ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
25 Nov 2024
އިންޓެގްރިޓީ ކޮމިޝަނަށް އިންޝާގެ ނަން ފޮނުއްވައިފި
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް ގ. ނޫރަންފިނި، އަލްއުސްތާޛާ މަރިޔަމް އިންޝާ ފައިސަލް ނަން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފިއެވެ.
25 Nov 2024
މިފަހަރުވެސް، ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް!
ރާއްޖޭން ފަސް ވަނަ ފަހަރަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު އަދި ފުރަތަމަ ފަހަރަށް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް ހޯދައިފިއެވެ.
25 Nov 2024
ތައިލެންޑަށް ކަނޑައަޅާ ސަފީރުކަމަށް ފުއާދުގެ ނަން މަޖިލީހަށް ފޮނުއްވައިފި!
ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގުގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.
24 Nov 2024
އިޒްރޭލު ޕާސްޕޯޓް މަނާކުރާ މައްސަލަ އަވަސްކުރަން ނިންމައިފި
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް މަޖިލިހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަވަސްކުރަން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.
24 Nov 2024
ފުލުހަކަށް ހަމަލާދޭން އުޅުނު މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތޫނު އެއްޗަކުން ފުލުހަކާއި މީހަކަށް ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
24 Nov 2024
އެންމެ ދިގު އަންހެން މީހާއާއި އެންމެ ކުރު އަންހެން މީހާ ބައްދަލުކޮށްފި!
ލަންޑަނުގައި ބޭއްވުނު ގިނަސް ވޯލްޑް ރެކޯޑްސް ދުވަހުގެ މުނާސަބަތުގައި، ދުނިޔޭގެ އެންމެ ދިގު އަންހެން މީހާއާއި އެންމެ ކުރު އަންހެން މީހާ ހަވީރުގެ ސައިފޮދަކަށް ބައްދަލުކޮށްފިއެވެ. މި ދެ މީހުން ބައްދަލުކުރީ ލަންޑަނުގެ މަޝްހޫރު ސަވޯއި ހޮޓެލްގައެވެ.
24 Nov 2024
ގޮނޑި ގެއްލޭ މާއްދާ ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީ ބަދަލުކުރުމުން ނުވަތަ އަމިއްލަ މެންބަރެއްގެ ގޮތުގައި ހުރެ ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމްކޯޓަށް ހުށަހަޅައިފި އެވެ.
24 Nov 2024
ފުރުގާން މިސްކިތަށް ގެއްލުންދީފި!
ފުރުގާން މިސްކިތަށް ގެއްލުންދީ އެ މިސްކިތުގައި ހުރި މުސްޙަފުތަކެއް އުކާލި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
24 Nov 2024
ކަނޑުހުޅުދޫ ގައި ހިނގި މާރާމާރީއެއްގައި ޒަޚަމްވި ދެމީހަކަށް ފަރުވާދެނީ!
ގއ. ކަނޑުހުޅުދޫ ގައި ހިނގި މާރާމާރީއެއްގައި ސީރިއަސް ޒަޚަމްތަކެއްވެ ދެމީހަކަށް ފަރުވާދޭން ފަށައިފިއެވެ.
24 Nov 2024
ވ އަތޮޅުގައި ހާލުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ފަށައިފި
އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އެހީ ޖަމުއިއްޔާ އަދި ވ އަތޮޅު ކައުންސިލް ގުޅިގެން، ވ އަތޮޅުގައި ނާޒުކު އަދި ދަތި ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށައިފިއެވެ.
22 Nov 2024
”ސުޖޫދު“ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ޕީސް ފައުންޑޭޝަނުން ކޮންމެ އަހަރަކު ކުރިޔަށް ގެންދަމުންދާ "ސުޖޫދު" ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
22 Nov 2024
"އައްޑަނަ" ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު
ތަވްހީދުގެ މައްޗަށް އަލިއަޅުވާލައި، އަލް ޢަސްރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ އައްޑަނަ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
22 Nov 2024
އޭޑީކޭގެ ރަސްމީ އެސްއެމްއެސް ހޭންޑަލުން ސްކޭމް މެސެޖުތަކެއް ދައުރުވަނީ
އޭޑީކޭ ރަސްމީ އެސްއެމްއެސް ހޭންޑަލްއިން ސްކޭމް މެސެޖުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވާން އެ ހޮސްޕިޓަލުން މިއަދު އިލްތިމާސްކޮށްފި އެވެ.
22 Nov 2024
ޤިޔާމަތް ދުވަހަކީ 50،000 އަހަރާ އެއްވަރުގެ ދިގު ދުވަހެއް
ޤިޔާމަތް ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދިގު ދުވަހެއް ކަމަށް ބުނެ، އެދުވަހަށް ތައްޔާރުވުމަށް މިއަދުގެ ޚުތުބާގައި ނަޞޭހަތްތެރިވެއްޖެއެވެ.
22 Nov 2024
ލުބުނާނުގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލުބްނާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
22 Nov 2024
ރެސިޕީ: ޗިކަން ޕުލާއު
ހުކުރު ދުވަހަކީ ކުކުޅުގެ ދުވަހެކެވެ. އެހެނީ ހުކުރު ދުވަހުގެ މެންދުރުގެ ސުފުރާ މަތިން ކުކުން ހަދާފައި ހުންނަ އެއްޗެއް ނުފެންނަ ފަހަރެއް މަދުވާނެއެވެ. އެހެންކަމުން، މު ހުކުރު ވޮއިސްގެ ބަދިގެއިންވެސް މި ގެނެސްދެނީ މީރުކޮށް ކުކުޅުން ޗިކަން ޕުލާއު ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ.
22 Nov 2024
އިސްލާމީ މަރުކަޒުގެ މަސްފެންގަނޑުގެ މަރާމާތުގެ މަސައްކަތް ނިންމާލައިފި
އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު ސްޓެލްކޯއިން މަރާމާތު ކުރުމަށްފަހު މިނިސްޓްރީއާއި ހަވާލުކޮށްފިއެވެ.
22 Nov 2024
ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަށް ރައީސް މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެ
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)އިން ނެރުނު އަމުރަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
21 Nov 2024
އިސްރާއީލްގެ ޕާސްޕޯޓަށް ވީތީ މަނާކުރާކަށް ނުފެނޭ؛ އެ ޕާސްޕޯޓްގައި އަރަބިންނާ މުސްލިމުން އުޅޭ: ނާޒިމް
އިޒްރޭލް ޕާސްޕޯޓް އޮންނަ އެންމެން ރާއްޖެ އައުން މަނާކުރަން ނުފެންނަ ކަމަށާ، އެ ޕާސްޕޯޓް އޮންނަ އަރަބިންނާއި މުސްލިމުން އުޅޭ ކަމަށް، މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
21 Nov 2024
ވޭޕް މަނާ ކުރުމުން، އޭގެ ވިޔަފާރިކުރާ މީހުންނަށް މިލިއަނުން ގެއްލުންވެއްޖެ!
ވޭޕް ގަނެ ވިއްކުން މަނާ ކުރުމުން، އޭގެ ވިޔަފާރިކުރާ މީހުންނަށް މިލިއަނުން ގެއްލުންވެފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
21 Nov 2024
ސަރަހައްދީ އިންތައް ހިމާޔަތްކުރުމަށް ކުރައްވާ މަސައްކަތަށް ސާބަސްދެން
ރާއްޖޭގެ ސަރަހައްދީ އިންތައް ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ސާބަސްދެއްވައިފިއެވެ.
21 Nov 2024
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް، ހުއްޓުމެއް ނެތި ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް ޕީއެންސީއިން ރޭ ބުނެފި އެވެ.
21 Nov 2024
ގެނެވުނީ ޤައުމުގެ މިނިވަންކަމަށް ވަރަށް މުހިންމު އިޞްލާޙުތަކެއް: ރައީސް
ރައްޔިތުން މަޖިލީހުން ފާސްކޮށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުތަކަކީ، ރައްޔިތުންނަށާއި، ޤައުމަށް ވަރަށް މުހިންމު އިޞްލާޙުތަކެއްކަމަށާއި، މި އިޞްލާޙުތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
20 Nov 2024
ގޮނޑި ގެއްލޭ އިސްލާހު މިއަދުން ފާސްކުރަން މަޖިލީހުގެ ޖަލްސާއެއް ހަވީރު!
ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅުއްވާފައި ބިލުގެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމަން މިއަދު ހަވީރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެޖެންޑާކޮށްފިއެވެ.
20 Nov 2024
ގޮނޑި ގެއްލުވާލާ އިސްލާހު އަވަސްކުރަން މުޅި މަޖިލިސް ކޮމިޓީއަށް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހު ބަލައިގަނެ، ބިލުގެ މަސައްކަތް އަވަސް ކުރުމަށް މުޅި މަޖިލިހުގެ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފި އެވެ.
20 Nov 2024
ޕާޓީން ވަކިކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނަށް އިސްލާޙެއް!
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ހައިސިއްޔަތު ބަދަލުވެއްޖެ ނަމަ، މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިޞްލާޙު ކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
20 Nov 2024
މެންބަރުންނަކީ "ބޮޓުން" ކަމަށް ހަދައިގެން ވާހަކަ ނުދެއްކުމަށް އެދިއްޖެ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ "ބޮޓުން" ކަމަށް ދޭހަވާ އިބާރާތްތަކުން ވާހަކަ ނުދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އެދިވަޑައިގެންފި އެވެ.
20 Nov 2024
އާއްމުންގެ ހިޔާލު ހޯދާ މާއްދާ މަޖިލީހަށް އެކަނި އިސްލާހު ނުކުރެވޭ ގޮތް ހަދަނީ!
ގާނޫނުއަސާސީގެ މުހިންމު މާއްދާތަކަށް އިސްލާހު ގެންނަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާން ޖެހޭ ކަމަށް ބުނާ މާއްދާ އިސްލާހު ކުރަން ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި އެވެ.
20 Nov 2024
އެއަރޕޯޓް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް
ސިނަމާލެ ބްރިޖްގެ އެއާޕޯޓް ލައިޓް ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ފެންސްގައި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
19 Nov 2024
ހުޅުމާލޭ މޫދަށް އެރުނު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.