ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
16 Oct 2024
ހަކަތައިގެ އެންމެ ބިޔަ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ހަކަތައިގެ ސިނާއަތުގައި ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ އަދި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމަށް ސްޓެލްކޯއާއި، ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާ އެކު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.
16 Oct 2024
އަންނަ އަހަރު ނިމޭއިރު، ރާއްޖެ އައު އުސްމިންތަކަށްދާނެ: މައުރޫފް
އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މަޢުރޫފް ޒާކިރު، ސަރުކާރުގެ ސިޔާސަތުތަކަށް ތަޢުރީފް ކުރައްވައި، އެކަން ކަމަށް ވަކާލާތު ކުރައްވައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
15 Oct 2024
އެއާޕޯޓް ލަގެޖް އުފުލާ އުޅަނދެއްގެ އެކްސިޑެންޓެއް؛ ދިވެއްސަކު މަރުވެއްޖެ
އެއާޕޯޓް ލަގެޖު އުފުލާ އުޅަނދެއް ތަނެއްގައި ޖެހި، ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެއެވެ.
15 Oct 2024
އެމްޑީޕީ ސަރުކާރުންވެސް ވައްކަން ކުރި: އަބްދުލްޣަފޫރު
ހުރިހާ ސަރުކާރަކުންވެސް ވައްކަން ކުރާ ކަމަށާ އެމްޑީޕީ ސަރުކާރުންވެސް އެކަން ކުރި ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ތުހުމަތުކުރައްވައިފިއެވެ.
15 Oct 2024
ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ރައީސް ނިންމަވައިފި
ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ނިންމަވާފައިވާކަން ރައީސް ޑރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.
15 Oct 2024
ސައުދީ ސަފީރު ކަން އަހުމަދު ސަރީރަށް ދިނުމަށް، ރުހުން ހޯދަން މަޖިލީހަށް
ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަޤާމަށް މ. ވެސްޓްސައިޑް އަހުމަދު ސަރީރު އައްޔަންކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހަޅުއްވައިފިއެވެ.
15 Oct 2024
އުރީދޫ 6 މުވައްޒަފަކަށް ދުނިޔޭގެ ފެންވަރުގެ ތަމްރީނު ދީފި
އުރީދޫ މޯލްޑިވްސްގެ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ހާވާޑް ޔުނިވަރސިޓީއާ ގުޅިގެން ކުރިއަށް ގެންދާކަން އިޢުލާންކޮށްފިއެވެ.
14 Oct 2024
އަންނަ މަހުން ފެށިގެން ވޭޕް މަނާ ކުރުމަށް ރައީސް އަންގަވައިފި
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށް ރައީސް ޑރ މުހައްމަދު މުޢިއްޒު އަންގަވައިފިއެވެ.
14 Oct 2024
މުރައިދޫގޭގެ މުވައްޒަފުނާ މުސާރައާ ގުޅޭ ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ހުންނަވާ ރަސްމީ ގެކޮޅު، މުރައިދޫގޭގައި ތިއްބަވާ މުވައްޒަފުންގެ އަދަދާއި، އެ މުވައްޒަފުންގެ މުސާރައިގެ ތަފްސީލު ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ ސިޓީގެ މައްސަލަ، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ސިއްރުކޮށްފިއެވެ.
14 Oct 2024
ސައިބަރ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް ތައާރަފުކޮށްފި
ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް ތައާރަފުކޮށްފިއެވެ.
14 Oct 2024
ފ. އަތޮޅުގެ ކުރީގެ މެންބަރު އަބްދުލްގަފޫރު އަވަހާރަވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅުގެ މެމްބަރުކަން ކުރިން ކުރެއްވި އަބްދުލްގަފޫރު އިބްރާހިމް މިއަދު އަވަހާރަވެއްޖެ އެވެ.
14 Oct 2024
މި ސަރުކާރުން، ކައުންސިލްތަކުގެ މެދުގައި ތަފާތެއް ނުކުރޭ: ވަޒީރު
މި ސަރުކާރުން ކައުންސިލްތަކުގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ފުރިހަމަ އެއްބާރުލުން ދެމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
14 Oct 2024
ތިން ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ ވަޒީރުންނަށް ގެނެވުނު ބަދަލާއެކު، ވުޒާރާތަކުގެ އައު ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
14 Oct 2024
އިންޑިއާ ސަފީރު ކަމަށް އަޒީމާގެ ނަން ފޮނުވައިފި
ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރު ކަމަށް އައިޝަތު އަޒީމާ އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
11 Oct 2024
އައިޖީއެމްއެޗުގެ ޒަމާނީ ހައިބްރިޑު ތިއޭޓަރު ބޭނުންކުރަން ފަށައިފި
ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ޒަމާނީ ހައިބްރިޑް ތިއޭޓަރުގައި ބޮޑެތި އޮޕަރޭޝަންތައް ކުރަން ފަށައިފި އެވެ.
11 Oct 2024
ރީތިފަރު ރިސޯޓް ލޯންޗަކަށް ރާޅެއް އަރައި އަޑިއަށް ހިނގައްޖެ
ރާއްޖެއަަށް ކުރަމުންދާ ވިއްސާރައިގައި، ރ. އަތޮޅު ރީތިފަރު ރިސޯޓްގައި ދުއްވާ ލޯންޗަކަށް ރާޅެއް އަރައި އެ ލޯންޗް، މިއަދު އަޑިއަށް ހިނގަތްޖެއެވެ.
11 Oct 2024
ކޮންމެހެން ކުރަންޖެހިއްޖެ ދަތުރެއް މެނުވީ ނުކުރަން ފުލުހުން އެދިއްޖެ!
މޫސުން ގޯސްވެ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރަން ފުލުހުން އިލްތިމާސްކޮށްފި އެވެ.
11 Oct 2024
ބްރިޖު މަތިން ސައިކަލު ދުއްވާއިރު ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅުއްވާ!
މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރައްވާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
11 Oct 2024
ކަނޑާއި ވައި، އަދިވެސް ވަރަށް ގަދަ؛ ރީނދޫ ސަމާލުގެ މުއްދަތު ދަންމާލައިފި
ކުރިއަށް އޮތް ވަގުތު ތަކުގައިވެސް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން މިއަދު ނެރުނު ރީނދޫ ސަމާލު މިރެއާ ހަމައަށް ދަންމާލައިފިއެވެ.
11 Oct 2024
ހުޅުމާލެއިން 'ޕޮކެޓް ޕާކިން' ޖާގަ ކުއްޔަށް ނަގަން އެދޭ މުއްދަތު އިތުރުކޮށްދީފި
ހުޅުމާލެއިން ޕޮކެޓް ޕާކިން ޒޯންތަކުން ޖާގަ ކުއްޔަށް ހިފަން އެދި ހުށަހަޅަން ހުޅުވާލި މުއްދަތު ހައުސުން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިތުރުކޮށްދީފިއެވެ.
11 Oct 2024
ހައިވޭގައި ދުއްވި ސައިކަލެއްގެ ކޮންޓްރޯލް ކުޑަކުއްޖަކަށް ދިން މައްސަލައެއް!
ސިނަމާލެ ބްރިޖުގެ ހައިވޭގައި ސައިކަލު ދުއްވާފައި ދަމުން ކުޑަ ކުއްޖަކު އަތަށް ސައިކަލުގެ ހުންގާނު ދީގެން ދުއްވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
11 Oct 2024
ޒިނޭގެ ހުއްދައަށް އެދި އައުމުން ރަސޫލާ ސޢވ ދެއްވި ޖަވާބު!
ޒިނޭ ކުރުމަށް ހުއްދަ ދެއްވުމަށް އެދި ރަސޫލާ ޞޢވ ގެ އަރިހަށް އައި، މީހަކަށް ރަސޫލާ ސޢވ ދެއްވި ފުރިހަމަ ޖަވާބާއެކު ޒިނޭގެ ހަޑި ހުތުރު ކަމާއި ނުބައި ކަމުގެ މައްޗަށް މިއަދުގެ ޚުތުބާގައި އަލިއަޅުވާލައިފިއެވެ.
11 Oct 2024
ޒިނޭކުރުމަށް ކުރާ ދަތުރުން އެނބުރި އާދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ހެއްޔެވެ؟
ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަޤުޞަދުގައި ދަތުރު ހަދައިގެން އެހެން ޤައުމުތަކަށް ވެސް ގޮސްއުޅޭ ކަމަށާ އެހެން ނަމަވެސް އޭނާއަށް އެ ދަތުރުން އެނބުރި އާދެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އެބަ އޮތްތޯ މިއަދުގެ ޚުތުބާގައި ސުވާލު ކޮށްފިއެވެ.
11 Oct 2024
މޫސުން ވަރަށް ގޯސް؛ ބައެއް ސަރަހައްދަށް ރީނދޫ ސަމާލު ނެރެފި!
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދު ތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
11 Oct 2024
މޫނު ބުރުގާ މައްސަލާގައި ރައީސް ދެއްވި ޔަޤީންކަމަށް ކޯޓުން ރިޢާޔަތްކޮށްފި!
މޫނު ބުރުގާ އަޅައިގެން އުނގެނުމާ ވަޒީފާ އަދާކުރުމުގެ ޙައްޤު ލިބޭނޭކަމަށް ރައީސް މުޢިއްޒު ދެއްވި ޔަޤީންކަމަށް ސިވިލް ކޯޓުން މިއަދު ކުރެއްވި ޙުކުމުގައި ރިޢާޔަތްކޮށްފިއެވެ.
11 Oct 2024
ސައްހަ ނޫން، ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުން ހުއްޓުވުމަށް އޮޕަރޭޝަނެއް
ސައްހަ ނޫން، ބެންކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުމާއި ޚިދުމަތް ހޯދުން ހުއްޓުވުމަށާއި، ވިޔަފާރި މުއާމަލާތްތަކުގައި އެންމެ އެކަށޭނަ ގޮތްތައް ވިޔަފާރިވެރިންނަށް ކިޔައިދީ ހޭލުންތެރިކުރުވުމަށް “އޮޕަރޭޝަން ފޭކް ސްލިޕް” ގެ ނަމުގައި ހަރަކާތެއް ފަށައިފިއެވެ.
10 Oct 2024
ރާއްޖޭގެ މިނިވަންކަމަށް، ބުރޫއަރާފަދަ ކަމެއް ރައީސް ނުކުރައްވާ: ޣައްސާން
ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލަށް، ޒައްރެއްގެ މިންވަރުވެސް ބުރޫއަރާފަދަ ކަމެއް އިންޑިޔާ ދަތުރުގައިވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
10 Oct 2024
ޕިކަޕު ބެޓެރީތަކެއް ވަގަށް ނެގި ބަޔަކު ހައްޔަރު ކޮށްފި
ޕިކަޕް ބެޓެރީތަކެއް ވަގަށް ނަގައިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
10 Oct 2024
ސަލާމަތް ސިއްޙަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފްސާނީ ދުޅާހެޔޮކަން
ސަލާމަތް ސިއްޙަތެއްގެ ދެބައިކުޅަ އެއްބަޔަކ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
10 Oct 2024
”އުއްމަތް ފަލަސްޠީނާއެކު“ ނަމުގައި ޚާއްސަ ހަރަކާތްތަކެއް މާދަމާ!
”އުއްމަތް ފަލަސްޠީނާއެކު“ ނަމުގައި ފަލަސްޠީނަށް އެހީވުމަށް ޚާއްސަ ހަރަކާތްތަކެއް މާދަމާބޭއްވުމަށް ހަމަޖެހިއްޖެއެވެ.