29 Dec 2022
"އަރާމުގައި ތިބެގެނެއް ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގައި ނަތީޖާއެއް ނުނެރެވޭނެ"
އިދިކޮޅު ކޯލިޝަންގެ އިސް ސަފުގައި ތިބި ފަރާތްތައް އަރާމުގައި ތިބެގެނެއް، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ކުރާ މަސައްކަތުގައި އެދެވޭ ނަތީޖާއެއް ނުނެރެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ރައީސް، އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.