ދުނިޔެ
21 Aug 2026
ސަޢޫދީގެ ފޮތްތަކުގައި އިސްރާއީލް ސިފަކޮށްފައިވާ ގޮތަށް ބަދަލުތަކެއް
ސަޢޫދީ ޢަރަބިއްޔާގެ މަންހަޖުން ޤުދުސްއާ ގުޅޭ ބައެއް ޢިބާރާތްތައް އުނިކޮށް އިސްރާއީލް ސިފަކުރަމުންދާ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
20 Aug 2026
މަޝްވަރާތަކަށް އިންޑިއާގެ އިސް ވަޒީރުން ސިންގަޕޫރަށް
އިންޑިއާގެ އިސް ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފައިނޭންސް އަދި ކޯޕަރޭޓް އެފެއާޒް މިނިސްޓަރު ނިރްމަލާ ސީތާރާމަން، އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު، ކޮމާސް އަދި އިންޑަސްޓްރީ މިނިސްޓަރު ޕިޔޫޝް ގޯޔަލްގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ކޮމާސް އެންޑް އިންޑަސްޓްރީ އަދި އިލެކްޓްރޯނިކްސް އެންޑް އައިޓީއެވެ
20 Aug 2026
އެންމެ ފަހުގެ ހަނގުރާމަމަތީ މަތިންދާބޯޓު ހޯދުމަށް އިންޑިއާއިން ފްރާންސާއެކު މަޝްވަރާކުރަނީ
އިންޑިއާގެ ދިފާއީ ވުޒާރާއިން މި މަހު ގާނޫނުހަދާ މަޖިލީހަށް ހުށަހެޅި ދިފާއީ ކަންކަމާ ބެހޭ ކޮމިޓީގެ 25 ވަނަ ރިޕޯޓުގައި ބުނެފައިވަނީ، ފްރާންސުން އިސްނަގައިގެން ކުރިއަށްގެންދާ އެފްކާސް ޕްރޮގްރާމުގައި ބައިވެރިވުމަށްޓަކައި ރޭވުންތެރިކަމާއެކު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ
20 Aug 2026
އިންޑިއާގެ މާލީ ދާއިރާގައި ބޭރުގެ ބޭންކުތަކުން ހިންގާ ބޮޑެތި މުއާމަލާތްތައް އިތުރުވަނީ
ޖަޕާނުގެ މާލީ އިދާރާތަކުންވެސް ދަނީ އިންޑިއާގެ މާކެޓުގައި ބޮޑެތި ހިއްސާތައް ގަންނަމުންނެވެ. އެގޮތުން ޖަޕާނުގެ އެމް.ޔޫ.އެފް.ޖީ އިން ވަނީ އިންޑިއާގެ ސްރީރާމް ފައިނޭންސްގެ 20 އިންސައްތަ ހިއްސާ 4.4 ބިލިއަން ޑޮލަރަށް ގަނެފައެވެ
20 Aug 2026
ޕާކިސްތާނުގެ ފެޑެރަލް ދަރަނި 83.6 ޓްރިލިއަން ރުޕީސްއަށް އަރައިފި
ސްޓޭޓް ބޭންކް އޮފް ޕާކިސްތާނުން ނެރުނު ދަރަނީގެ މައުލޫމާތުތަކަށް ބަލާއިރު، ނިމިދިޔަ މާލީ އަހަރު ނިމުނުއިރު ސަރުކާރުގެ ސީދާ ދަރަންޏަށް ވަނީ 5.8 ޓްރިލިއަން ރުޕީސް (%7.3) އިތުރުވެފައެވެ. މި އަދަދުގެ ތެރޭގައި އައި.އެމް.އެފް އިން ނަގާފައިވާ ލޯނުތަކާއި މަރުކަޒީ ބޭންކުގެ ބެލެންސް ޝީޓުގައި ހިމެނޭ ބައެއް އެހެން އިލްތިޒާމްތަކެއް ނުހިމެނެއެވެ.
20 Aug 2026
ރޮބާޓޯ ކާލޯސް އިސްލާމްވި ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ ޖަވާބު ދީފި
ބްރެޒިލްގެ ފުޓުބޯޅައިގެ ލެޖެންޑް ރޮބާޓޯ ކާލޮސް މޮރޮކޯގެ ފުޓުބޯޅަ އެޖެންޓް ސޫހައިލާ އެލް ޠާހިރީ އާ ކައިވެނިކުރުމަށް ފަހު އިސްލާމް ދީނަށް ވަން ކަމަށް ފެތުރެމުންދާ ވާހަކަތަކަށް އޭނާ ޖަވާބު ދީފިއެވެ.
20 Aug 2026
ހިންދު ރަޖަބު ޝަހީދު ކޮށްލި ކަމަށް އިސްރާއިލުން އެއްބަސްވެއްޖެ
ޣައްޒާ ޤަތުލްޢައްމުގައި ކުޑަކުދިންނަށް ލިބެމުންދާ އަނިޔާގެ ރަމްޒެއްގެ ގޮތުގައި ދުނިޔެ ދެކެމުން އައި ފަސް އަހަރުގެ ހިންދު ރަޖަބު ޝަހީދުކޮށްލި ހާދިސާއަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީފަހުން އިސްތިއުމާރީ އިސްރާއީލުގެ އަސްކަރިއްޔާއިން އެ ކުއްޖާ ޝަހީދު ކޮށްލި ކަމަށް އެއްބަސްވެއްޖެއެވެ. އަދި އެކަމާ ގުޅޭ ތަހުގީގެއް ކުރާ ކަމަށް ނިރުބަވެރިން ބުނެފައިވެއެވެ.
20 Aug 2026
ތަމިލް ނާޑޫ ސަރުކާރުން ތިންވަނަ ދަރިފުޅަށް އެއް އަހަރުގެ ޗުއްޓީ ދެނީ
ތަމިލް ނާޑޫ ސަރުކާރުގެ އަންހެން މުވައްޒަފުންނަށް ތިންވަނަ ދަރިފުޅު ލިބުމުން ވެސް 365 ދުވަހުގެ ވިހެއުމުގެ ޗުއްޓީ ލިބޭ ގޮތަށް އުސޫލު ބަދަލުކުރަން ނިންމައިފިއެވެ.