ރައްޔިތުންގެ މަޖިލިސް
25 Apr 2023
"އީޕީއޭ މުސްތަގިއްލު ތަނަކަށް ހެދުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް"
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ) އަކީ މިނިވަން މުސްތަޤިއްލު ތަނެެއް ކަމުގައި ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ރިޔާސީ ވަޢުދެއް ނަމަވެސް، އެކަން ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ނިންމަވައިފިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Apr 2023
"އެފްކޮންސްގެ ޖޫރިމަނާ މާފުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް"
ބުރިޖު ޕްލެޓުފޯމު ފަރަށް އެރި މައްސަލާގައި އެފްކޮންސް ކުންފުނި ކޮށްފައިވާ ޖޫރިމަނާ މާފުކޮށްދެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް އެންވައިރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
25 Apr 2023
"ފީ އިސްތިސްނާ ކުރާ މާއްދާ އުނިކުރަން ސަރުކާރުން ކުރިން ދެކޮޅެއްނޫން"
ކުނި މެނޭޖް ކުރުމުގެ ގާނޫނުގައި ހިމެނުނު ޕްލާސްޓިކް ކޮތަޅު ބޮނޑިން ފީ ނެގުން އިސްތިސްނާ ކުރާ މާއްދާ އުނި ކުރުމާއިމެދު މީގެ ކުރިން ސަރުކާރުން ދެކޮޅު ހަދާފައި ނުވާ ކަމަށް މަޖިލީހުގެ ކޮމިޓީން ދެކޭ ކަމަށާ، އެކަން ކޮމިޓީގެ ޔައުމިއްޔާއިންވެސް އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Apr 2023
"ކޮތަޅުން ފީ ނެގުމުގެ ކުރިން ޢާއްމުން ހޭލުންތެރި ކުރިން"
ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމުގެ ކުރިން، މި ވީ ހަތަރު މަސް ދުވަހުގެ ތެރޭގައި ރައްޔިތުން ހޭލުންތެރި ކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
24 Apr 2023
"ދުނިޔޭގެ ޤައުމުތަކާއި ގުޅުން ކަނޑާލައިގެން ރާއްޖެއަށް ވާނެ މޮޅެއް ނެތް"
ދުނިޔޭގެ ޤައުމުތަކާއި ގުޅުން ކަނޑާލައިގެން ރާއްޖެއަށް ވާނެ މޮޅެއް ނެތް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
24 Apr 2023
"އެޓްލޮސްގައި އޮތް ޝަރީއަތުގެ މަޖްލީހުގައި މޮރިޝަސްއިން ސިޓީގެ ވާހަކަދެއްކި"
އެޓްލަސްގައި ބޭއްވުނު ޝަރީއަތުގެ މަޖްލީހުުގައި މޮރިޝަސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވާފައިވާ ސިޓީގެ ވާހަކަ ދައްކާފައިވާ ކަމަށް ރައްޔިތުން މަޖްލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ޠާރިގު ވިދާޅުވެއްޖެއެވެ.
24 Apr 2023
"ރައީސް ޞާލިހުވަނީ ގައުމަށް ގައްދާރުވެ ދިވެހިންގެ މަސްކަނޑު ވިއްކާލާފަ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ވަނީ ޤައުމަށް ޤައްދާރުވެ ދިވެހިންގެ މަސްކަނޑު ވިއްކާލާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
24 Apr 2023
"ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގެ ބާރު ރައީސްއަށް ލިބިގެނެއް ނުވޭ"
ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންނުވާ ކަމަށާއި އެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖްލީހަށް ކަމަށް ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.