ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
04 Oct 2024
ރެސިޕީ: ހަނީ ގާލިކް ޗިކަން
ޒަމާނުއްސުރެ ދިވެހިންގެ އާދަ ކާދަ އޮންނަ ގޮތުން ހުކުރު ދުވަހަކީ ކުކުޅުގެ ދުވަހެވެ. އެހެންކަމުން މި ހުކުރު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ތަފާތު ގޮތަކަށް ކުކުޅު ތައްޔާރު ކޮށްލާނެ ގޮތެވެ.
04 Oct 2024
ބްރޯޑްކާސްޓަރުންގެ އަމާޒަކަށް ވާންވާނީ، ޤައުމުގެ ޙައްޤުގައި ވަކަލާތުކުރުން
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ، ދިވެހިރާއްޖެއާއި ދިވެހި ޤައުމުގެ ޙައްޤުގައި ވަކަލާތުކުރުންކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
04 Oct 2024
ހެނދުނު ހޭލައިގެން އިނގުރު ފެންތައްޓެއް ބޯންވީ މިހެންވެ
ހެނދުނު އިނގުރު ފެން ބިއްލޫރިކޮޅެއް ބުއިމުން ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާއިރު، މިއީ ބަރުދަން ލުއި ކުރުމަށްވެސް އެހީވެދޭ ކަމެކެވެ. އެގޮތުން މި އާޓިކަލްގައު ބަލާލާނީ ހެނދުނު ހޭލައިގެން އިނގުރު ފެންތައްޓެއް ބުއިމުގެ ފައިދާ ތަކުގެ މައްޗަށެވެ.
03 Oct 2024
ޕާކިން ސްލޮޓް ގަންނަ ފަރާތްތަކަށް، ވިއްކާލުމުގެ ފުރުސަތު އޮންނާނެ: ފަޒުލް
ޕާކިން ސްލޮޓް ބަައްލަވައިގަންނަވާ ފަރާތްތަކުން، ބޭނުންވެއްޖެ ހާލަތެއް އެސްލޮޓްތަށް ވިއްކާލުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު ވިދާލުވެއްޖެއެވެ.
03 Oct 2024
ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި
އެމް.ޑަބްލިޔު.އެސް.ސީ އިން ހދ.ހިރިމަރަދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކޮށްފިއެވެ.
02 Oct 2024
ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ނިންމި ނިންމުމާ މަޓީ ދެކޮޅު
ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރެވޭ ގޮތަށް އިސްލާހް ގެންނަން ގެންނަން މަރުކަޒީ ބޭންކު، އެމްއެމްއޭއިން ނިންމި ނިންމުމމާ ދެކޮޅަށް ރިސޯޓް އޯނަރުންގެ ޖަމިއްޔާ، މަޓީ އިން ދެކޮޅު ހަދައިފިއެވެ.
02 Oct 2024
ވޭޕް އާއި އީ-ސިނގިރޭޓް މަނާ ކުރުމަށް ކުޅިވަރު ޖަމިއްޔާއިން ގޮވާލައިފި
ވޭޕް އަދި އީ-ސިނގިރޭޓް ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި، ވިޔަފާރި ކުރުމާއި އަދި އެ ތަކެތި ގެންގުޅުން މަނާކުރުމަށް ގޮވާލާ 21 ޤައުމީ ކުޅިވަރު ޖަމިއްޔާއިން ގޮވާލައިފިއެވެ.
02 Oct 2024
ދުވަސްވީ މީހުންގެ އާބާދީގެ %36 މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން
ދިވެހިރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީގެ %36 އަކީ ކޮންމެވެސް ނުކުޅެދުންތެރިކަމެއް ހުންނަ ބައެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
02 Oct 2024
އުރީދޫން އިސްރަށްވެހިންގެ ދުވަސް ފާހަގަކޮށްފި
އުރީދޫ މޯލްޑިވްސްއިން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް، އިސްރަށްވެހިންގެ ނާދީއާ ގުޅިގެން ފާހަގަކޮށްފިއެވެ.
02 Oct 2024
ބޭރު ފައިސާގެ މައްސަލަ ހައްލުކުރަން އެޅީ މުހިންމު ފިޔަވަޅެއް
ބޭރު ފައިސާގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން އަޅާފައިވަނީ މުހިންމު ފިޔަވަޅުތަކެއް ނަމަވެސް، އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރ އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
02 Oct 2024
ކުއްޖަކު ރަހީނުކޮށް، ބްލެކްމެއިލް ކުރި މައްސަލައެއް ބަލަނީ
ކުޑަކުއްޖަކު ރަހީނުކޮށް، ބްލެކްމެއިލް ކުރި މައްސަލައެއް ފެންމަތިވެ، އެ މައްސަލާގައި ކަން ހިނގި ގޮތް ފުލުހުން ބަލަން ފަށައިފި އެވެ.
02 Oct 2024
ރެސިޕީ: މޮރިންގާ ލަޓޭ
މުރަނގަފަތަކީ އޭގައި އެތަކެއް ފައިދާ ހުރި އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް ގަވާއިދުން އެ ކެއުމަކީ ހަނގަނޑަށާއި އެތެރެ ހަށީގެ ގުނަވަންތަކުގެ ދުޅަހެޔޮ ކަމަށް މުހިންމު ކަމެކެވެ. ނަމަވެސް ބައެއް ފަހަރު އޭގައި ލާ ރަހައެއްގެ ސަބަބުން މީހުން އެ ފަތް ކެއުމަށް އުޒުރު ދައްކައެވެ. އެހެން ކަމުން މިއަދު މި ގެނެސްދެނީ މުރަނގަފަތު ޕައުޑަރ ނުވަތަ މޮރިންގާ ލީވްސް ޕައުޑަރ އިން ތައްޔާރު ކުރެވޭނެ މީރު ބުއިމެއްގެ ރެސިޕީއެވެ.
02 Oct 2024
ބޭންކިން ނިޒާމުގައި ޑޮލަރު ހިފެހެއްޓުމަކީ އިގްތިޞާދަށް މުހިންމު ކަމެއް: މުއްތަލިބް
ބޭންކިން ނިޒާމުގައި ޑޮލަރު ހިފެހެއްޓުމަކީ ރާއްޖޭގެ އިގްތިޞާދަށް ވަރަށް މުހިންމު ކަމެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
02 Oct 2024
މެކްސިކޯގެ ފުރަތަމަ އަންހެން ރައީސާއަށް، ރައީސް މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ
މެކްސިކޯގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި އެޤައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ކްލައުޑިއާ ޝެއިންބައުމްއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
02 Oct 2024
ސީޕްލޭން ވިޔަފާރި ފުޅާކުރަން ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަނީ
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް) އިން ހިންގަމުން ގެންދާ "މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް އާއެކު) ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ޤާއިމްކޮށް، މި ޕާޓްނަރޝިޕްގެ ދަށުން ސީޕްލޭން ޚިދުމަތް ދިނުމަށްޓަކައި، އެމް.އޭ.ސީ.އެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
01 Oct 2024
ހިޔާ ފުލެޓް 7 އަދި 11 އިން މިރޭގެ ވަގުތެއްގައި ފެނުގެ ޚިދުމަތް މެދުކެނޑޭނެ
ހުޅުމާލޭ ހިޔާ ފުލެޓް 7 އަދި 11 ގެ ބައެއް ފަންގިފިލާތަކުން މިރޭގެ ވަގުތެއްގައި ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.
01 Oct 2024
ރަނގަޅު ތަޢުލީމީ ދާއިރާ އޮންނަނީ ޓީޗަރުންނަށް އިޙުތިރާމް ކުރާ ޤައުމުތަކުގައި
އެންމެ ރަނގަޅު ތަޢުލީމީ ދާއިރާ އޮންނަނީ ޓީޗަރުންނަށް އިޙުތިރާމް ކުރާ ޤައުމުތަކުގައިކަން ބައިނަލްއަޤްވާމީ ދިރާސާތަކުން އެނގެން އޮތް ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
01 Oct 2024
ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ
ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
01 Oct 2024
ސެޕްޓެމްބަރު މަހު ފުލުހަށް ރިޕޯޓް ކުރެވުނު ކުށްތައް ދަށަށް!
އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ހިނގާފައިވާ ކުށުގެ މައްސަލަތައް މަދުވެއްޖެއެވެ.
01 Oct 2024
ޖައުހަރީ ނިޔާވީ މަސްބާނަށް މޫދަށް ފޭބި ފަހުން: ފުލުހުން
އުސްފަސްގަނޑު ދިމާ އިން ކަނޑުމަތީގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު، ހ. ވެލަސްފަރުގެ، އިބްރާހީމް ޖައުހަރީ (62 އަހަރު) ނިޔާވެފައިވަނީ މަސްބާނަށް މޫދަށް ފޭބި ފަހުން ކަމަށް ފުލުހުން ބުނެފިއެވެ.
01 Oct 2024
ވިޔަފާރީގެ ދާއިރާއިން ސައުދީއާއެކު ގުޅުން ބަދަހިކުރަން އެއްބަސްވުމަކަށް
ދިވެހިރާއްޖެއާއި ސައުދީ އަރަބިއާއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
01 Oct 2024
އިންކަމްޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން ހާމަކޮށްފި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2023 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅާފައިނުވާ ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކޮށްފިއެވެ.
01 Oct 2024
އެފްކޮންސް މުވައްޒަފަކު ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެ!
މާލެ-ވިލިމާލެ ބްރިޖްގެ މަސައްކަތް ކުރާ އަފްކޯންސްގެ މުވައްޒަފަކު ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
01 Oct 2024
”ގެއްލުން ކުޑަ“ ކަމަށް ބުނި ވޭޕިންގ އިން ފުރާނައަށް ނުރައްކާ
ވޭޕިންގ އަކީ އިލެކްޓްރޯނިކް ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީ.އެން.ޑީ.އެސް) ބޭނުންކުރުމަށް އާންމުކޮށް ބޭނުންކުރެވޭ ނަމެކެވެ. މީގެ ތެރޭގައި އިލެކްޓްރޯނިކް ސިގިރެޓް ނުވަތަ އީ-ސިގިރެޓް، ވޭޕް ޕެން އަދި ވޭޕޮރައިޒަރ ހިމެނެއެވެ. މި ބެޓެރީން ހިންގާ އާލާތްތަކުން ދިޔާ މާއްދާއެއް ހޫނުކޮށް، އާންމުކޮށް ނިކޮޓިން އެކުލެވޭ ނަމަވެސް، ބައެއް ފަހަރު ނިކޮޓިން ނުހިމެނޭ ދިޔާ މާއްދާއެއް ވެސް ބޭނުންކުރެވެއެވެ. މި ދިޔާ މާއްދާ ވޭޕަރަކަށް ބަދަލުކޮށް، އެ ވޭޕަރ ދަމައިގަނެވެއެވެ.
30 Sep 2024
ޓެކްފިން އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ
އުރީދޫ މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓްލިމިޓެޑަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕޭމަންޓް ސާވިސް ޕްރޮވައިޑާ(ޕީއެސްޕީ) ލައިސަންސް ރަސްމީކޮށް ދޫކޮށްފިއެވެ.
30 Sep 2024
ނުލިބި ހުރި ޓެކްސް ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
ޓެކްސް އާއި އެހެނިހެން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 639 މިލިއަން ރުފިޔާ ޓެކްސް އިދާރާ، މީރާއިން ހޯދައިފި އެވެ.
30 Sep 2024
ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ.
30 Sep 2024
ހުޅުމާލޭގައި މިރޭ ހަވާއަރުވަނީ!
ހުޅުމާލެ ފަރުކޮޅުފުށީގައި މިރޭ ހަވާ އެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހުފައިވާކަން އެމްއެންޑީއެފުން އިއުލާން ކޮށްފިއެވެ.
30 Sep 2024
ވިލާ ކޮލެޖްގެ "އެޗީވްމަންޓް އެވޯޑްސް ނައިޓް" ބާއްވައިފި
ވިލާ ކޮލެޖުން ތައުލީމް ހާސިލްކޮށް ދަސްވެނިވާ ދަރިވަރުންގެ ތެރެއިން މަތީ ވަނަތައް ހާސިލްކުރާ ދަރިވަރުންނަށް އެވޯޑު ދިނުމަށްޓަކައި "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް ނައިޓް" އެ ކޮލެޖުން ބާއްވައިފި އެވެ.
30 Sep 2024
ލަންކާގެ ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތްތައް މުރާޖަޢާކުރަނީ
ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތްތައް މުރާޖަޢާކޮށް، ވަކި މިންގަނޑެއްގެ ދަށުން އުނިކުރުމުގެ މަސައްކަތް ލަންކާ ސަރުކާރުން ފަށައިފައެވެ.