ޝަބާ މުހައްމަދު ސައީދު
ނޫސްވެރިކަމަށް އަލަށް ނިކުންނަ ނޫސްވެރިއެއް
ޝަބާ މުހައްމަދު ސައީދު
22 Jan 2025
މޫސުން ގޯސްވެ، ފުވައްމުލަކާއި އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި!
މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ފުވައްމުލަކާއި އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.
22 Jan 2025
ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅޭ ސަބަބުތަކާއި ގުޅޭ ދިރާސާއެއް ހަދަނީ
ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅި ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ހޯދުމަށް ދިރާސާއެއް ހަދަން ދާހިލީ ސަލާމަތާއި ފައްނިންޔަތާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
22 Jan 2025
"ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ގައިންގަޔަށް ނާރާ ބަލިތަކާއި ދެކޮޅަށް"
ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ރާއްޖޭގައި އިތުރުވަމުންދާ ގައިންގަޔަށް ނާރާ ބަލިތަކުން މިޤައުމު ސަލާމަތްކުރުމަށްކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
22 Jan 2025
ޔަހޫދީން ފަލަސްތީނުގެ ޖެނިން އަށް އަރައިގެންފި!
ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައިވާ ޖެނިންއަށް ހަމަލާދީ 9 މީހުން ޝަހީދުކޮށްލައިފިއެވެ.
22 Jan 2025
މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ޗައިނާއަށް ފަށައިފި
މޯލްޑިވިއަން އަށް އަލަށް ގެނައި ވައިޑްބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ޗައިނާއަށް ފަށައިފިއެވެ.
22 Jan 2025
ރާއްޖެ ވަޑައިގަންނަވަން ރައީސް ނަޝީދު ޓްރަމްޕަށް ދައުވަތުދީފި
ރާއްޖެ ފަދަ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބައްލަވައިލެއްވުމަށް ރާއްޖެ އަށް ވަޑައިގަތުމަށް އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕަށް، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވައިފި އެވެ.
21 Jan 2025
ސައުދީ އާއި އިސްރާއީލުގެ ގުޅުން މިއަހަރު ރަނގަޅުވާނެ: ޓްރަމްޕް
ސައުދީ އަރަބިއްޔާ އާއި ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުގެ ގުޅުން މިއަހަރު ރަނގަޅުވާނެކަމަށް އެމެރިކާގެ ވެރިކަމާއި އިއްޔެ ހަވާލުވެވަޑައިގެން ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
21 Jan 2025
ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް އިންޑިއާ އާއިއެކު އެއްބަސްވުންތަކެއް
ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން އިތުރުކުރުމަށް އިންޑިއާގެ ތަމްރީނުދޭ މަރުކަޒުތަކަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
21 Jan 2025
ދެކުނު ކޮރެއާގެ ރައީސް، ޔޫންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ދެކުނު ކޮރެއާގެ ސަސްޕެންޑް ކުރެވިފައިވާ ރައީސް ޔޫން ސުކް-ޔޯލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
21 Jan 2025
ޑިމޮކްރެޓްސްގެ ރައީސް އަދި ނައިބު ރައީސްކަމަށް ކުރިމަތިލާން ހުޅުވާލައިފި
ދި ޑިމޮކްރެޓްސް ގެ ހުސްވެފައިވާ ރައީސް އަދި ފިރިހެން ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
21 Jan 2025
ރ އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި
މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
20 Jan 2025
ސަރުކާރުގެ މަޝްރޫއުތަކުގައި ވެސް ހަކަތަރިގެ ވަސީލަތްތައް ބޭނުންކުރަނީ
ސަރުކާރުގެ މަޝްރޫއުތަކުގައި ވެސް ހަކަތަރި ޕްރޮގްރާމްގެ ތެރެއިން ހޯދާ ވަސީލަތްތައް ބޭނުންކުރާގޮތަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
20 Jan 2025
މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެއްގެ ފޮޓޯ އާންމުކޮށްފި
މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެއްގެ ފޮޓޯ ފުލުހުން އާންމުކޮށްފިއެވެ.
20 Jan 2025
ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
ސައުދީ އަރަބިއާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން ފަށައިފިއެވެ.
20 Jan 2025
ހަމާސުން ހައްޔަރުކުރި މީހުން ދޫކޮށްލީ ހަދިޔާ ކޮތަޅެއް ދިނުމަށްފަހު!
ހަމާސް އާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ހަމާސް އިން ހައްޔަރު ކުރި 3 އަންހެނުން ދޫކޮށްލިއިރު، އެމީހުން ދޫކޮށްލީ ކޮންމެ މީހަކަށް ހަދިޔާ ކޮތަޅެއް ދިނުމަށްފަހުކަން ހާމަވެއްޖެއެވެ.
20 Jan 2025
ކާށިދޫ ބާ ހުކުރު މިސްކިތުގެ އަޑިން ފެނުނު ތަރާގަނޑު ދިރާސާ ކުރަނީ
ކ. ކާށިދޫ ބާ ހުކުރު މިސްކިތުގެ ތެރެއިން ފެނުނު އެވޭލާ މިސްކިތެއްގެ ތަރާގަނޑާއި ބެހޭ ދިރާސާތައް ފަށާފައިވާކަމަށް މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖުން މިއަދު ބުނެފިއެވެ.
20 Jan 2025
ޔަހޫދީ ފައުޖުން ރަހީނުކުރި ޣައްޒާގެ 90 ރައްޔިތުން ދޫކޮށްލައިފި
ފާއިތުވި 15 މަސްދުވަހު މެދު ކެނޑުމެއްނެތި ޣައްޒާގައި ހިންގަމުންދިޔަ ގަތުލުއާއްމު ހުއްޓާލުމަށް އެއްބަސްވުމަށްފަހު، އެއަށް އަމަލުކުރަން ފެށި ފުރަތަމަ ދުވަހު ޔަހޫދީ ފައުޖުން ރަހީނު ކުރި ޣައްޒާގެ 90 ރައްޔިތުން މިނިވަން ކޮށްފިއެވެ.
19 Jan 2025
މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެއްޖެ
މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެ، ސަމާލުވާން އެދެފިއެވެ.
19 Jan 2025
ބަނގުރަލާއިއެކު ހައްޔަރުކުރި ބިދޭސީއަކު ޑީޕޯޓްކުރަން ހަވާލުކޮށްފި
މަސްތުވާތަކެއްޗާއި ބަނގުރަލާއިއެކު ހައްޔަރުކުރި ބިދޭސީއަކު ޑީޕޯޓްކުރަން އިމިގްރޭޝަނާއި ހަވާލުކޮށްފިއެވެ.
19 Jan 2025
ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި
ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 39 ވަނަ ބުރު ފަށައިފިއެވެ.
19 Jan 2025
މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ
މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
19 Jan 2025
މިހާތަނަށް 25،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް 25،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގާފައިވާކަމަށް އެވުޒާރާގެ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
19 Jan 2025
ހިލޭ ބަހާ މަސްދަޅުތަކުން 40 ގްރާމް މަސް އުނިނުވާނެ: މިފްކޯ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރޯދަމަހަށް ގޭބީސީތަކަށް ހިލޭ ބަހާ މަސްދަޅުތަކުން 40 ގްރާމް މަސް އުނިނުވާނެކަމަށް މިފްކޯއިން ބުނެފިއެވެ.
19 Jan 2025
ޣައްޒާއަށް ހަމަލާދީފާނެކަމުގެ އިންޒާރު ނަތަންޔާހޫ ދީފި
ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލުމަށް އެއްބަސްވުމަށްފަހުވެސް ޣައްޒާއަށް އަލުން ހަމަލާދީފާނެކަމުގެ އިންޒާރު، އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފިއެވެ.
18 Jan 2025
ހަތަރު ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އިއުލާންކޮށްފި
ރާއްޖޭގެ 4 ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން ތައުލީމާއި ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
18 Jan 2025
"ފާޑުކިޔުމުގެ ނަމުގައި ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރަޖައިގެ އަމަލެއް"
ފާޑުކިޔުމުގެ ނަމުގައި ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރަޖައިގެ އަމަލެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
18 Jan 2025
ށ އަތޮޅުން ފެށިގެން ދ އަތޮޅަށް މޫސުން ގޯސްވާނެ!
ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ށ އަތޮޅުން ފެށިގެން ދ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
18 Jan 2025
ކިޔެވުމަށް ބުރޫނާރާނެހެން އިތުރު ހަރަކާތްތައް ގެންދިއުމަށް އެދެފި
ކުދިންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަށް ސްކޫލުތަކުގެ އިތުރު ހަރަކާތްތައް އިންތިޒާމްކުރުމަށް ތައުލީމާއި ބެހޭ ވަޒީރު، ޑރ.އިސްމާއީލް ޝަފީއު އެދިވަޑައިގެންފިއެވެ.
18 Jan 2025
ޣައްޒާ ގަތުލުއާއްމު ހުއްޓާލުމުގެ އެއްބަސްވުން ފާސްކޮށްފި
ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުގެ ސަލާމަތީ ކަންކަމާއި ބެހޭ ކެބިނެޓުން، ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓޫލުމުގެ އެއްބަސްވުން ފާސްކޮށްފިއެވެ.
18 Jan 2025
ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ބޮޑު ހަރަކާތެއް މާލޭގައި ފަށައިފި
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މާލޭ ސަރަހައްދުގައި ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފިއެވެ.