ދުނިޔެ
23 Jul 2026
ހޫތީން ސަޢޫދީ ދެ ތެޔޮ ޓޭންކަރަކަށް މިސައިލާއި ޑްރޯން ހަމަލާ ދީފި
ޙޫތީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުދަ ދުވަހު ހާމަކުރި ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ "އެންސީލިއާ" އާއި "ލައިލާ" ނަމަކަށް ކިޔާ ދެ ޓޭންކަރަށެވެ. ޙޫތީންގެ ހަތިޔާރު އެޅި ފައުޖުން ނެރެފައިވާ ކަނޑުގެ ދަތުރުފަތުރު ބަންދުކުރުމުގެ ނިންމުމާ އެ ދެ އުޅަނދު ޚިލާފުވެފައިވާ ކަމަށް ސަރީޢު ބުންޏެވެ. މީގެ އިތުރުން ގާތްގަނޑަކަށް ދިހައެއްހާ ބޯޓު މަގުން އެއްކައިރިކޮށް އަނބުރާ ފޮނުވައިލެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
23 Jul 2026
1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ބިލެއް އެމެރިކާއިން ފާސްކޮށްފި
ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން ބުދަ ދުވަހު މި ބިލު ފާސްކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ބިލު ފާސްކުރުމަށް 216 މެންބަރުން ވޯޓު ދިންއިރު، ބިލާ ދެކޮޅަށް 212 މެންބަރުން ވޯޓު ދިނެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދިންއިރު، ޑިމޮކްރެޓިކް ޕާޓީގެ ހަ މެންބަރަކު ވަނީ ބިލަށް ތާއީދުކޮށްފައެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
22 Jul 2026
ނަތަންޔާހޫ ހައްޔަރުކުރުމުގެ ގާނޫނީ ބާރު ނިއުޔޯކް ސިޓީއަށް ނެތް
އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި މަމްދާނީ ވިދާޅުވީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރު ތަންފީޒުކުރެވޭނެ ގާނޫނީ މަގެއް އޮތްތޯ އޭނާގެ އިދާރާގެ ގާނޫނީ ޓީމުން ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ އަމުރު ތަންފީޒުކުރުމުގެ ބާރު ސިޓީ ސަރުކާރަށް ނެތްކަން ސާފުވެފައިވާ ކަމަށާއި، އެމެރިކާގެ ފެޑަރަލް ސަރުކާރުން އައިސީސީއާ ގުޅިގެން އެ އަމުރު ތަންފީޒުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
22 Jul 2026
އިޒްރޭލުން ގާޒާގެ އެއް އާއިލާއެއްގެ ހަ މީހުން ދިރިތިއްބާ އަންދައި ޝަހީދުކޮށްލައިފި
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ތެރެއިން، އަންގާރަ ދުވަހުގެރޭ ދަންވަރު ޣައްޒާ ސިޓީއަށް ދިން ރަހުމުކުޑަ ވައިގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ ހަ މީހުން ދިރިތިއްބާ އަންދައި ޝަހީދުކޮށްލައިފިއެވެ.
21 Jul 2026
ސައުދީން މަލްޓިޕްލް އެންޓްރީ އުމްރާ ވިސާ ދޫކުރަން ފަށައިފި
ސައުދީ އަރަބިއްޔާއިން އަހަރެއްގެ ތެރޭގައި އެތައް ފަހަރަކު އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ "މަލްޓިޕްލް އެންޓްރީ އުމްރާ ވިސާ" މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ދޫކުރަން ފަށައިފިއެވެ.
20 Jul 2026
މެދުއިރުމަތީގައި ތިބި ދެކުނު ކޮރެއާގެ ރައްޔިތުން އެނބުރި ޤައުމަށް ދިއުމަށް އަންގައިފި
މިކަމާ ގުޅިގެން ދެކުނު ކޮރެޔާގެ ފޮރިން މިނިސްޓްރީން ވަނީ އީރާނާއި އިޒްރޭލުގައި ހުރި އެ ގައުމުގެ އެމްބަސީތައް ހިމެނޭހެން 17 ޑިޕްލޮމެޓިކް މިޝަނެއްގެ އިސްވެރިންނާ އާދީއްތަ ދުވަހު ބައްދަލުވުންތައް ކުރިއަށްގެންގޮސްފައެވެ
19 Jul 2026
ޓްރަމްޕްގެ ސޮޔަށް ޚާމަނައީ ފާޑުކިޔުން
އެމެރިކާ ފަހުމުނާމާއާ ޚިލާފުވަމުންދާ ކަމަށް ބުނެ ޓްރަމްޕްގެ ސޮއިގެ އެއްވެސް އިތުބާރެއް ނެތް ކަމަށް އީރާނުގެ ރޫޙީ ލީޑަރު ބުނެ، އެމެރިކާއަށް އިންޒާރު ދީފިއެވެ.