އައިޝަތު އަހްމަދު
ވޮއިސްގެ ނޫސްވެރިއެއް
އައިޝަތު އަހްމަދު
24 Oct 2022
މިއަހަރު ޒުވާނުންގެ އެވޯޑު 10 ފަރާތަކަށް ދީފި
މި އަހަރުގެ ޒުވާނުންގެ އެވޯޑު އެކި ދާއިރާތަކުން 10 ޒުވާނަކަށް ދީފިއެވެ.
24 Oct 2022
ޅައިމަގު ބަނދަރު: މަސައްކަތުގެ 62 އިންސައްތަ ނިންމާލައިފި
ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު މަސައްކަތުގެ %62 ނިންމާލައިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
23 Oct 2022
ޒުވާނުންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާ ފެންނަން ފަށައިފި
ޒުވާނުންގެ މެދުގައި އޮތް މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށްތަކާއި ޖިނާޢީކުށްތަކަށް އަރައިގަންނަ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
23 Oct 2022
ޗާގޮސް ކައިރީގައި ބޮޑުދާ އަޅަންފަށައިފިނަމަ ރާއްޖެގެ ދެކުނުގެ މަސްވެރިކަން ހަލާކުވާނެ
ޗާގޮސް ކައިރީގައި ކަނޑުކަހާ ބޮޑުދާ އަޅަންފަށައިފިނަމަ ރާއްޖެގެ ދެކުނުގެ އަތޮޅުތަކުގެ މަސްވެރިކަން ހަލާކުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
23 Oct 2022
އެފްއޭއެމް ހައުސް ގިނަ ބަޔަކު ބޭނުންކޮށްފައި،
އެފްއޭއެމް ހައުސް މިދިޔަ މަސްތަކުގެ ތެރޭގައި ގިނަ ބަޔަކު ބޭނުންކޮށްފައިވާ ކަމަށާއި، އެ ހުރިހާ ބިލިތަކަށް ވާ ފައިސާގެ އަދަދަށް އެ އިދާރާއިން އެކަނި ޒިންމާ ނަގަން ނުޖެހޭނެ ކަމަށް އެފްއޭއެމުން ބުނެފިއެވެ.
23 Oct 2022
އުއްތަމަ ފަނޑިޔާރު އަނގޮޅިތ މު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިދެއްވައިފި
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ރ. އަނގޮޅިތ މު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް މިއަދު ހުޅުވައިދެއްވައިފިއެވެ.
23 Oct 2022
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީހުން)ބ.އަތޮޅުން ފެށިގެން ވ.އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
23 Oct 2022
އަރަބިއްޔާ ސްކޫލުގެ ކުޑަދޮރެއް މަގުމައްޗަށް ވެއްޓިއްޖެ
އަރަބިއްޔާ ސްކޫލުގެ ކުޑަދޮރެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.
23 Oct 2022
މަސް ހިފަން ފޭބި މީހާ މޫދު އަޑިން ފެނިއްޖެ
އައްޑޫ ސިޓީ ހިތަދޫ ކައިރިއަށް މަސް ހިފަން އުޅުމުގެ ތެރޭގައި ގެއްލިގެން ހޯދި މީހާ ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
23 Oct 2022
ކ.ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި
ކ.ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފިއެވެ.
23 Oct 2022
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި
ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
23 Oct 2022
ޗާގޯސް މައްސަލަ އެންމެ ފަހުން މަޖިލީހަށް
ޗާގޯސް މައްސަލައާ ގުޅިގެން ރާއްޖޭން މިހާރު އަމަލުކުރަން ނިންމާފައިވާ ގޮތުގެ ސަބަބުން ރާއްޖެ އަށް އިޔާދަނުކުރޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
23 Oct 2022
ލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ %51 ނިމިއްޖެ
ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަަޝްރޫޢުގެ %51 މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
22 Oct 2022
ކިޓާ ނެޝަނަލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ތިނަދޫގައި ފަށައިފި
ގދ. ތިނަދޫގައި ބާއްވާ "އެސްޓީއޯ މަކިޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް 2022″ މިރޭ ރަސްމީކޮށް ފަށައިފިއެވެ.
22 Oct 2022
މުފްތީ މެންކުގެ ފުރަތަމަ ދަރުސް ޚާއްސަކުރަނީ ނަފްސާނީ ބަލިތަކާ ގުޅޭގޮތުން
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ ނުވަތަ، މުފްތީ މެންކް މިމަހުގެ 28ވާ ހުކުރު ދުވަހު ރާއްޖެ ވަޑައިގެން ރާއްޖޭގެ ބައެއް ރަށްރަށުަގއި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ދަރުސް ޚާއްސަ ކުރަނީ ޑިޕްރެޝަން، އެންޒައިޓީ އަދި ނަފުސާނީ ބަލިތަކާ ގުޅޭ ގޮތުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
22 Oct 2022
ނެއްލައިދޫން ޓޫރިޒަމް މިނިސްޓްރީގެ ޓީމަށް މަރުހަބާކީ ތަފާތު ގޮތަކަށް
ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުން ހިމެނޭ ޓީމެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނެއްލައިދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ތަފާތު މަރުހަބާއެއް ކިޔައިފިއެވެ.
22 Oct 2022
ފޯޅަވަހި މައްސަލައިގައި ސިޔާސަތު ބަދަލުވި ސަބަބު ހާމަކޮށްދިނުމަށް ގޮވާލައިފި
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް)އަށް ހުށަހަޅާފައިވާ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް (ފޯޅަވަހި) މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭން ރާއްޖެއިން ނިންމި ސަބަބު ހާމަކޮށްދިނުމަށް މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ގޮވާލައިވައިފި އެވެ.
22 Oct 2022
ރާއްޖެއާ ޗައިނާއަކީ ތަރައްޤީގެ ދަތުރުގައި އެކުއެކީގައި ގުޅިގެން ކުރިޔަށްދާ ދެ ޤައުމު
ރާއްޖެއާ ޗައިނާއަކީ ތަރައްޤީގެ ދަތުރުގައި އެކުއެކީގައި ގުޅިގެން ކުރިޔަށްދާ ދެ ޤައުމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
22 Oct 2022
ރައީސް ޔާމީން އަންނަ މަހު ދެކުނުގެ އަތޮޅުތަކަށް ވަޑައިގަންނަވަނީ
އަންނަ ނޮވެމްބަރުމަހު ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދެކުނުގެ ބައެއް އަތޮޅުތަކަށް ވަަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
22 Oct 2022
ތައުލީމާއި ކުޅިވަރާއި، ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ފަހިކުރެވިއްޖެ
ތައުލީމާއި، ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް ކުރިއަށް ދިއުމަށް ބޭނުންވާ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
22 Oct 2022
ކުރެންދޫގައި އަލަށް ބިނާކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި
ޅ. ކުރެންދޫގައި އަލަށް ބިނާކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
22 Oct 2022
20،000 އަށްވުރެ ގިނަ ވަޒީފާ މި ސަރުކާރުން އުފައްދައިފި: މަހްލޫފް
ދިވެހި ޒުވާނުންނަށް 20،000 އަށްވުރެ ގިނަ ވަޒީފާ މި ސަރުކާރުން އުފައްދާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
22 Oct 2022
14 ފޮށި ސިނގިރޭޓް ވަގަށް ނެގި މީހަކު ހަތް މަހަށް ޖަލަށް
ފިހާރައެއް ފަޅާލައިގެން ވަދެ، 14 ފޮށި ސިނގިރޭޓު ނެގި މީހަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
22 Oct 2022
ކުދިން ތައްޔާރުވާންވީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ޚިދުމަތްތަކެއް ކޮށްދެވޭނެ ބަޔަކަށްވުމަށް
މިއަދަށް އެކަނި ވިސްނާލުމުން ވެސް ޤައުމެއްގެ ޒުވާނުން އެ ޤައުމެއްގެ ތަރައްޤީއަށް ބޭނުންވާ މިންވަރު ހާމަވާކަމަށާއި، މިއަދު ކުދިން ތައްޔާރުވާންވީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ޚިދުމަތްތަކެއް ކޮށްދެވޭނެ ޤައުމީ ތަރައްޤީގައި ބައިވެރިވެވޭނެ ފަދަ ކުދިބަޔަކަށް ވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
22 Oct 2022
އިންޑޮނޭޝިއާގައި ކުޑަކުދިންނަށްދޭ ދިޔާ ބޭސް ބޭނުންކުރުން މަނާކޮށްފި
އިންޑޮނީޝިއާގައި ކުޑަކުދިންނަށްދޭ ހުރިހާ ވައްތަރެއްގެ ދިޔާ ބޭސް ބޭނުންކުރުން މަނާކޮށްފިއެވެ.
22 Oct 2022
ރައީސް ޞާލިހުގެ ބަރަހަނާ ފޮޓޯއެއް ކަމަށްބުނެ ފޭކް ލިންކެއް!
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ބަރަހަނާ ފޮޓޯއެއް ކަމަށްބުނެ ފޭކް ލިންކެއް ބައެއް މީހުންގެ ފޯނަށް ފޮނުވަން ފަށައިފިއެވެ.
22 Oct 2022
ޑރ.އަފްރާޝީމްގެ ހަނދާނުގައި ގުރުއާން މުބާރާތެއް ބާއްވަނީ
ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ރ. އުނގޫފާރު ކައުންސިލުން ގުރުއާން މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
22 Oct 2022
ރައީސް ނަޝީދު ލަންކާގެ ރައީސާއި ބައްދަލު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ގައުމުގެ ރައީސް ރަނިލް ވިކްރަމްސިންހައާއި ބައްދަލުކުރައްވައިފިއެވެ.
22 Oct 2022
"ދަ ލީޑަރ އިން މީ" ގެ ނަމުގައި ވެލިއު އެޑިޔުކޭޝަން ޕްރޮގްރާމެއް އިފުތިތާހުކޮށްފި
"ދަ ލީޑަރ އިން މީ" ގެ ނަމުގައި ވެލިއު އެޑިޔުކޭޝަން ޕްރޮގްރާމެއް އިފުތިތާހު ކޮށްފިއެވެ.
22 Oct 2022
އިމްރާ ޚާންއަށް އިންތިޚާބްތަކުގައި ވާދަ ނުކުރެވޭ ގޮތަށް ނިންމައިފި
ޕާކިސްތާންގެ އިލެކްޝަންސް ކޮމިޝަނުން އެގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުން މިއަދު ވަކިކޮށް ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި އޭނާއަށް އެއްވެސް އިންތިހާބެއްގައި ވާދަނުކުރެވޭނެ ގޮތަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.