ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
14 Mar 2024
ޕްރޮމޯޝަނަލް ފެއަރ ގެ ދަށުން އިތުރު 6 މަންޒިލަށް ޓިކެޓް އަގުހެޔޮ ކޮށްފި
މި ރޯދަމާއި ދިމާކޮށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ފެށި ޕްރޮމޯޝަނަލް ފެއަރ ގެ ދަށުން އިތުރު ހަ މަންޒިލަކަށް ޓިކެޓް އަގުހެޔޮކޮށްފިއެވެ.
14 Mar 2024
ފްލެޓާއި ބިމާއި ގުޅޭ ލަފާދޭ ހައުސިންގ ކޮމިޓީއެއް އުފައްދައިފި
‏"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން "ހައުސިން ކޮމިޓީ" އެކުލަވާލައިފި އެވެ.
14 Mar 2024
ގޯތީގެ ރަޖިސްޓްރީއާ ހަވާލުވާން އަނެއްކާވެސް އިތުރު ފުރުސަތެެއް ދީފި
ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް ރެޖިސްޓެރީ އާއި ހަވާލުނުވާ މީހުންނަށް، އަނެއްކާވެސް ގޯތީގެ ރެޖިސްޓްރީއާއި ހަވާލުވާން އިތުރު ފުރުސަތެއް ދީފިއެވެ.
14 Mar 2024
ސިފައިންގެ ޗީފް އަބްދުއްރަހީމް އަންނަ މަހު ރިޓަޔާ ކުރައްވަނީ
ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ސިފައިންގެ ހިދުމަތުން އަންނަ މަހު ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.
14 Mar 2024
ވާނުވާ މައްސަލައަށް ގާނޫނީ ހައްލެއް ގެނައުމުގެ މަސައްކަތްދަނީ ކުރެވެމުން
ޝަރީޢަތް ނިމެންދެން ވާނުވާ ބަންދުގައި ބެހެއްޓޭ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ގާނޫނީ މަސައްކަތްތައް ކުރެވެމުންދާ ކަމަށާ، އެ މަސައްކަތް ނިމުމުން އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
14 Mar 2024
މަގުމަތީގައި ކުނި ބެހެއްޓި މީހަކު ހޯދައިގެން ޖޫރިމަނާކޮށްފި
މާލޭގައި މަގުމަތީގައި ކުނި ބެހެއްޓި މީހަކު ފުލުހުންގެ އެހީތެރިކަމާއެކު މާލެ ސިޓީ ކައުންސިލުން ހޯދައިގެން ޖޫރިމަނާކޮށްފިއެވެ.
14 Mar 2024
ރެސިޕީ: ލާވާ ކޭކު
ރޯދަ ވީއްލާ ގަޑީގައި ފިނި ފިނި ވެނީލާ އައިސްކްރީމް އާއި އެކު ލާވާ ކޭކެއް ކާލުމުން ޔަގީނުންވެސް މިފަދަ ހޫނު ދުވަސް ދުވަހު ހިތްހަމަޖެހުން ލިބޭނެއެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗޮކޮލެޓް ލާވާ ކޭކު ތައްޔާރުކުރާނެ ގޮތެވެ.
14 Mar 2024
ޓެލެގްރާމްގައި ޑްރަގާއި ހަށިވިއްކާ ބަޔަކު ހައްޔަރުކޮށްފި
މަސްތުވަތަކެތީގެ ވިޔަފާރިކޮށް ހަށިވިއްކުން އިސްތިހާރުކޮށް އަދި ކަޅުފައިސާގެ ވިޔަފާރި ކުރަމުންއައި، ޓެލެގްރާމް ޗެނަލްތަކެއް ސީޒް ކޮށް، ޗެނަލް ތައް ހިންގިކަމުގެ ތުހުމަތުގައ ފުލުހުންގެ ސައިބަރ ކްރައިމް ޔުނިޓުން ބަޔަކު ހައްޔަރުކޮށްފިއެވެ.
13 Mar 2024
ހުއްޓިފައިވަނީ ފައިސާނެތީސް ސިޔާސީ ބޭނުމަށް ފެށި މަޝްރޫޢުތައް
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަހު ދުވަސްކޮޅު ފަށާފައިވާ މަޝްރޫޢު ތަކުގެ ތެރެއިން ހުއްޓިފައިވަނީ ފައިސާނެތީސް ސިޔާސީ ބޭނުމަށް ފަށާފައިވާ މަޝްރޫޢުތައް ކަމަށް އެމްޓީސީސީގެ ސީއީއޯ އަބްދުالله ޒިޔާދު ވިދާޅުވެއްޖެއެވެ.
13 Mar 2024
ބަންކަރިން ފެސިލިޓީއެއް އަޅަން އެސްޓީއޯ އާއި ވިޓޯލް ޕާޓްނަޝިޕަކަށް
މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެގޮތުން އެސްޓީއޯއާއި އަދި ވިޓޯލް ގުރޫޕާއި ދެމެދު ޓާރމް ޝީޓްގައި މިއަދު ސޮއިކޮށްފިއެވެ.
13 Mar 2024
ލުވައިޒް އާއި ސަލްމާއަށް ރުހުން ހޯދަން މަޖިލީހަށް!
ޖެނީވާގައި ހުންނަ އދގެ އޮފީސްތަކުގެ ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ދާއިމީ މަންދޫބު ކަމާއި، ސިންގަޕޫރަށް ރާއްޖެއިން ކަނޑއަޅާ ސަފީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފިއެވެ.
13 Mar 2024
މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުތަކެއް!
ގައުމީ އެއާލައިން މޯލްޑިވިއަނުން ރަމަޟާން މަހާ ދިމާކޮށް އެތެރޭގެ އުދުހުންތަކަށް ހާއްސަ ޕްރޮމޯޝަނަލް ފެއަރ އެއް ފަށައިފިއެވެ.
13 Mar 2024
އިންޝުއަރެންސް ހޯދުމުގައި ލުއިގޮތެއް ހޯދަން މަޝްވަރާކުރާނަން: ރައީސް
އަމިއްލަ ފަރުދުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަ ލިބޭނެ ގޮތް ތަކެއް ހޯދުމަށް ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
13 Mar 2024
ރެސިޕީ: ފްލާން
ފްލާން އަކީ ސްޕެނިޝް ޑެޒާޓެކެވެ. ފްލާން އެންމެ ވައްތަރީ އަހަރެމެން އާއްމުކޮށް އަޅާ އުޅޭ ކެރަމަލް ޕުޑިންގް އާއެވެ. ނަމަވެސް ރަހަ އެއަށްވުރެވެސް މީރުވާނެއެވެ.
13 Mar 2024
ކޮންމެތާކު ހުރެގެންވެސް އޮންލައިންކޮށް ފިޠުރުޒަކާތް ދެއްކޭނެ!
ފިތުރު ޒަކާތް ބަލައިގަންނަން މިހާރު ފަށާފައިވާއިރު، އޮންލައިންކޮށް ބޭނުން ތަނެއްގައި ހުރެގެންވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައުވާ ކަމަށް ޒަކާތު ހައުސް އިން ބުނެފިއެވެ.
12 Mar 2024
ރާއްޖެ، އައިޓީބީގެ ހޮސްޓް ގައުމަކަށް ހެދުމުގެ މަސައްކަތް ފަށައިފި
އަންނަ އަހަރު ރާއްޖޭގެ މާކެޓިން އަށް ކަނޑައަޅާ ބަޖެޓު ބޮޑުކޮށް، ޖަރުމަނުގައި 2026 ގައި އޮންނަ އައިޓީބީ ބާލިން ފެއާގައި ރާއްޖެއަކީ "ހޮސްޓް ކަންޓްރީ" އަކަށް ހަދަން މަސައްކަތް ފަށާފައިވާ ކަމަށް ފަތުރުވެރިކަމާއިބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ފައިސަލް އިއުލާން ކުރައްވައިފިއެވެ.
12 Mar 2024
800,000ރ. ގެ ދަރަންޏެއް ދައްކަން އިސްމާޢީލްގެ މައްޗަށް ހުކުމް ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދުގެ މައްޗަށް 856،830ރ. ގެ ދަރަންޏެއް ސާބިތުވެ އެ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
12 Mar 2024
ޕީއެންއެފްއިން ހުށަހެޅި ފޯމްތަކުން ސައްހަވީ 1976 ފޯމް އެކަނި
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް އުސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)، އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާ 3370 ފޯމުގެ ތެރެއިން ސައްހަވީ 1976 ފޯމް ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
12 Mar 2024
މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ފަސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކަށް ވަންޖެހޭނީ ގަނޫނު އަސާސީގައި ކަނޑައަޅާފައިވާ އަދަދު ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އެ ނިންމުމާއި ޚިލާފަށް މަޖިލީހުގެ ޖުމްލަ މެނަބަރުންގެ އަދަދީ 80 ކަމަށް މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.
12 Mar 2024
ހުސްގޮނޑި ނުލައި މެންބަރުންގެ އަދަދު ގުނާ މާއްދަ އުވާލުމަށް ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ނުލައި ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިތުރު ކުރެވުނު މާއްދާ އުވާލުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހުށަހަޅުއްވައިފިއެވެ.
12 Mar 2024
އަސްމާ ބިންތު އުމައިސް (ރއ)ގެ ހިތްވަރާއި ސާބިތުކަން!
އިސްލާމީ ތާރީޚަށް ބަލާލާއިރު، އަހަރެމެންނަށް ފެންނަނީ ހަމައެކަނި ޞަޙާބީންގެ ހިތްވަރާއިޒ ޢަޒުމާއި އެބޭކަލުން ދީނުގެ ހައްގުގައި ވެވަޑައިގެންނެވި ގުރުބާނީ އެކަންޏެއް ނޫނެވެ. އެހެނެއް ކަމަކު، ޞަޙާބިއްޔާއިންގެ ޢަޒުމާއި، ކެރުން ތެރިކަމާއި، ހިތްވަރާއި، އަދި ލަދުވެތިކަމާއި ޢިއްްފަތްތެރި ކަމުގެވެސް އެތަކެއް ވާހަކަތައް ފެންނަން އެބަހުއްޓެވެ.
12 Mar 2024
ރެސިޕީ: ޗިލީ ޗިކަން ސަބްމެރިން
ސަބްމެރިން އަކީ ރޯދަމަހު ގިނަ ގޭގޭގެ ސުފުރާމަތިން ފެންނަ، ވަރަށް ގިނަ މީހުންނަށް މީރު ކެއުމެކެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިލީ ޗިކަން ސަބްމެރީން ތައްޔާރު ކުރާނެ ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.
12 Mar 2024
ޢުމްރާ ދަތުރަކާއިއެކު ހައްޖު ކޯޕަރޭޝަންގެ ރަމަޟާން ކުއިޒް
ޢުމްރާ ދަތުރެއް ހޯދުމުގެ ފުރުޞަތާއެކު ރަމަޟާން ޢުމްރާ ކުއިޒް 1445 ގެ ނަމުގައި ޙައްޖު ކޯޕަރޭޝަނުން ކުއިޒެއް ފަށައިފިއެވެ.
11 Mar 2024
ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި
1445 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
11 Mar 2024
ޖޭއެސްސީގެ ނައިބު ރައީސްގެ މަގަމާށް ފަނޑިޔާރު ނިޔާޒް
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްގެ މަގާމަށް، ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް އިންތިހާބު ކޮށްފި އެވެ.
11 Mar 2024
ކައުންސިލްތައް ހިމަނާފައި އޮންނަނީ ދަށް ފަންތީގައި: ރައީސް
ކައުންސިލް ތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ދަތި ވަނީ، ކައުންސިލްތައް ދަށް ފަންތީގެ ހިމަނާފައި އޮތުމުން ކަމަށާ، އެ މައްސަލަ ހައްލު ކުރެވެން އޮތީ މަޖިލީހުގެ ތެރެއިން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Mar 2024
ގާނޫނު އިސްލާހުކޮށްގެން ވިޔަސް މި ވެރިކަން ދަންމާލަންޖެހޭ
ގާނޫނު އަސާސީ އިސްލާހުކޮށްގެން ވިޔަސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުގެ މި ވެރިކަން އިތުރު ދައުރަކަށް ދަންމާލަންޖެހޭ ކަމަށް ޕީޕީއެމް/ޕީއެންސީގެ ހަރަކާތު ކޮމިޓީގެ ޗެއާރ މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
11 Mar 2024
ފަލަސްޠީނު މުސްލިމުންގެ މަތީން އަބަދުމެ ހަނދުމަކުރަމާ
މި ރަމަޟާން މަސް އެންމެހައި މުސްލިމުންނާއި ބައްދަލުކުރިއިރު ފަލަސްޠީނުގެ ބިމުގައި ހަނގުރާމައާ، ބިރުވެރިކަމާ، ހައިހޫނުކަމުގައި، ގެދޮރާއި އާއިލާގެއްލި ބިކަވުމުގެ ޙާލަތު ކުރިމަތިވެފައިވާ މުސްލިމް ތުއްތުކުދީންނާ، އުޚްތުންނާ، އަޚުންގެ މަތީން ހުރިހާ ދިވެހީން އަބަދުމެ ހަނދުމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
11 Mar 2024
ހުޅުމާލެ ފޭސް 2ގައި މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް
ރަމަޟާން މަހަށް ޚާއްސަކޮށް ހުޅުމާލެ ފޭސް 2ގެ ޑިންގީ ހާބަރު ސަރަހައްދުގައި މަސްމާރުކޭޓެއް އިއްޔެ ހުޅުވައިފިއެވެ.
11 Mar 2024
އިއްޔެ މާލެ މަގުމަތިން 59 ޓަނަށްވުރެ ގިނަ ކުނި ނަގައިފި
އިއްޔެ އެކަނި ވެސް މާލޭ މަގުމަތިން 5 އަށްވުރެ ގިނަ ޓަނުގެ ކުނި ނެގުނު ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.