21 Jan 2025
ހިންދޫ ފާދިރީއަށް ފިޔަވަޅު އެޅުމަށްޓަކައި ދަނީ މަސައްކަތް ކުރަމުން: ފުލުހުން
ހިންދޫ ފާދިރީއަކު ރާއްޖެ އައިސް، ރޫހާނީ ފަރުވާގެ ނަމުގައި ހިންދޫ ދީނާއި ގުޅޭ ކްލާސްތައް ނަގައި އެކަން މީސް މީޑިއާގައި އިޝްތިހާރު ކުރާ މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.