ރައްޔިތުންގެ މަޖިލިސް
27 Mar 2023
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމިއްލައަށް ވޯޓުލެވޭގޮތަށް އިސްލާހް
އިންތިޚާބުތަކުގައި ވޯޓުލާއިރު ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހަކު އަމިއްލައަށް ވޯޓުލާން ބޭނުންވާނަމަ އެކަން މަގުފަހިކުރުމަށް އިންތިޚާބުތަކާއި ބެހޭ އާންމު ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
27 Mar 2023
"ޖަލުގައި އޮންނައިރު ޔާމީނަށް ރޯދަ އެއް ހައްޖެއް ނާންނާނެ"
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ޖަލުގައި އޮންނަވާއިރު އެމަނިކުފާނަށް ރޯދަ މަހެއް، ހައްޖު މަހެއް އަދި ޢީދެއްވެސް ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.
22 Mar 2023
ފެނަކަ އެމްޑީ ދަތުރުކުރަނީ 2.8 މިލިއަން ރުފިޔާގެ ކާރެއްގައި!
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މާލެއާއި ހުޅުމާލެއާއި ދޭތެރޭ ދަތުރުކުރެއްވުމަށް 2.8 މިލިއަން ރުފިޔާގެ އަގުބޮޑު ކާރުކޮޅެއް ބައްލަވައިގެން އުޅުއްވާކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހާމަކުރައްވައިފި އެވެ.
22 Mar 2023
"މި ދައުރު ނިމޭއިރު ސަރުކާރު ކުންފުނިތަކުގެ ވެރިން ތިބޭނީ ޖަލުގައި"
އެމްޑީޕީ އިސްވެ އިވެ ހިންގާ ކޯލިޝަން ސަރުކާރުގެ މި ދައުރު ނިމޭއިރު މިހާރު ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭބޭފުޅުން ތިއްބަވާނީ ޖަލުގައި ކަމަށް މަޖިލީހުގެ މައްޗަށްގޯޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
22 Mar 2023
"އެމްޑީޕީގެ ސިޔާސަތު ވިއްކައިގެން ވަޑައިގެން ދަރިން ދަރުވާލައިފި"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސަތުތައް ތަންފީޒުކުރާނެކަމުގެ ވަޢުދާއެކު ވެރިކަމަށް ވަޑައިގެން ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ދަރިންނާއި ދަރިންގެ ދަރިން ދަރުވާލާފައިވާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
22 Mar 2023
"ރައީސް ޞާލިހު ޕްރިންޓު ކުރަނީ، ރިއެކްޓެއް ނުކުރޭ"
އިގްތިޞާދު ފުނޑޭވަރަށް މި ސަރުކާރުން ފައިސާ ޗާޕުކޮށް އަދި ރިކޯޑު އަދަދަކަށް ދަރަނި ނަގާފައިވާއިރު ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ރިއެކްޓު ނުކުރައްވާކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
22 Mar 2023
"މުސާރަ ބޮޑުކުރުމަކީ އިންފްލޭޝަން ބޮޑުވާ މައްސަލައަށް އޮތް ޙައްލެއް ނޫން"
އިންފްލޭޝަން ބޮޑުވަމުންދާ ދަނޑިވަޅެއްގައި މުސާރައާއި އެލަވެންސް ބޮޑުކުރުމަކީ އެ މައްސަލައަށް އޮތް ޙައްލު ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
21 Mar 2023
ސަލާމަތީ ބާރުތައް 241 ކޮމިޓީއަށް ހާޒިރުކުރަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސް އެޅި މައްސަލައިގައި ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތާއިގުޅޭ ތަފްސީލީ މައުލޫމާތު ހޯދުމަށް، ސަލާމަތީ ބާރުތައް 241 ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.