ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
19 Nov 2024
ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފި
އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައިގައި ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރި، ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ ޝަރުތުތަކެއްގެ ދަށުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން ދައުލަތުން އެ ނިންމުން ހައިިކޯޓުުގައިި އިސްތިއުނާފުކޮށްފިއެވެ.
19 Nov 2024
މީޑީއާ ބިލް އަނބުރާ ގެންދަން ހުށަހަޅައިފި
މީޑިއާ ކޮމިޝަންގެ ބިލު އަނބުރާ ގެންދިއުމަށް މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.
19 Nov 2024
މި ގައުމަށް ލިބޭ ހުރިހާ ފައިސާއެއް ލިބެނީ ހަމައެކަނި ފަތުރުވެރިކަމުން
މި ގައުމަށް ލިބޭ ހުރިހާ ފައިސާއެއްވެސް ލިބެނީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.
19 Nov 2024
ދަތް އުނގުޅާފައި، އަނގަޔަށް ފެންލައިގެން ދޮންނަން ޖެހޭތަ؟
ދަތް އުނގުޅުމަކީ ދަތް ހަލާކުވުމާއި، ޕްލެކް އާއި ކާއެތިކޮޅުކޮޅާއި ބެކްޓީރިއާ ނައްތާލުމަށް އެހީތެރިވެދޭ ކަމެކެވެ. އާންމުކޮށް، ދުވާލަކު މަދުވެގެން ދެފަހަރު ދަތްއުނގުޅަންޖެހޭ އިރު ފްލޫރައިޑް ދަތް އުނގުޅާ ބޭހެއް ބޭނުން ކުރުން މުހިންމެވެ.
18 Nov 2024
10 ވަރަކަށް އަހަރު ގެއްލިގެން ހިނގައްޖެ: ފައްޔާޒު
މި ސަރުކާރަށްވީ އެއް އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖެ 10 އަހަރު ފަހަތަށް ސޮއްސާލައިގެން ގޮސްފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެެއްޖެއެވެ.
18 Nov 2024
ކޮންމެ ގައިދީ އަކަށް، މަހެއްގެ މައްޗަށް 27،000 އެއްހާ ރުފިޔާ
ޖަލު ބަންދުގައި ބަހައްޓާފައި ހުންނަ ކޮންމެ ގައިދީ އަކަށް، މަހެއްގެ މައްޗަށް 27،000 އެއްހާ ރުފިޔާ ހޭދަވާ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.
18 Nov 2024
ބެންކަށް ޑޮލަރު މާރުކުރަން އެންގުމަކީ ރަނގަޅުކަމެއް: އިބުރާ
ސަރުކާރަށް ޑޮލަރު ވަންނަ މިންވަރު އިތުރު ކުރުމަށް، ރިސޯޓް ތަކަށް ވަންނަ ޑޮލަރުން ބައެއް ރާއްޖޭގެ ބޭންކަށް މާރުކުރުމަށް އަދުގެ ސަރުކާރުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ގާނޫނީ ވަކީލު އިބްރާޙީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
18 Nov 2024
ފޯމު ނުފުރައި، ހަމައެކަނި އައިޑީކާޑުގެ ހުށަހެޅި މީހުންނަށްވެސް ފުލެޓް ދިން
ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް، ކުރީ ސަރުކާރުން އާންމުކުުރި އިރު، ހަމައެކަނި އައިޑީކާޑެއް ހުށަހަޅައިގެން ފުލެޓް ލިބުނު މީހުންވެސް ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
17 Nov 2024
ރޯދަމަހު ކޮންމެ ގޭބިސީ އަކަށް މަސްދަޅުކޭހެއް ދެނީ
ކުރިއަށް އޮތް ރޯދަމަހު، ސަރުކާރުގެ ފަރާތުން ކޮންމެ ގޭބިސީ އަކަށް މަސްދަޅު ކޭހެއް ދޭން ނިންމަވާފައިވާކަން ރައީސް ޑރ މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.
17 Nov 2024
ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި
ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތްކޮށް، އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
17 Nov 2024
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންދީފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ދެއްވައިފިއެވެ.
17 Nov 2024
އެއްއަހަރު ތެރޭގައި، ގަވާއިދާ ޚިލާފް 5000 ބިދޭސީން ޑިޕޯޓް ކުރެވިއްޖެ
އެއް އަހަރު ތެރޭގައި، ގަވާއިދާއި ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ 5000 ބިދޭސީން ޑިޕޯޓްކުރެވިފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވިދާޅުވެއްޖެއެވެ.
17 Nov 2024
ރިސޯޓްތަކަށް ލިބޭ ޑޮލަރު ބޭންކަށް މާރުކުރަން މަޝްވަރާކުރިން
ސަރުކާރަށް ޑޮލަރު ވަންނަ މިންވަރު އިތުރު ކުރުމަށް، ރިސޯޓް ތަކަށް ވަންނަ ޑޮލަރުން ބައެއް ރާއްޖޭގެ ބޭންކަށް މާރުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނާައެކު ނިމިދިޔަ ސަރުކާރުގައިވެސް މަޝްވަރާތައް ކުރެއްވި ކަމަށް ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ހާމަކުރައްވައިފިއެވެ.
17 Nov 2024
އަންނަ ރިޔާސީ އިންތިޚާބާމެދު ރައީސް ޞާލިޙްގެ ނިންމުން ހާމަނުކުރެއްވި
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމާ މެދު ނިންމަވާފައިވާ ގޮތް އެމްޑީޕީގެ ލީޑާޝިޕްއާ ހިއްސާކުރައްވާފައިވާނެ ކަމަށާ، މިހާރު އެކަން އާއްމުންނަށް އަންގަވައިފިނަމަ، ޕާޓީއަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
17 Nov 2024
ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަސް ބޭފުޅަކު އެމްޑީޕީގަ އެބަ ތިބި
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން ބޭނުންފުޅުވާ ހަތަރު ފަސް ބޭފުޅަކު ތިބި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހާމަކުރައްވައިފިއެވެ.
17 Nov 2024
ރައީސަށް ލިޔުއްވި ސިޓީގައި، ބޭނުންވާ ކަންކަން ނުވާނެ ކަމަށް ދެންނެވިން
ވެރިކަން ނިންމަވާލައްވައި، ގެއަށް ވަޑައިގެންނެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ސިޓީފުޅެއް ލިޔުއްވި ކަމަށާ، އެސިޓީފުޅުގައި، އެމަނިކުފާނަށް ގިނަ ނަޞޭޙަތްތަކެއް ދެއްވާފައިވާނެ ކަމަށް ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
15 Nov 2024
ޑައިވިނަށް ދިޔަ އަންހެނަކަށް މިޔަރެއް ހަމަލާދީގެން ފަރުވާ ދެނީ
ޑައިވިނަށް ދިޔަ އަންހެން ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
15 Nov 2024
ރައީސް ނަޝީދު، ޑޮލަރު މާރު ކުރުމާ ދެކޮޅުހައްދަވައިފި!
ޓުއަރިޒަމް ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާއިން ބައެއް ބޭންކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް އޮތް ގަވާއިދަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
15 Nov 2024
ރައީސް މުޢިއްޒު ފަލަސްތީނުގެ ރައީސާއި ބޮޑު ވަޒީރަށް މަރުހަބާ ވިދާޅުވެއްޖެ
ފަލަސްތީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްތީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްއަށާއި، ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
15 Nov 2024
މުސްކުޅި މައިންބަފައިންނަށް، އުއްފު ވެސް ނުބުނޭ: ޚުތުބާ
އެމީހެއްގެ މައިންބަފައިން އެމީހެއް ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެ ނަމަ، އެ ދެމީހުންނަށް އުއްފު ވެސް ނުބުނުމަށް ޤުރުޢާނުގައި އަންގަވާފައިވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
15 Nov 2024
ބެންގަލޫރުގެ ސިޓީ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ
ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ބެންގަލޫރުގެ ސިޓީ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
15 Nov 2024
ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ވަޑައިގެންފި
ސަޢޫދީ ޢަރަބިއްޔާ އާއި އަޒަރްބައިޖާނަށް ކުރެއްވި މުހިންމު، ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
15 Nov 2024
ގިނަ ޚިދުމަތްތަކާއެކު އިމަޖެންސީ ކޯލް ސެންޓަރު 911 އިފުތިތާހުކޮށްފި
އިމަޖެންސީ ހާލަތްތަކުގައި ގުޅާނެ އެއް ނަންބަރެއް ކަނޑައަޅައި، ރާއްޖޭގެ ނޭޝަނަލް އިމަޖެންސީ ކޯލް ސެންޓަރު 911 ރޭ އިފުތިތާހު ކޮށްފިއެވެ.
15 Nov 2024
ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ ބިންގާ އަޅައިފި
އއ. ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ބިންގާ އިއްޔެ އަޅައިފިއެވެ.
14 Nov 2024
އިމާމުންގެ ސުލޫކީ މިންގަނޑެއް އެކުލަވާލައި، އަމަލު ކުރަން ފަށައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަހައްޓަންވީ ގޮތުގެ އުސޫލެއް އެކުލާވަލައި، މިއަދު އަމަލުކުރަން ފަށައިފިއެވެ.
14 Nov 2024
މަސައްކަތް ކުރަނީ ހައްގުތައް ދާއިމީކޮށް ލިބޭނެ މަގުފަހިކޮށްދޭން
މި ސަރުކާރުން އަދި ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެންބަރުންވެސް މަސައްކަތް ކުރައްވަނީ، ހައްގުވެރިންނަށް އެ ހައްގެއް ދާއިމީކޮށް ލިބޭނެ މަގުފަހިކޮށްދެއްވުމަށް ކަމަށް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން⁩ ލަތީފް (އިއްމު) ވިދާޅުވެއްޖެއެވެ.
14 Nov 2024
އާދިއްތަ ދުވަހުގެ ކުރިން ފުލެޓް ލިސްޓް އިއުލާން ކުރާނަން: ވަޒީރު ހައިދަރު
އަންނަ ހަފްތާގެ އާދިއްތަ ދުވަހުގެ ކުރިން، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓް އިއުލާން ކުރައްވާނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރު ޑރ ޢަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.
14 Nov 2024
މިދިޔަ ސަރުކާރުން ޓީޗަރުންނަށް ވަނީ ”އަނިޔާވެރިވެފައި“: ވަޒީރު ޝަފީޢު
ތަޢުލީމީ ދާއިރާއަށް ދިމާވި އެންމެބޮޑު ގޮންޖެހުމަކީ މިދިޔަ ސަރުކާރުން ޕްރިންސިޕަލުންނަށާއި ޓީޗަރުންނަށް އަނިޔާވެރިވެފައިވުން ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
14 Nov 2024
އެކި ބާވަތުގެ މަސްތުވާތަކެއްޗާއެކު 65 އަހަރުގެ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރު ކޮށްފިއެވެ.
14 Nov 2024
މަމްދޫހުގެ މުދާތައް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި
ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުންކޮށްގެން އެ ކުންފުނީގެ ކުރީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)، ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ މުދާތަކާއި ޕެންޓްހައުސް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި އެވެ.