ރައްޔިތުންގެ މަޖިލިސް
20 Mar 2023
މުދަލާއި ހިދުމަތުގެ އަގު ކޮންޓްރޯލް ކުރަން ގަރާރެއް މަޖިލީހަށް
މުދަލާއި ހިދުމަތުގެ އަގު ބޮޑުވެ، ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުންދާތީ، ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
16 Mar 2023
ބީވީއައިއެސްއެމް އެދުނު ގޮތަށް އިންތިހާބާ ބެހޭ ގާނޫނު ބަދަލުކުރަނީ
ލޮލަށް ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ވެސް އެހެން މީހެއްގެ އެހީތެރިކަމެއް ނެތި، ސިއްރު ވޯޓެެއް ލެވޭ ފަދަ އާލާތެއް ބޭނުންކުރެވޭ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނު ބަދަލުކުރަން މަޖިލީހަށް ފޮނުވަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
16 Mar 2023
މަޤާމުތަކުގައި ތިބި ޖޭޕީ ބޭފުޅުން ޖެހޭނީ އިސްތިއުފާދޭން
ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ޖެހޭނީ އިސްތިއުފާ ދޭން ކަމަށް މަކުނުދޫ ދައިރާގެ މެމްބަރު މުހައްމަދު ރާއީ މިއަދުގެ މަޖިލީހުގެ ތަޅުމުގައި ވިދާޅުވެއްޖެއެވެ.
16 Mar 2023
"މާލެނޫން ތަނެއް އޮތްކަން އެނގުނު ހަމައެކަނި ވެރިއަކީ ރައީސް ޞާލިހު"
ދިވެހިރާއްޖޭގައި މާލެ ނޫން ތަނެއްވެސް އޮތްކަން އެނގިވަޑައިގެން މަސައްކަތްޕުޅު ކުރެއްވި ހަމައެކަނި ވެރިއަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފު ވިދާޅުވެއްޖެ އެވެ.
15 Mar 2023
"ފަކުރެއްގެ ދިރުން ހިންގާކަށް މަޖިލީހުގައި ގާޖައެއް ނެތް"
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ އެމްޑީޕީގެ ތެރެއިން އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ގޮފި މަޖިލީހުގައި ހިންގަން ޖާގައެއް ނެތްކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
15 Mar 2023
ރޯދަ އިނާޔަތް ބޮޑުކޮށްދޭން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
މަސައްކަތްތެރިންނަށް ރޯދަ އިނާޔަތް ބޮޑުކޮށްދިނުމަށް މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
15 Mar 2023
"ޖޭޕީގެ ވަޒީރުން އިސްތިއުފާ ދެއްވަން ޖެހެންޏާ ރައީސް ޞާލިހުވެސް އިސްތިއުފާދެއްވަން ޖެހޭ"
ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރެގެން އިންތިޚާބުގައި ވާދަކުރައްވަން ނިންމި ނިންމުމާއެކު މިހާރު ސަރުކާރުގެ މަޤާމުގައި ތިއްބެވި ޖޭޕީގެ ވަޒީރުންނާއި އެހެން ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުވެސް އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
15 Mar 2023
"ކުރީ ސަރުކާރުގެ މަޝްރޫއުތަކުގެ ކްރެޑިޓް ނެގުމަކީވެސް ކޮރަޕްޝަން"
ކުރީ ސަރުކާރުގެ މަޝްރޫއުތައް އަމިއްލަކޮށް، އެ މަޝްރޫއުތަކުގެ ފުލް ކްރެޑިޓް ނެގުމަކީވެސް ކޮރަޕްޝަންކަމަށް މަޖިލީހުގެ ފަރެސްތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެ އެވެ.