ޝަބާ މުހައްމަދު ސައީދު
ނޫސްވެރިކަމަށް އަލަށް ނިކުންނަ ނޫސްވެރިއެއް
ޝަބާ މުހައްމަދު ސައީދު
08 Jan 2025
ރައީސް ގެ އަރިހުން ރަތަފަންދޫ ދަރިވަރުން އެދުނީ މަލްޓިޕާޕޯސް ހޯލެއް އަޅައިދިނުމަށް
އެންމެ އިސްކަމެއްދެއްވައިގެން ގދ.ރަތަަފަންދޫ ސްކޫލްގައި މަލްޓިޕާޕޯސް ހޯލެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
08 Jan 2025
ރޯދަ މަސް އަންނަންވާއިރަށް ކަރަންޓުގެ މައްސަލަ ހައްލުކުރަނީ
ކުރިއަށް އޮތް ރަމަޟާން މަސް އައުމުގެ ކުރިން ރާއްޖެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް އަމާޒުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
08 Jan 2025
ޓިބެޓް ބިންހެލުން: މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް!
ޓިބެޓަށް އިއްޔެ އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފިއެވެ.
07 Jan 2025
ކުންފުނިތަކަށް ދޭންޖެހޭ 500 މިލިއަން ރުފިޔާ ދޫކުރަނީ
ސަރުކާރުން ދިވެހި ކުންފުނިތަކަށް ދޭންޖެހޭ 500 މިލިއަން ރުފިޔާ އަންނަ ހަފްތާގައި ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
07 Jan 2025
ހޯނޑެއްދޫގައި އޭޓީއެމް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ގދ.ހޯނޑެއްދޫގައި އޭޓީއެމް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
07 Jan 2025
ހޯނޑެއްދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާހްކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ގދ. ހޯނޑެއްދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާހްކޮށްދެއްވައިފިއެވެ.
07 Jan 2025
ވައިޑްބޮޑީ އެއަރކްރާފްޓްގެ ފުރަތަމަ ދަތުރު ޗައިނާގެ ޗެންޑޫއަށް
މޯލްޑިވިއަން އަށް އަލަށް ގެނައި ވައިޑްބޮޑީ އެއަރކްރާފްޓްގެ ފުރަތަމަ ދަތުރުކުރާނީ މިމަހު 21 ގައި ޗައިނާގެ ޗެންޑޫއަށްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު، މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
07 Jan 2025
ހޯނޑެއްދޫ ކޯލްޑް ސްޓޯރޭޖް މަޝްރޫއުގެ މަސައްކަތް ކުރިއަށްދާނެ: ރައީސް
ގދ.ހޯނޑެއްދޫ ކޯލްޑް ސްޓޯރޭޖް މަޝްރޫއުގެ މަސައްކަތް ފައިދާހުރި ގޮތަކަށް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
07 Jan 2025
މިއަދުވެސް އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސް!
މިއަދުވެސް އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
07 Jan 2025
ރޭގައި ހިނގި އަލިފާނުގެ ހާދިސާ: އެކަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
ގ.އުފުރިޔާގޭގައި ރޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެކަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
07 Jan 2025
ރޮހިންޔާގެ 260 އަށްވުރެ ގިނަ ރެފިއުޖީން އިންޑޮނޭޝިއާއަށް އެތެރެވެއްޖެ
މިޔަންމާގެ ރޮހިންޔާ ނަސްލުގެ 260 އަށްވުރެ ގިނަ ރެފިއުޖީން އިންޑޮނޭޝިއާއަށް އެތެރެވެއްޖެއެވެ.
07 Jan 2025
ރައީސް ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
06 Jan 2025
ޕާކިސްތާނުގެ އައު ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ޕާކިސްތާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިސަލް ރަސުލް ލޯދި، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.
06 Jan 2025
ޗައިނާގައި ފެތުރެމުންދާ އެޗްއެމްޕީވީގެ ކޭސްތަކެއް އިންޑިއާއިން ފެނިއްޖެ
ޗައިނާގައި ފެތުރެމުންދާ ހިއުމަން މެޓަޕްނިއުމޯވައިރަސް (އެޗްއެމްޕީވީ) ގެ ކޭސްތަކެއް އިންޑިއާއިން ފެނިއްޖެއެވެ.
06 Jan 2025
ގުޅީފަޅުގެ މަގުތައް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ގުޅީފަޅުގެ މަގުތައް ތަރައްޤީކުރުމާއި މުނިސިޕަލް އިންފްރާސްޓްރަކްޗާގެ ޚިދުމަތްތައް ގާއިމް ކުރުމަށް, ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާއި އެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
06 Jan 2025
ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ބަނގުރަލާއެކު ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.
06 Jan 2025
ކުރިއަރ މެދުވެރިކޮށް މަސްތުވާތަކެތި ގެނައި މީހަކު 22 އަހަރަށް ޖަލަށް
ކުރިއަރ މެދުވެރިކޮށް މަސްތުވާތަކެތި ގެނައި މީހަކު 22 އަހަރަށް ޖަލަށް ލުމާއިއެކު ޖޫރިމަނާގެ ގޮތުގައި 1 ލައްކަ ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
06 Jan 2025
180 ބިދޭސީންނާއިއެކު މިޔަންމާއިން 6،000 ގައިދީން މިނިވަންކުރަނީ
އިނގިރޭސީންގެ އަތްދަށުން މިނިވަންވިތާ 77 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، 180 ބިދޭސީންނާއިއެކު 6،000 ގައިދީން މިނިވަންކުރުމަށް މިޔަންމާގެ އަސްކަރިއްޔާއިން ނިންމައިފިއެވެ.
06 Jan 2025
ލޭ އެޕާއި އެހީ ޖަމިއްޔާ ގުޅިގެން މަސައްކަތްކުރަނީ
ލޭ ހޯދުމުގެ ދަތިތަކަށް ޒަމާނީ ހައްލެއް ހޯދުމަށް ލޭ އެޕާއި އެހީ ޖަމިއްޔާ ގުޅިގެން މަސައްކަތްކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
05 Jan 2025
"ޗައިނާގައި އިތުރުވަމުންދާ ބަލިތަކުގެ ހާލަތު ދަނީ މޮނިޓަރ ކުރަމުން"
ޗައިނާގައި އިތުރުވަމުންދާ ނޭވާލާ ނިޒާމުގެ ބަލިތަކުގެ ހާލަތު މޮނިޓަރ ކުރަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
05 Jan 2025
ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.
05 Jan 2025
ރަށްރަށުގެ ކަރަންޓު ބިލުގައި ކުނި ބިލު ނުހިމަނާނެ: ވެމްކޯ
ރަށްރަށުގެ ކަރަންޓު ބިލުގައި ކުނި ބިލު ނުހިމަނާނެކަމަށް ވެމްކޯއިން ބުނެފިއެވެ.
05 Jan 2025
ގުޑުގުޑާ ދޫނިތަކަށް އުނދަގޫވާފަދަ އަމަލެއް ނުހިންގުމަށް އިލްތިމާސްކޮށްފި
އިރުވައިމޫސުމާއި ދިމާކޮށް، ހދ.ކުޅުދުއްފުށި ކުޅިއަށް ޒިޔާރަތްކޮށްފައިވާ ގުޑުގުޑާ ދޫނިތަކަށް އުނދަގޫވާފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
05 Jan 2025
ކޯޓަށް ހާޒިރުކުރުމަށްޓަކައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި
ކޯޓަށް ހާޒިރުކުރުމަށްޓަކައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
05 Jan 2025
ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލްގެ ޚިދުމަތްތައްވެސް ހުއްޓުމަކަށް!
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ފައުޖުން ދެމުންގެންދާ ނިރުބަވެރި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ހުރި އިންޑޮނޭޝިއަން ހޮސްޕިޓަލްގެ ޚިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
05 Jan 2025
ޚާރިޖީ ވަޒީރު ޚަލީލް ޔޫއޭއީއަށް ފުރާވަޑައިގެންފި
އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޚާރިޖީ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ޔޫއޭއީއަށް ފުރާވަޑައިގެންފިއެވެ.
05 Jan 2025
ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރުދުށް ފަރާތެއް ހޯދަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރުދުއް ފަރާތެއް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
05 Jan 2025
މިއަދުގެ މޫސުން: ކަނޑުގަދަ، އުދައިގެ އަސަރުކުރުން އެކަށީގެންވޭ!
މިއަދުގެ މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެކަމަށާއި، އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
04 Jan 2025
ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ ލޯނަށް ހުޅުވާލަނީ
އިތުރު ލުއިތަކާއި އެކު ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ ލޯނަށް ހުޅުވާލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
04 Jan 2025
ފެނަކައިން 21 ރަށަކަށް ފެން، އަދި 4 ރަށަކަށް ނަރުދަމާގެ ހިދުމަތް ދީފި
މިދިޔަ އަހަރު މުޅިން އަލަށް 21 ރަށަކަށް ފެނުގެ ހިދުމަތް އަދި 4 ރަށަކަށް ނަރުދަމާގެ ހިދުމަތް ދީފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހާމަކޮށްފިއެވެ.