މާލެ ސިޓީ ކައުންސިލް
06 Jan 2024
އާޒިމާ މަސައްކަތް ކުރައްވާނީ އަޅުގަނޑަށް އޭރު ނުކުރެވުނު ކަންތައްތައް ކޮށްދެއްވުމަށް - ރައީސް
ސަރުކާރުގެ ފަރާތުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އުސްތާޛާ އާޒިމާ މަސައްކަތް ކުރައްވާނީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން މާލޭ މޭޔަރުކަމުގައި ހުންނަވައިގެން އެމަނިކުފާނު ކުރައްވަން މަސައްކަތް ކުރެއްވި ކަންތައްތައް ފުރިހަމަ ކުރެއްވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
06 Jan 2024
ފަސްއަހަރު ނިމޭއިރު ގެދޮރު ނުލިބޭ މީހަކު މާލޭގައި ނުހުންނާނެ
ރައިސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ފަސްއަހަރު ނިމިގެންދާއިރު މާލޭގައި ގޮދޮރު ނުލިބޭ އެއްވެސް މީހަކު ނުހުންނާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
05 Jan 2024
ރައްކާތެރިކަމާއި އެކު ޗުއްޓީ ދުވަސް ހޭދަކުރެވޭނެ ގޮތްތައް ހަމަޖައްސާނަން: އާޒިމާ
އާއިލާއަށް ރައްކާތެރިކަމާއި އެކު ޗުއްޓީ ދުވަސް ހޭދަކުރެވޭނެ ގޮތްތައް ހަމަޖައްސައިދެއްވާނެ ކަމަށް ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
05 Jan 2024
ދައުލަތުގެ ސިވިލް ޑިފެންސް މުއައްސަސާއެއް ގާއިމު ކުރާނަން: އާޒިމާ
މާލެ ސިޓީގެ މޭޔަރު ކަމަށް ހޮވިއްޖެ ނަމަ ދައުލަތުގެ ސިވިލް ޑިފެންސް މުއައްސަސާއެއް ގާއިމު ކުރައްވާނެ ކަމަށް ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަަމަށް ކުރިމަތި ލައްވާފައިވާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
04 Jan 2024
ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް މާލެސިޓީ ކައުންސިލަށް
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މާލެ ސިޓީގެ ހުޅުމާލޭގައި ފޯރުކޮށްދެމުން ދިޔަ ރަށްވެހިކަމުގެ ޚިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމާއި ގުޅޭ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.
03 Jan 2024
މީހުން ވަޅުލުން ވަގުތީ ގޮތުން މާލެ އާސަހަރާއަށް ބަދަލުކުރަން ނިންމައިފި
ފާއިތުވި ދުވަސްތަކުގައި މޫސުން ގޯސްވެ މާލެއަށް ވެހުނު ވިއްސާރައިގައި ހުޅުމާލޭގެ ސަހަރާގެ ބިންގަނޑުގައި ފެންހެދި، އަދިވެސް ނުހިނދޭތީ މީހުން ވަޅުލުން ވަގުތީ ގޮތުން މާލެ އާސަހަރާއަށް ބަދަލުކުރަން ނިންމައިފިއެވެ.
03 Jan 2024
ކެންޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތުމަކީ މައްސަލައެއް ނޫން
އިންތިހާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތުމަކީ މައްސަލައެއް ނޫންކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމައިލް ހަބީބް ވިދާޅުވެއްޖެއެވެ.
03 Jan 2024
އަމީނީ މަގުގައި ފަހުން ހަދަން ފެށި ސެގުމެންޓުގައި ތާރު އަޅަން ތައްޔާރުވެއްޖެ
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ، މިސަރުކާރުން ހަދަންފެށި އަމީނީމަގުގެ އެންމެ ފަހު ދެ ސެގުމެންޓުގެ ތެރެއިން އެންމެ ފުރަތަމަ ސެގުމެންޓުގައި ތާރު އެޅުމަށް ތައްޔާރު ވެއްޖެއެވެ.