުކޮށްފި އެވެ.
02 Aug 2024
އޮލިމްޕިކްސް/ފުޓްބޯޅަ: އެމެރިކާ ލަދުގަންނަވާލުމަށްފަހު މޮރޮކޯ ސެމީފައިނަލަށް
ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ފުޓްބޯޅަ ފުރިހެން އިވެންޓްގެ ކުއާޓާ ފައިނަލުގައި އެމެރިކާ 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށް މޮރޮކޯ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
02 Aug 2024
އޮލިމްޕިކް/ފުޓްބޯޅަ: ޖަޕާން ކަޓުވާލުމަށްފަހު ސްޕެއިން ސެމީފައިނަލަށް
ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ފުޓްބޯޅަ ފިރިހެން އިވެންޓްގެ ކުއާޓާ ފައިނަލުގައި 3-0 ގެ ނަތީޖާއަކުން ޖަޕާން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން ސްޕެއިން ޖާގަހޯދައިފިއެވެ.
01 Aug 2024
50 މީޓަރ ފްރީސްޓައިލް އިވެންޓް ގައުމީ ރެކޯޑް އާން އައުކޮށްފި
ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ 'ޕެރިސް އޮލިމްޕިކްސް 2024' ގައި ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މުހައްމަދު އާން ހުސައިން 50 މީޓަރ ފްރީސްޓައިލްގެ ގައުމީ ރެކޯޑް އައު ކޮށްފިއެވެ.
01 Aug 2024
ކާވާ ބީޗް ވޮލީ މުބާރާތް 2024: ދިވެހި ދެޓީމުވެސް މުބާރާތް ފެށީ އިތުބާރާއެކު
ބޫޓާންގައި މިހާރު ކުރިއަށްދާ އޭޝިއާގެ ސެންޓްރަލް ޒޯން ވޮލިބޯޅަ އެސޯސިއޭޝަން (ކާވާ) ގެ ބީޗް ވޮލީ މުބާރާތުގައި ރާއްޖޭގެ ދެ ޕެއަރ ވެސް މުބާރާތް ފެށީ މޮޅަކާއެކު އެވެ.
31 Jul 2024
އައިސީސީއިން ރާއްޖޭގައި ކުރިޔަށް ގެންދިޔަ ތަމްރީން ޕްރޮގްރާމާއި ވޯކްޝޮޕް ނިންމާލައިފި
އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ގުޅިގެން މާލޭގައި ކުރިޔަށްގެންދިޔަ ދެ ތްމަރީން ޕްރޮގްރާމެއް ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.
30 Jul 2024
ޓެކާސް ރިސޯޓް ކަޕު: ދާލު ޒޯންގެ ކުޅުން ބުރާސްފަތި ދުވަހު ފަށަނީ
ދިރާގު ޓެކާސް ރިސޯޓް ފުޓްސަލް ކަޕު 2024 ގެ ހިމެނޭ ދ. ޒޯނުގެ ކުޅުން އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
30 Jul 2024
ދެވަނަ މެޗުން ބަލިވެ ނަބާހާ މުބާރާތުން ކެޓިއިރު، ފެނިގެންދިޔައީ ތަޖްރިބާގެ ފަރަގު
ފުރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ބެޑްމިންޓަން ސިންގަލްސް އިވެންޓްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ފާތިމަތު ނާބާހާ އަބްދުރައްޒާގް ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެ މުބާރާތުން ކަޓައިފިއެވެ.