ދުނިޔެ
13 Jul 2026
އިސްރާއީލާ ދެކޮޅު ހެދުން ކުށަކަށް
ޖަރުމަނުގެ ބުންޑެސްރާޓުން ފާސްކުރި ބިލެއްގެ ދަށުން އިސްތިއުމާރީ އިސްރާއީލުގެ ވުޖޫދު ދެކޮޅު ހަދާ މީހުންނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އަންނަ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރަނީ.
13 Jul 2026
ބެންކޮކްގެ ރާބޯ، ނާޗަރަންގީ ކުޅޭ ރެސްޓޯރެންޓެއްގައި ރޯވެ 30 މީހުން މަރުވެއްޖެ
މި ހާދިސާ ހިނގާފައިވަނީ ބެންކޮކްގެ ޗަތުޗަކް ޑިސްޓްރިކްޓްގެ ލަޑްޕްރާއޯ ސަރަހައްދުގައި ހުންނަ "ރޮންގް ބިއަރ ނާ ލަޑްޕްރާއޯ" ނަމަކަށް ކިޔާ ރެސްޓޯރެންޓެއްގައެވެ. ތައިލެންޑްގެ ދައުލަތުގެ މީޑިއާ، ތައި ޕީބީއެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެވަގުތު ރެސްޓޯރެންޓް އޮތީ ފުރިފައި ކަމަށްވެސް ބުނެފައިވެއެވެ.
13 Jul 2026
އިރުމަތީ ގުދުސްގައި އިޒްރޭލުން އާ ބިން ފޭރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަނީ
އިޒްރޭލުގެ ޖަމާއަތެއް ކަމަށްވާ "އިރް އާމީމް" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގުދުސްގެ ޑިސްޓްރިކްޓް ޕްލޭނިން އެންޑް ބިލްޑިން ކޮމިޓީން މިހާރު ވަނީ އުންމު ލައިސޫންގައި ޔަހޫދީންނަށް ހާއްސަ 450 ހައުސިން ޔުނިޓް އެޅުމުގެ ހުއްދަ ދީފައި ކަމަށެވެ. މިއީ އިންފްރާސްޓްރަކްޗާގެ މައްސަލަތަކަކާ ހުރެ ދެ އަހަރަށް ވުރެ ގިނަ ދުވަހު މަޑުޖެހިފައި އޮތް މަޝްރޫއެކެވެ.
12 Jul 2026
ޣައްޒާ ”ބިމާ ހަމަކޮށްލަން“ ގޮވާލި އެމެރިކާގެ ސެނެޓަރު މަރުވެއްޖެ
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމަށް ފާޅުގައި ތާއީދުކޮށް، އެ ތަން ސުންނާފަތިކޮށްލުމަށް ގޮވާލި އެމެރިކާގެ ނުފޫޒުގަދަ ސެނެޓަރު ލިންޑްސީ ގްރަހަމް، ”ކުއްލި ބައްޔަކަށް“ ފަރުވާ ހޯދަމުންދަނިކޮށް މަރުވެއްޖެއެވެ.
12 Jul 2026
އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފި
އެމެރިކާ ސިފައިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. އެމެރިކާއިން ބުނިގޮތުގައި މި ހަމަލާތައް ދިނީ އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށް، އެ ސަރަހައްދުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެންނެވެ.
12 Jul 2026
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެއެވެ.
10 Jul 2026
ޑިސެންބަރުގައި އެނބުރި ބަންގްލަދޭޝްއަށް ދާނަން: ޝެއިޚް ހަސީނާ
ޝޭޚް ހަސީނާ ޑިސެމްބަރު ހާތާނގައި އަވާމީ ލީގުގެ ލީޑަރުންނާ އެކު ބަންގުލަދޭޝަށް ވަޑައިގެން ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެއްޖެއެވެ.
10 Jul 2026
ނަތަންޔާހޫ ބޭނުންވަނީ ވޯލްޑްކަޕް އާޖެންޓީނާއިން ކާމިޔާބު ކުރަން
އިސްރާއީލުގެ ކޮމީޑިއަން ބެން ބެން ބާރޫޚް ހޮސްޓުކުރާ "ދަ މޯޖޯ ޕޮޑްކާސްޓް" ގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ އާޖެންޓީނާއަށް ތާއީދުކުރަނީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާ ހެދި ނޫން ކަމަށާއި އެ ޤައުމުގެ ރައީސް ހާވިއެރް މިލޭއީގެ ސަބަބުން ކަމަށެވެ.