ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
11 Mar 2024
ހިލޭ ކުނި އުކޭނެ އިންތިޒާމް ވެމްކޯއިން ހަމަޖައްސައިފި
މާލެ ސަރަހައްދުގެ ވެމްކޯ ޓްރާންސްފަރ ސްޓޭޝަންތަކަށް އާންމު ރައްޔިތުން ގެންނަ ކުނި ހިލޭ އުކޭނެ އިންތިޒާމު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޑެޓް (ވެމްކޯ) އިން ހަމަޖައްސައިފިއެވެ.
11 Mar 2024
ކަނޑުދަތުރުކުރާ އުޅަނދުތަކު ޓްރެކިންގ ޑިވައިސް ހަރުކުރަނީ
މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިންގ ޑިވައިސް" ހަރުކޮށް މޮނިޓަރކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
11 Mar 2024
ރެސިޕީ: ސާގު ފަނި
ސާގު ފަންޏަކީ ހަށިގަނޑުގައި ވަރު ޖައްސާލަދޭ މީރު ބުއިމެކެވެ. ޚާއްސަކޮށް ހާރު ދަމަށް ސާގު ފަނި ތަށްޓެއް ބޯލުމުން އެދުވަހަކު ގައިން ހަކަތަ ގޮސް، ވަރުބަލިވުން ކުޑަ ކޮށްދެއެވެ. އެހެންކަމުން، އަޅުކަމުގައި ވެސް ހީވާގި ކަމާއި އެކު އުޅެވޭނެ މަގުފަހި ވެގެންދެއެވެ.
10 Mar 2024
ރަމަޟާން މަހުގެ ފުރަތަމަ ރޭގެ ނިދާ
ކުރިއަށް މި އޮތީ ބަރަކާތްތެރި ރަމަޟާން މަހާއި އެ މަހުގެ ބަރަކާތްތެރި ވެގެންވާ ރޭތަކެވެ. މި މަސް އަހަރެމެންނަށް މަރުހަބާ ކިޔާއިރު، މި މަހުގެ ފުރަތަމަ ރޭ، އާދެ މިރޭ އެންމެހައި އާދަމްގެ ދަރިންނަށް އިއްވެވޭ ނިދާ މަތިން ހަނދުމަ އައުކޮށް، އެއާއި އެއްގޮތަށް ޢަމަލު ކުރުމަށް ފުރަތަަމަ ރެއިން ފެށިގެންވެސް މަސައްކަތް ކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.
10 Mar 2024
މާދަމާ އަކީ ރާއްޖެއަށްވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަސް
މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
10 Mar 2024
ސައުދީ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ!
ކަލަންޑަރުގައިވާ ގޮތުން މިއަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާދަމާ އެވެ.
10 Mar 2024
ރަމަޟާން މަހަށް ހަނދު ބެލުން މިރޭ 8:30 ގައި!
ބަރަކާތްތެރި ރަމަޟާން މަހަށް ހަނދު ބެލުން މިރޭ 8:30 ގައި އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ބުނެފިއެވެ.
10 Mar 2024
ބަޔާން ބާތިލް ކުރާން އެންގީ މަތިކޮށްފައި އޮތް ޒިންމާގެ ދަށުން
ނ.ކެނދިކުޅުދޫ ކައުންސިލުން، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން ނެރުނު ނޫސް ބަޔާން ބާތިލް ކުރަން އެންގީ ލޯކަލް ގަވަމެންޓް އޮތޯރިޓީ, އެލްޖީއޭ އަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާގެ ދަށުން ކަމަށާ، އެ ބަޔާނާ ގުޅިގެން އިންކުއަރީއެއް ހަދަން އެލްޖީއޭގެ ބޯޑަށް މައްސަލަ ނުގެންދިޔައީ ކަމުގެ މުއާލާތް ކެނޑިދާނެތީ ކަމަށް އެ އޮތޯރިޓީގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެެއެވެ.
10 Mar 2024
ކައުންސިލް އިމާރާތް އެޅުމުގެ ކްރައިޓީރިއާއަށް އާއްމުންގެ ޚިޔާލު!
މިއަހަރުތެރޭގައި 50 ރަށެއްގައި، 50 ކައުންސިލް ޢިދާރާ ޢިމާރާތް ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެލެއްވި ވަޢުދާއި އެއްގޮތަށް، އަޅާ 50 ކައުންސިލް އިމާރާތް ކަނޑައެޅުމަށް މާރކްސް ދޭނެ ކްރައިޓީރިއާ ތައް ކަނޑައަޅައި، އާއްމުންގެ ޚިޔާލަށް ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ.
10 Mar 2024
ވެހިކަލް ލިމިޓެއް ކަނޑައެޅުމަށް ގަވާއިދަށް އިސްލާހު ގެނެސްފި
އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއ،ި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވައިދަށް އިސްލާހު ގެނެސްފިއެވެ.
10 Mar 2024
ކާބޯތަކެތީގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރެވެމުން އެބަދޭ
މާދަމާ ފެށޭ ބަރަކާތްތެރި ރަމަޟާން މަހު އަސާސީ ހުރިހާ ބާވަތެއްގެ ކާބޯތަކެތި އެސްޓީއޯއިން ގެނެސް ހެޔޮ އަގުގައި ވިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
10 Mar 2024
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ސްޓެލްކޯއިން ބުނެފިއެވެ.
10 Mar 2024
ބީއެމްއެލް މުވައްޒަފުން މާލެ އާއި އައްޑޫ ސާފުކޮށްފި
ބީއެމްއެލް މުވައްޒަފުން މާލެ އާއި އައްޑޫ ސިޓީގައި ސާފުކުރުމުގެ ހަރަކާތްތަކެއް ބާއްވައިފި
10 Mar 2024
އާބަން ސެންޓަރުގެ ގޮތުގައި ނައިފަރު ތަރައްގީ ކުރަނީ!
ނައިފަރަކީ މި ސަރުކާރުން ތަރައްޤީކުރުމަށް ނިންމަވާފައިވާ 7 އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާދިއްޕޮޅު ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
10 Mar 2024
ކުރަން ފަށާފައިހުރި މަސައްކަތްތައް މި ސަރުކާރުން ހުއްޓާލައިފި
އެމަނިކުފާނުގެ ސަރުކާރުގައި ކުރަން ފެއްޓެވި ހުރިހާ މަސައްކަތްތަކެއް އަދުގެ ޕީޕީއެމް/ޕީއެންސީ ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
09 Mar 2024
މަޖިލީހުގެ މެޖޯރިޓީ ބޭނުމީ ސަރުކާރަށް ދަތިކޮށް ކުރާކަށް ނޫން ރައީސް ޞާލިހު
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުން އުޅެނީ އަދުގެ ސަރުކާރަށް ދަތި އުނދަގޫ ކުރާން ނޫން ކަމަށް އެމްޑީޕީގެ ކުރީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
08 Mar 2024
މަހިބަދޫ ގިނަ އަދަދެއްގެ ޒުވާނުން ޕީއެންސީއާ ގުޅިއްޖެ
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކެއް ހިމެނޭހެން، އދ.މަހިބަދޫ ގިނަ އަދަދެއްގެ ޒުވާނުން ވެރިކަންކުރާ ޕީއެންސީއާ ގުޅިއްޖެއެވެ.
08 Mar 2024
ގެއްލިފައިވާ ރޯދައިގެ ބަދަލުގަ މުއްދު ބަހަން ބޭނުންތަ؟
ގެއްލިފައިވާ ރޯދައިގެ ބަދަލުގައި މުއްދުގެ ގޮތުގައި ފަގީރަކަށް ނުވަތަ މިސްކީނަކަށް ކެއުން ހަމަޖެއްސަން ބޭނުންވާ ފަރާތްތަކަށް އެހީ ޖަމިއްޔާ އިން އެކަން ފަހިކޮށްދީފައިވާ ކަމަށް ބުނެފި އެވެ.
08 Mar 2024
ޕީއެންއެފް ކެންޑިޑޭޓުން ނެރުނީ، ސަރުކާރު ދިފާއުކުރަން
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަން ޕީއެންއެފްގެ ކެންޑިޑޭޓުން ނެރުނީ އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ލިބުނަ ނުދޭން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
08 Mar 2024
ހުރިހާ ރައްޔިތުންނަށް ވެސް ގެދޮރުވެރިކަން ލިބިގެންދާނެ
މާލެ ސަރަހައްދުގައި ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއު ތަކުން އެންމެ އިސްކަމެއް ދެއްވާނީ މާލޭގެ ރައްޔިތުންނަށް ކަމަށާއި އެހެން ނަމަވެސް، އެ ސަރަހައްދުގައި ދިރިއުޅެމުންދާ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ފުރުސަތު ލިބޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
08 Mar 2024
ރާއްޖެ އާއި އިންޑިޔާ ވަރިއެއް ނުކުރެވޭނެ: ރައީސް ނަޝީދު
ދިވެހިރާއްޖެއާއި އިންޑިޔާ އަކީ އެއް ފޮތަކުން ކިޔަވައިގެން ތިބި، އެއް ބައެއް ކަމަށާ، މި ދެގައުމަކީ ވަރިކުރެވޭނެ ދެ ގައުމު ނޫން ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
08 Mar 2024
ރޯދަވެރިޔާ ދޫ ރައްކައުތެރި ކުރުމަކީ ވާޖިބެއް: ޚުތުބާ
ރޯދަވެރިޔާ އަރާރުންވުމާއި، ދޮގުހެދުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، އާޑަފުރައްސާރަ ކުރުންފަދަ އިސްލާމްދީން މަނާކުރާ ކަންތައްތަކުން ދޫ ރައްކައުތެރި ކުރުމަކީ ވާޖިބެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
08 Mar 2024
ރައީސް މުޢިއްޒަށް ވެރިކަން ލިބިލެއްވީ އިންޑިޔާ އާއި ދެކޮޅު ވީމައެއް ނޫން
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒަށް ވެރިކަން ލިބިލެއްވީ، އެމަނިކުފާނު އިންޑިޔާއާއި ދެކޮޅު ވެވަޑައިގެންނެވުމުން ނޫން ކަމަށާ، އެހެނެއް ކަމަކު އޭރު ވެރިކަން ކުރަމުންދިޔަ މައި ޕާޓީ، އެމްޑީޕީ ބަލިކަށި ވުމުން ކަމަށް ކުރީގެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
08 Mar 2024
މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއިން ނަގާނީ ބޮޑުތަނުން: ޝާހިދު
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ލިބޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ޚާރިޖީވަޒީރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
08 Mar 2024
ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރިއަށާއި، މުލަކަތޮޅު އަދި ފެލިދެއަތޮޅުގެ ބައެއް ރަށްތަކާއި މާލެއަތޮޅު ދެރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
07 Mar 2024
ހުޅުމާލޭގެ ފޭސް 2 ގައި މިސްކިތެއް ހުޅުވައިފި
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ފޭސް 2 ގައި ވަގުތީ މިސްކިތެއް މިއަދު ހުޅުވައިފިއެވެ.
07 Mar 2024
ސަރުކާރުން ހަދިޔާކުރާ ހަނޑޫ އަދި ފުށް ބަހަން ތައްޔާރުވެއްޖެ!
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހު ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް އެސްޓީއޯއިން ތައްޔާރުވެއްޖެއެވެ.
07 Mar 2024
"ހިޔާ އަލިނޫރު" ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު!
ހއ. ހޯރަފުށީ ހިޔާ ޖަމިއްޔާއިން ކުރިއަށް ގެންދާ 'އަލި ނޫރު' އޮންލައިން ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
07 Mar 2024
މުހައްމަދު އިސްމާއިލް، ދާއިރާއަށް ދެއްވާ މާހެފުމެއް މާދަމާ ރޭ!
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވިލިމާލޭ ދާއިރާއަަަށް، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު އިސްމާއިލްގެ ފަރާތުން ދާއީރާގެ ރައްޔިތުންނަށް ދެއްވާ ހާއްސަ މާހެފުމެއް މާދަމާރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
07 Mar 2024
ވެރިކަން ބަދަލުކުރީ ވަކި ބޭފުޅަކަށްޓަކައިތޯ ވިސްނާލަން ޖެހޭ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމަށް ގެނައީ ވަކި ބޭފުޅަކަށްޓަކައިތޯ، މިއަދު ދިވެހީން ވިސްނާލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.