06 Sep 2024
ކްރޮއޭޝިއާ ކޮޅަށް ޖެހި ލަނޑާއެކު، ރޮނާލްޑޯގެ ކެރިއަރުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު 900 އަށް
ޔުއެފާ ނެޝަނަލް ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކްރޮއޭޝިއާއި އަތުން 2-1 ގެ ނަތީޖާއަކުން ޕޯޗުގަލް މޮޅުވި މެޗުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު ކެރިއަރުގައި 900 ލަނޑު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިއާގެ ޝަރަފު ރޮނާލްޑޯއަށް ލިބިއްޖެއެވެ.