މާލެ ސިޓީ ކައުންސިލް
23 Dec 2023
ޕީޕީއެމް/ޕީއެންސީއިން ވާދަކުރާ 3 ކެންޑިޑޭޓުންނާ އާޒިމާ ބައްދަލުކުރައްވައިފި
މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ސަރުކާރު ހިނގާ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ 3 ކެންޑިޑޭޓުންނާއި އެ ކޯލިޝަންގެ ފަރާތުން ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ އާއިޝަތު އާޒިމާ ޝުކޫރު ބައްދަލުކުރައްވައިފިއެވެ.
22 Dec 2023
ހަމަސްތެރޭ ބުޅާތަކަށް ހާއްސަ ޕާކެއް ހަދާނަން: އާޒިމް
މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް އިންތިހާބުވެއްޖެނަމަ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ބުޅާތަކަށް ހާއްސަ ޕާކެއް ހަދައިދެއްވާނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
16 Dec 2023
އާޒިމާއަށް ކެނޑިޑޭޓް ނަންބަރު ތިނެއް!
މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.
15 Dec 2023
މޭޔަރުކަމަށް ވާދަކުރާ ފަރާތްތަކުގެ ބަހުސް އަންނަ މަހު 6 ގައި
ހުސްވެފައިވާ މާލެސިޓީ ކައުންސިލްގެ މޭޔަރ ކަމުގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
13 Dec 2023
މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް ސައިފް ފޯމު ހުށަހަޅުއްވައިފި
ކުރިއަށް އޮތް މާލެ ސިޓީ ކައުންސިލްގެ އިންތިހާބުގައި މޭޔަރު ކަމުގެ ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށް މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުހައްމަދު ސައިފު ފާތިހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހުށަހަޅުއްވައިފިއެވެ.
13 Dec 2023
ކައުންސިލްތަކަކީ އެކަނި ސިޔާސީ މަސައްކަތް ކުރާ ތަނެއްނޫން
ކައުންސިލް ތަކަކީ ހަމައެކަނި ސިޔާސީ މަސައްކަތް ތަކެއް ކުރާ ތަނަކަށް ވެގެން ނުވާނެ ކަމަށާ، އެއީ މުޖުތަމަޢުގެ އިޖްތިމާޢީ މައްސަލަތައް ހައްލުކޮށް، މުޖުތަމަޢު އިސްލާހުކުރަ ތަނަކަށްވެސް ވާންޖެހޭ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓްގައި މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
13 Dec 2023
މާލޭގެ މައްސަލަ ހައްލުވާނީ ސަރުކާރާއިއެކު ހުރި މޭޔަރަކާއެކު
އަދުގެ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވީ މާލޭގެ ޙާލަތު ވަރަށް ގާތުން ދެކެވަޑައިގެންފައިވާ ބޭފުޅެއް ކަމަށާ، އެމަނިކުފާނާއި ގުޅިގެން، މަސައްކަތް ކުރާނެ މޭޔަރަކު އިންތިޚާބުވެވަޑައިގެންފި ނަމަ، މާލެ ސިޓީ އަށް މިވަގުތު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް، މާލޭ މޭޔަރ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
12 Dec 2023
މިތިބީ ރައީސް މާލެސިޓީއަށް ހާއްސަކުރެއްވި ސިޔާސަތުތައް ތަންފީޒުކުރަން: އާޒިމާ
މާލެސިޓީ މޭޔަރު ކަމަށް ވާދަކުރައްވަން ނުކުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މާލެ ސިޓީ އަށް ޚާއްސަ ކުރައްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރައްވަން ކަމަށް، އެ މަޤާމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު އައިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.