ދުނިޔެ
18 Jul 2026
ފޯކްލޭންޑާ ގުޅޭގޮތުން އާޖެންޓީނާ ކުޅުންތެރިން ހިޔާލުފާޅުކުރުމަކީ މައްސަލައެއްނޫން: ވައިޓްހައުސް
މި މައްސަލާގައި ވައިޓްހައުސްއިން ބުނެފައިވަނީ، ފޯކްލޭންޑާ ގުޅޭގޮތުން އާޖެންޓީނާ ކުޅުންތެރިން ފާޅުކުރި އެ ހިޔާލަކީ އެޓީމްގެ ކުޅުންތެރިންނަށް ލިބިގެންވާ ހައްގުގެ ތެރެއިން ކުރި ކަމެއްކަމަށެވެ
17 Jul 2026
ރިކޯޑް އަގަކަށް ވިއްކާލި މި ’ޓީ-ރެކްސް‘ ކަށިގަނޑުގެ ނަން އެނގޭތަ؟
ޖުލައި 2026 ގައި ސޯތަބީސް އޮކްޝަން ހައުސްއިން ބޭއްވި ނީލަމެއްގައި، 67 މިލިއަން އަހަރުވީ، ”ގަސް“ ނަމަކަށް ކިޔާ މި ކަށިގަނޑު ވިއްކާލާފައިވަނީ 50.1 މިލިއަން އެމެރިކާ ޑޮލަރަށެވެ. މިއީ މިހާތަނަށް ނީލަމެއްގައި ޑައިނަސޯގެ ކަށިގަނޑެއް ވިއްކާލި އެންމެ ބޮޑު އަގެވެ.
16 Jul 2026
އީރާނާ ހަނގުރާމަކުރަން އެމެރިކާގެ ގިނަ ރައްޔިތުން ނުރުހޭ
ޕޯލްގައި ކުރިއަށްގެންދިޔަ ސާވޭއިން ދެއްކިގޮތުގައި ހަނގުރާމަ އަދި އެއް އަހަރަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް އެމެރިކާގެ 46 އިންސައްތަ މީހުން ގަބޫލުކުރާ ކަމަށް ވަނީ ހާމަވެފައެވެ
15 Jul 2026
އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ބަރިޖުތަކަށް ހަމަލާދޭނަން: ޓްރަމްޕް
އެމެރިކާއާއެކު މަޝްވަރާގެ މޭޒަށް އީރާނުން ނައިސްފިނަމަ، އަންނަ ހަފުތާއިން ފެށިގެން އެ ގައުމުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ފާލަންތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.
14 Jul 2026
12000 ގެ ބިނާކުރަން އިސްރާއީލުން 2.3 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް
އިސްރާއީލުން ހުޅަނގު އައްސޭރީގައި ޣައިރު ޤާނޫނީ ސެޓްލްމަންޓް ފުޅާކުރުމަށް 2.3 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން 12000 އައު ގެ އިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. އދ. އިން ބުނަނީ މިފަދަ ސެޓްލްމަންޓްތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ޣައިރު ޤާނޫނީ ތަކެއް ކަމަށެވެ.
14 Jul 2026
އެމެރިކާ ވަޢުދާ ޚިލާފުވާނަމަ އީރާނުންވެސް ފުއްދާނެ ވަޢުދެއް ނެތް: އީރާން
އެމެރިކާއިން ފަހިކޮށްފައިވާ ވަޢުދުތަކާ ޚިލާފުވަމުންދާ ކަމަށް ބުނެ، ޕާކިސްތާނުގެ ސެހިކަމުގައި ހެދި އެއްބަސްވުމުގެ ދަށުން ޢަމަލުކުރަން ޖެހޭ ކަންކަން ނުކުރާނެ ކަމަށް އީރާނުން އިންޒާރު ދީފިއެވެ.
14 Jul 2026
ބަންގްލަދޭޝްގެ ފެންބޮޑުވުމުގައި 51 މަރު
ބަންގްލަދޭޝްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ 51 މީހުން މަރުވެފައިވާއިރު 10 ލައްކައަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވެއެވެ. ބޮޑުވަޒީރު ވަނީ ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުމަށް އަމުރުކުރައްވާފައެވެ.
14 Jul 2026
ތެލުގެ އަގު ފާއިތުވި އެއް މަސް ދުވަހު ނާރާ މިންވަރަށް އުފުލިއްޖެ
ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު 1.68 ޑޮލަރު ނުވަތަ 2 އިންސައްތަ މަތިވެ، ފީފާއެއްގެ އަގު ވަނީ 84.98 ޑޮލަރަށް އަރާފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (ޑަބްލިޔު.ޓީ.އައި) ކްރޫޑްގެ އަގު 1.65 ޑޮލަރު ނުވަތަ 2.1 އިންސައްތަ އިތުރުވެ، ފީފާއެއްގެ އަގު ވަނީ 79.79 ޑޮލަރަށް އުފުލިފައެވެ. މިއީ ޖޫން 17 ގައި ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމަށް ސޮއިކުރި ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.