ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
07 Sep 2024
ދަނގެތީ ”ފިޔުޗަރ އިމާމް“ މުބާރާތުގެ ވަނަވަނައަށް އައި ދަރިވަރުން ހޮވައިފި!
މުސްތަގުބަލުގެ އިމާމުން އުފެއްދުމަށް “ފިޔުޗަރ އިމާމް 1446” ނަމުގައި އދ. ދަނގެތީގައި ބޭއްވި މުބާރާތުގެ ވަނަވަނަ އަށް އައި ދަރިވަރުން ހޮވައިފިއެވެ.
06 Sep 2024
ރޭސިންގ އަދި ޑްރިފްޓިންގ އަށް ދީފައިވާ ހުއްދަ ބާތިލްކޮށްފި
ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ހުއްޓުވައި، އުޅަނދުގެ ވެރިފަރާތުގެ ލައިސެންސާއި، އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާއެކު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
06 Sep 2024
މައްސަލައަކީ ސްޕޯޓްސް ކާރެއް ނޫން؛ ކުށްކުރާ މީހުން ދޫވެފައި ތިބުން
ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަންމެދުވެރިވާ ސަބަބަކީ ރޭސް ކާރު ނޫން ކަމަށާ އެހެނެއް ކަމަކު އެފަދަ އެކްސިޑެންޓް ހިނގަނީ ކުށްތައް ކުރާ މީހުންނަށް އަދަބު ނުދެވި ދޫކޮށްލާފައި ތިބޭތީ ކަމަށް ބުނެ ޑްރިފްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
06 Sep 2024
ކޮޓަރިއަށް ދައުވަތުދީ، ދިއުމުން ކޭޝްކާޑާއި 53،000 ރުފިޔާ ފޭރިގަނެފި
އައި.ޖީ.އެމް.އެޗް ކައިރިން ފިރިހެނަކު ހުއްޓުވާ، އޭނާ ކޮޓަރިއަކަށް ގެންގޮސް ފޭރިގަތުމުގެ މައްސަލައެއްގައި 27 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
06 Sep 2024
މިރެއަކީ ސެޓަން ޕްލެނެޓް ވަރަށް ރީތިކޮށް ފެންނާނެ ރެޔެއް!
މިރެޔަކީ އިރުގެ ޢާއިލާގެ ދެވަނައަށް އެންމެ ބޮޑު ޕްލެނެޓް ޒުޙަލް (ސެޓަން) ވަރަށް ރީތިކޮށް ފެންނާނެ ރެޔެއް ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.
06 Sep 2024
ރޭސް ކާރުގެ ނުރައްކާ ބޮޑުވެ، މަނާ ކުރަން ގޮވާލާ އަޑު ގަދަވަނީ!
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއްޖެހި ރޭ ހިނގި އެކްސިޑެންޓުގައި ޒުވާނަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. މި އެކްސިޑެންޓުގައި ލ. އިސްދޫއަށް އުފަން، އުމުރުން 23 އަހަރުގެ ހަސަން ސަމާހު ނިޔާވެފައިވަނީ، މެރަތަންގައި ބައިވެރިވާ މީހުން މެރަތަން އޮންނަ ސަރަހައްދަށް ގެންގޮސްދިނުމުގަ އި އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
06 Sep 2024
ބާރަށް ދުއްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނަން: ރައީސް
ނުރައްކާތެރިކޮށް އަދި ބާރަށް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި ގާނޫނަށް ބަދަލު ގެނެސް، އެކަން ތަންފީޒު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
06 Sep 2024
ރޭސް ކާރަކުން ޖެހި ޒުވާނަކު ނިޔާވުން: ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފި
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއްޖެހި ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
06 Sep 2024
އަހަރެމެންނަށް ނޭނގި އަހަރެމެން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކުކުރެވޭ
އަހަރެމެންނަށް ނޭނގި އަހަރެމެން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކުކުރެވޭ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
06 Sep 2024
ސީޕީ ސުޖާޢުގެ ޢާއިލާއަށް ރައީސް މުޢިއްޒުގެ ތަޢުޒިޔާ
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ ބައްޕާފުޅު، ޢަބްދުއްސަލާމް ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސް މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
06 Sep 2024
ދާހިލީ މައްސަލަތައް ހައްލުކުރުމަށް ގެންގުޅުއްވާ ކޮންސެޕްޓްގެ ނަތީޖާ ފެނޭ
ޤައުމުގައި މޫލާފައިހުރި ދާޚިލީ ސަލާމަތާއި ގުޅޭ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައީސް ޑރ މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ފެންނަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
06 Sep 2024
ރެސިޕީ: ޗޮކޮލެޓް ކްރީމް ޕައި
ހުކުރު ދުވަހަކީ ދިވެހިންގެ ގެތަކަށް ކުޑަ ޢީދެއް އަންނަ ދުވަހެކެވެ. އެހެން ކަމުން، އެ ދުވަހު މީރުކޮށް ޚާއްސަ ކެއްކުމެއް ކައްކާލުމަކީ ދިވެހިންގެ އާދައެކެވެ. މިއަދު ”ވޮއިސް“ގެ ބަދިގެއިން މި ގެނެސްދެނީ ހުކުރު ސުފުރާއަށް އިތުރުކޮށްލާނެ ފޮނި ބާވަތެއްގެ ރެސިޕީއެވެ.
06 Sep 2024
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.
05 Sep 2024
ގެއެއްގެ ތެރޭގައި މީހުން ނިދަން ތިއްބައި ވަގަށް ވަދެ ފޭރިއްޖެ!
ގެއެއްގެ ތެރޭގައި މީހުން ނިދަން ތިއްބައި ފާޚާނާ ފެންލައިޓުން ވަދެ، ވަޅިން ބިރުދައްކައިގެން ފޭރިއްޖެއެވެ.
05 Sep 2024
އަތުހަރުގެ ހަށިގަނޑު ޕޯސްމޯޓަމަށް ރާއްޖެއިން ބޭރަށް ފޮނުވައިފި!
ބަންދުގައި ހުއްޓާ ދަންޖެހުނު އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިއަދު ރާއްޖެއިން ބޭރަށް ފޮނުވާލައިފިކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.
05 Sep 2024
އިސްރާއީލުގެ ބޮންތަކުން އެމީހުންގެ މީހުން ސަލާމަތްކޮށްދިނީ ހަމާސް
ހަމާސްގެ ބަންދުގައި ތިބި އިސްރާއިލީ ގައިދީން، ހައްދުފަހަނައަޅާފައިވާ އިސްރާއިލުގެ ހަމަލާތަކުން ސަލާމަތް ކުރުމަށް ދިހަ ފަހަރު، އެމީހުން ތިބި ތަން ބަދަލުކުރި ކަމަށް ބުނެފިއެވެ.
05 Sep 2024
ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ބޮޑުތަކުރުފާނު މަގުގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 21 އަހަރުގެ ޒުވާނަކަށް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
05 Sep 2024
ޗައިނާއިން އެފްރިކާއަށް ބޮޑު އެހީއެއް ދޭން ވަޢުދުވެއްޖެ!
ޗައިނާއިން އެފްރިކާއަށް 51 ބިލިއަން ޑޮލަރުގެ އެހީއާއި 1 މިލިއަން ވަޒީފާގެ ފުރުޞަތު ހޯދައިދޭނެކަމަށް ވަޢުދުވެއްޖެއެވެ.
05 Sep 2024
ޑާރްކް ސާކަލް އަށް ގޭގައި ދެވިދާނެ ބައެއް ފަރުވާ!
ޔަޤީނުންވެސް! ލޮލުގެ ވަށައިގެން ކަޅު ވަށްބުރެއް، ނުވަތަ ޑާކްސާކަލް އަކީ ގިނަ ބައެއްގެ އާންމު ކަންބޮޑުވުމަކަށް ވެދާނެ އެވެ. އެ ފިލުވުމަށް ތަފާތު އެކި ކެމިކަލް ހިމެނޭ ކްރީމް ތަކާއި އެފަދަ އެހެން ތަކެތިވެސް ބައެއް މީހުން އުނގުޅައި އުޅެއެވެ. އެހެން ނަމަވެސް، އެއަށްވުރެ ހަންގަޑަށް ރަނގަޅު، ގުދުރަތީ ބާވަތްތަކުންވެސް ޑާކްސާކަލްގެ އަސަރު ކުޑަ ކުރެވިދާނެއެވެ.
04 Sep 2024
ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް މައުމޫންގެ ތަޢުރީފް
ދިވެހިރާއްޖޭގެ ގައުމީ ދުވަހާއި ގުޅިގެން މިއަދު ހެނދުނު ބޭއްވުނު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ތަޢުރީފް ކުރައްވައިފިއެވެ.
04 Sep 2024
ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފްތިތާހުކޮށްފި
ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ނަމުގައި ޤައުމިއްޔަތުގެ އެކި ބަހާތައް ކިޔަވައިދޭ ކޮލެޖު ”ދިވެހި ގައުމިއްޔަތުގެ އިސްވަރު“ އިފްތިތާހުކޮށްފިއެވެ.
04 Sep 2024
މުޅި ސިޔާސަތު ބިނާކޮށްފައިވާނީ މިނިވަންކަމުގެ މައްޗަށް: ރައީސް މުޢިއްޒު
ދިވެހިންގެ ތަބީއަތަކީ މިނިވަންކަމުގައި ދެމިތިބުން ކަމަށްވާތީ އަދުގެ ސަރުކާރުގެ މުޅި ސިޔާސަތު ބިނާކޮށްފައިވާނީ އެސާސްގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
04 Sep 2024
މުސްލިމުން މާތް ބަޔަކަށް ވާނީ އެ މީހުންގެ ޙަޔާތުން މާތްކަން ދައްކަންޏާ
މުސްލިމުން މާތް ބަޔަކަށް ވާނީ އެ މީހުންގެ ޙަޔާތުން އެ މީހުންގެ މާތްކަން ދައްކާނަމަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
04 Sep 2024
ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ޞާލިހު ފޮނުއްވައިފި
ބޮޑުތަކުރުފާނުގެ ޖިހާދުގެ ޛިކުރާ އައުކޮށް އެއިން އިބުރަތް ލިބިގަތުމަކީ ޤައުމުގެ މިނިވަންކަމަށް މުހިއްމުކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
04 Sep 2024
ގައުމީ ދުވަހުގެ ދިދަ ނެގުމުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
03 Sep 2024
އަނިޔާއިން އެއްކިބާވެފައިވެ ކުއްޖާ ބޮޑުވުމުގެ ފުރުސަތު ކަށަވަރުކޮށްދޭނެ
އަނިޔާއިން އެއްކިބާވެފައިވާ މާޙައުލެއްގައި ކުއްޖާ ހެދިބޮޑުވުމުގެ ފުރުސަތު ސަރުކާރުން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
03 Sep 2024
އެމްއައިޓީޑީސީ އާއި އެގްރޯނެޓް އުވާލަން ނިންމައިފި
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އާއި އެގްރޯނެޓް ކޯޕަރޭޝަން އުވައިލަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
03 Sep 2024
ޖަރުމަނުވިލާތުގައި ރާއްޖެ ތަމްސީލުކުރުމަށް އޭޖެންސީއެއް ހޯދަނީ
ޖަރުމަނުވިލާތުގައި ރާއްޖެ ތަމްސީލުކުރުމަށް އޭޖެންސީއެއް ހޯދުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިޢުލާންކޮށްފިއެވެ.
03 Sep 2024
ޕީސް ފައުންޑޭޝަނުން "ޑޫޔޫ ނޯ الله" ވޯކްޝޮޕް ބާއްވަން ނިންމައިފި
ޕީސް ފައުންޑޭޝަނުން ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑޫޔޫ ނޯ الله" ނަމުގައި ވޯކްޝޮޕެއް ބޭއްވުމަށް ނިންމައި، އެ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
03 Sep 2024
ހެނދުނުގެ ނާސްތާއަށާއި ހަވީރު ސަޔަށްވެސް މިލޭ!
މިހާރު އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތުން، ސިއްހަތަށް ގެއްލުންވާ އެތަކެއް ބާވަތެއްގެ ކާނާ އަހަރެމެންގެ އާއްމު ދިރިއުޅުމުގައި އާދަވެގެން ކައިބޮއި ހެދެއެވެ. ޚާއްސަކޮށް ހެނދުނު ނާސްތާއަކީ އަހަރެމެންނަށް އާއްމުކޮށް އެންމެ ފަރުވާ ކުޑަ ކޮށްލެވިފައިވާ އެއް ކެއުމެވެ. އެކަމުގެ ސަބަބުން ސިއްޙަތަށް ނޭދެވޭ އަސަރުތައް ކުރުމަކީ ވަރަށްވެސްގާތުގައި އޮތް ކަމެކެވެ.