ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
16 Apr 2025
ސީއެސްސީ އަށް އައްޔަންކުރަން މުޖުތާޒަށް ރުހުން ދީފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް މއ. ސިގްމާ، އަލްއުސްތާޒު މުހައްމަދު މުޖުތާޒް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
16 Apr 2025
ފައްޔާޒުއާ މަންދީގެ މައްޗަށް ހުށައެޅި މައްސަލަތައް ކޯޓުގައި ރެޖިސްޓާ ކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް އަދި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ މައްޗަށް ހުށަހެޅި މައްސަލަތައް ކޯޓުގައި ރަޖިސްޓަރީ ކޮށްފިއެވެ.
16 Apr 2025
މަހާޒާއި އަޒްމިރަލްދާގެ ސަސްޕެންޝަން އުވާލަން އެމްޑީޕީން ގޮވާލައިފި
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ ސަސްޕެންޝަން އުވާލުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
16 Apr 2025
ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ބަންދުކުރަން ޓްރަމްޕްގެ ހުށަހެޅުމެއް
ރާއްޖޭގައި ހުރި އެމެރިކާގެ އެމްބަސީ ބަންދުކުރަން އެމެރިކާގެ ސަރުކާރުން ނިންމައިފިއެވެ.
16 Apr 2025
މަސްތުވާތަކެއްޗާއެކު ކުރެންދޫން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއެކު ޅ. ކުރެންދޫން މީހަކު ހައްޔަރު ކޮށްފިއެވެ.
16 Apr 2025
ޔުވެންޓަސްގެ ޕޯސްޓާއެކު މަހިބަދޫ ޕެލޭ ސްޓޭޑިއަމަށް ދުނިޔޭގެ ސަމާލުކަން!
ޔުވެންޓަސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އިއްޔެ އާއްމު ކުރި، އދ މަހިބަދޫ ޕެލޭ ސްޓޭޑިއަމްގެ ޕޯސްޓާއެކު، އެ ދަނޑަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ.
16 Apr 2025
ކުރީ ސަރުކާރުގެ އިހުމާލުން ހުކުރު މިސްކިތުގެ އަސްލަށް ވަނީ ގެއްލުން ވެފަ
ނިމިދޔަ ސަރުކާރުން، މާލޭ ހުކުރު މިސްކިތް މަރާމާތުކުރަން ބޭނުންކުރި ކެމިކަލްގެ ސަބަބުން އެ މިސްކިތުގެ އަސްލަށް ގެއްލުންވެފައިވާ ކަމަށް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
16 Apr 2025
މާލޭ މަގުމަތީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި!
މާލޭގެ މަގުމަތީގައި ތޫނު އެއްޗަކުން ހަމަލާދީ ނޭޕާލް ފިރިހެނަކު ޒަޚަމްކޮށްލައިފިއެވެ.
15 Apr 2025
40 އަހަރަށް ފަހު، ޙަރަމްފުޅުގެ އިމާމެއް ރާއްޖެ ވަޑައިގަންނަވަނީ!
40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.
15 Apr 2025
ބާރުގަދަ ޤައުމުތަކުގެ ފިއްތުންތައް އޮތް އިރު، މިވަގުތަށް މިއީވެސް ބޮޑުކަމެއް
އިސްރާޢީލް ޕާސްޕޯޓް އޮންނަ މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް މަނާ ކުރުމަކީ މިވަގުތަށް ކުރެވުނު ބޮޑު ކަމެއް ކަމުގައި، ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.
15 Apr 2025
އިސްރާޢީލު ޕާސްޕޯޓް މަނާކުރުމުގެ ބިލަށް އެމްޑީޕީން ޚިޔާލުހުށަނޭޅި: ފަލާޙު
އިސްރާޢީލު ޕާސްޕޯޓް މަނާކުރަން ހުށައެޅި ބިލު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރަމުންދިޔައިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށްވެސް ހުށައެޅުމަށް ތަކުރާރުކޮށް ސިޓީ ފޮނުއްވެވި ކަމަށާ އެހެން ނަމަވެސް، އެ ޕާޓީއިން ބިލަށް ޚިޔާލު ހުށަނޭޅިކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެއެވެ.
15 Apr 2025
އިސްރާއިލް ޕާސްޕޯޓް މަނާ ކުރަން މަޖިލީހުން ފާސްކޮށްފި
ހައްދުފަހަނައަޅާފައިވާ އިސްރާއިލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާ އިންސާނީ ހަމަލާތައް ހުއްޓާލަންދެެން އިސްރާއީލުގެ ޕާސްޕޯޓް މަނާ ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
15 Apr 2025
އޮޓޯ ޓެރިފް އާމެދުވެސް ދެވަނަ ވިސްނުމަކަށްދާނެ އިޝާރާތެއް ޓްރަމްޕް ދީފި!
ބޭރުން އެތެރެކުރާ އޮޓޯމޮބައިލްތަކާއި އޮޓޯގެ އެކިއެކި ސާމާނުތަކަށް ކަނޑައަޅާފައިވާ 25 އިންސައްތައިގެ ޓެރިފް އަށް ބަދަލެއް ގެނައުމަށް ވިސްނަމުންދާ ކަން އެމެރިކާގެ ރައީސް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
15 Apr 2025
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިހުމާލުވާ ކަމަށް ބުނެ މަޖިލީހަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
15 Apr 2025
ކްރިއޭޓަރުންނަށް އާމްދަނީ ލިބޭނެ ގޮތް ފަހިކުރުމަށް މަޝްވަރާކޮށްފި
ދިވެހިރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް އާމްދަނީ ލިބޭނެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށްޓަކައި، މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގެ އިސް ވަފުދަކާއެކު އިކޮނޮމިކް މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.
14 Apr 2025
ޒަކާތު ފަންޑުންދޭ 50 ސްކޯލާޝިޕްގެ ފުރުސަތު ހުޅުވާލައިފި!
ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް 50 ފުރުސަތަކަށް ހުޅުވާލައިފިއެވެ.
14 Apr 2025
ސަޢުދީއިން ކުރިއަށްގެންދާ މަޝްރޫޢުތައް ވަގުތަށް ނިންމުމަށާއި، މަޝްވަރާކޮށްފި
މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ވަގުތަށް ނިންމުމަށާއި، ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކުން ރައްޔިތުންނަށް ފައިދާ ލިބިދޭފަދަ ނަތީޖާތަކެއް ނެރުމުގެ ޝައުގުވެރިކަން ދެ ގައުމުން ފާޅުކޮށްފިއެވެ.
14 Apr 2025
ސަޢުދީ ފަންޑުގެ އެހީގައި ހިންގާ "ހައުސިންގ ސްކީމް" ފައްޓަވައިދެއްވައިފި!
ސައުދީ ޑިވެލޮޕްމަންޓު ފަންޑު (އެސްއެފްޑީ)ގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި ގާއިމްކުރާ 400 ހައުސިން ޔުނިޓު މަޝްރޫއު އިފުތިތާހުކޮށްފިއެވެ.
14 Apr 2025
ވީއައިއޭގެ މަޝްރޫޢުއަށް އިތުރު 17 މިލިއަން ޑޮލަރު ސަޢުދީން ދެނީ
ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން، އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫޢަށް އިތުރު ފައިނޭންސިންގގެ ގޮތުގައި 63،750،000.00 (ފަސް ދޮޅަސް ތިން މިލިއަން ހަތް ސަތޭކަފަންސާސް ހާސް) ސައުދީ ރިޔާލް، (17 މިލިއަން ޑޮލަރު) ދޭން އެއްބަސްވެއްޖެއެވެ.
14 Apr 2025
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ސަޢޫދީފަންޑްގެ ސީއީއޯއަށް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް އަރުވައިފިއެވެ.
14 Apr 2025
ކޮންމެ ސާސްކަފެއްވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުން
ކޮންމެ އަހަރެއް، ދަހަރެއް، ސައްތައެއް، ސާސްކަފެއްވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
14 Apr 2025
މަޑުލު މުޙައްމަދު ވަހީދު އަވަހާރަވެއްޖެ
ދިވެހި ބަހާއި އަދަބިއްޔާތަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ, މަޑުލު މުޙައްމަދު ވަހީދު މިއަދު އަވަހާރަވެއްޖެއެވެ.
14 Apr 2025
ބަންގްލަދޭޝް ރައްޔިތުން އިސްރާއިލަށް ދަތުރުކުރުން މަނާ ކޮށްފި!
ބަންގުލަދޭޝްގެ ރައްޔިތުން އިސްރާއީލަށް ދަތުރު ކުރުން އެގައުމުގެ ވަގުތީ ސަރުކާރުން މަނާކޮށްފިއެވެ.
14 Apr 2025
ފިލިޕީންސްގައި އަނިޔާވި ދަރިވަރުގެ ހާލު ދަނީ ބަލަމުން: ޚަލީލު
ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުންދަނިކޮށް މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާވި ދިވެހި ދަރިވަރު، ޢަބްދުލް މާނިޢުގެ ޙާލަތު ބަލަމުން އަންނަ ކަމަށް ޚާރިޖީ ވަޒީރު ޢަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ.
14 Apr 2025
50ކިލޯ ހަމަނުވާ މީހުން ގޭގައި ތިބުމަށް ޗައިނާ ސަރުކާރުން އެދިއްޖެ!
ޗައިނާގެ އުތުރަށް ގަދަ ވައިޖެހޭނެ ކަމުގެ އިންޒާރު ދީފައިވާތީ، އެ ސަރަހައްދުހައްދުގައި ދިރިއުޅެމުންދާ މިލިއަނެއްހާ ރައްޔިތުން ގޭގައި ތިބުމަށް އިރުޝާދު ދީފިއެވެ.
13 Apr 2025
ފުލުހުންގެ ޚާއްސަ ޓްރެއިނިންގ އެކްސަސައިޒެއް މިއަދު ހުޅުމާލޭގައި
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހުޅުމާލެ ފޭސް 1 ގައި ޚާއްސަ އޮޕަރޭޝަނަލް ޓްރެއިނިންގ އެކްސަސައިޒެއް ކުރިއަށް ގެންދާނެ ކަމަށް އެ ސަރވިސްއިން އިއުލާން ކޮށްފިއެވެ.
13 Apr 2025
ކުރިއަށް އޮތް 16 އަހަރު، ހައްޖު މޫސުން އަންނާނީ ފިނި މޫސުމުގައި!
2025 ވަނަ އަހަރުގެ ހައްޖު މޫސުމަކީ ކުރިއަށް އޮތް 16 އަހަރު ތެރޭގައި ހޫނު މޫސުމުގައި އަންނާނެ އެންމެ ފަހު ހައްޖު މޫސުން ކަމުގައި، ސައުދީ އަރަބިއްޔާގެ ނެޝަނަލް މެޓިއޮރޮލޮޖިކަލް ސެންޓަރުން ހާމަކޮށްފިއެވެ.
13 Apr 2025
އެމެރިކާގެ ޓެރިފުން އިލެކްޓްރޯނިކް ސާމާނު އިސްތިސްނާކޮށްފި
ސްމާޓްފޯނާއި ލެޕްޓޮޕް އަދި އެހެނިހެން ޓެކްނޮލޮޖީ ބާވަތްތައް، ޓްރަމްޕް އިދާރާއިން ކަނޑައަޅާފައިވާ "ރެސިޕްރޮކަލް ޓެރިފް" އިން އިސްތިސްނާ ކޮށްފައިވާ ކަމަށް އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން (ސީބީޕީ) އިން ހާމަކޮށްފިއެވެ.
13 Apr 2025
މޯލްޑިވިއަންއަށް އިތުރު އެއާބަސް ބޯޓެއް ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި
ގައުމީ އެއާލައިން، މޯލްޑިވިއަންއަށް އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އިއްޔެ އިއުލާނުކޮށްފިއެވެ.
13 Apr 2025
36 ޙަމަލާއެއްގައި މުޅީންވެސް ޝަހީދުކޮށްލީ އަންހެނުންނާއި ކުޑަކުދިން
މާރިޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނައަޅާފައިވާ އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން، 36 ހަމަލާއެއްގައި މުޅިންވެސް ޝަހީދުކޮށްލާފައުވަނީ އަންހެނުންނާއި ކުޑަކުދިންކަމަށް އދ. އިން ބުނެފިއެވެ.