ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
27 Feb 2024
'އަނިޔާތައް' ހަނދާން ނެތުނީ ޞާލިހު ކުރި ހެޔޮ ވެރިކަމުން
2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ކުރި ވެރިކަމުގެ އަނިޔާވެރި ދުވަސްތައް ހަނދާނުން ފިލައި ދިޔައީ 2018 ވަނަ އަހަރުން 2023 ވަނަ އަހަރާއި ހަމައަށް ވެރިކަން ކުރެއްވި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ހެޔޮ ވެރިކަމުގެ ސަބަބުން ކަމަށް، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާރޕާސަން އަދި ރައީސް ޞާލިހުގެ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
27 Feb 2024
ކުރީ ސަރުކާރު މިކިޔަނީ، ކަންކަން މެނޭޖްކުރަން ނޭނގިގެން
އަދުގެ ސަރުކާރުން ތަކުރާރުކޮށް "ކުރީ ސަރުކާރު" ކިޔަމުންދަނީ، ކަންކަން މެނޭޖް ކުރަން ނޭނގިގެން ކަމަށް ކުރީ ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރޭ ވިދާޅުވެއްޖެއެވެ.
27 Feb 2024
މަހުގެ ޑިއުޓީ ކުޑަކުރެވޭނެ އެބަސްވުމަކު މިސަރުކާރުން ސޮއި ނުކުރޭ
މަހުން ނަގާ ޑިއުޓީ ކުޑަކުރުމަށްޓަކައި، ރާއްޖެއަށް ފައިދާވާނެ އެއްބަސްވުމެއްގައި އަދުގެ ސަރުކާރުން ސޮއި ނުކުރާ ކަމަށް އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
27 Feb 2024
ޝާކިރުބެ ނިޔާވެއްޖެ
ޢުމުރުން 85 އަހަރުގައި، މާލެ، ގ. ސެފްރަން، އިބްރާހީމް ޝާކިރު ނިޔާވެއްޖެއެވެ.
27 Feb 2024
މިސްކިތްތަކުގެ ކަރަންޓްބިލު ޑޮމެސްޓިކް ރޭޓަށް
އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓްބިލު ޑޮމެސްޓިކް ރޭޓުގައި ދައްކާގޮތަށް ލުއިދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
26 Feb 2024
ފަލަސްތީނުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި
ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝްތައްޔާ އިސްތިއުފާ ދެއްވައިފިއެވެ.
26 Feb 2024
މަޖިލިސް އިންތިޚާބު ފަސްކުރާ އިސްލާހު އަނބުރާ މަޖިލީހަށް
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ރޯދައިގެ ފަހުން ބާއްވާ ގޮތަށް ގާނޫނަށް ގެނެވުނު އިސްލާހު ތަސްދީގު ނުކުރައްވައި އަލުން އަނބުރާ މަޖިލީހަށް، މިއަދު ފޮނުއްވައިފި އެވެ.
26 Feb 2024
މާލެ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތް
މާލެ ސިޓީ ކައުންސިލުން ރޯދަ މަހު ބާއްވަމުން އަންނަ ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
26 Feb 2024
ކުރީ ސަރުކާރާހެދި ކުވައިތު ފަންޑު އަނބުރާ ގެންދިޔަ: ރައީސް
ކުވެއިތު ފަންޑުން ހދ. ހަނިމާދޫ ހޮސްޕިޓަލް އެޅުމަށް ދިން އެހީ، އަނބުރާ ގެންދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކަން ކުރެއްވި ގޮތުން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
26 Feb 2024
ހަނިމާދޫ ރައްޔިތުން ބޭނުންވާ ކަންކަން ރައީސްއަށް ދަންނަވައިފި
ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި، ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް އެ ރަށުގައި ކުރިއަށް ގެންގޮސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފިއެވެ.
26 Feb 2024
ކުރީ ސަރުކާރުން 3-4 ގުނަ އިތުރަށް ޕްރޮޖެކްޓް ތަކަށް ހޭދަކުރި
ނިމިދިޔަ، އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢު ތަކަށް ހޭދަކުރަންޖެހޭ މިންވަރަށް ވުރެ ތިން ހަތަރު ގުނަ އިތުރަށް އެ ސަރުކާރުން ޚަރަދު ކޮށްފައިވާ ކަމަށާ، އެހެން ނަމަވެސް އެތަނުން ގިނަ ކަންކަން ނުނިމޭ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
26 Feb 2024
ކާރެއްގައި ވޭނަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް!
ހުޅުމާލޭ ފޭސް އެކެއްގައި ކާރަކާއި ވޭނެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
26 Feb 2024
ވަޒީރުންނަށް ރުހުން ނުދިނީ ބޭރުގެ ބަޔަކު މަޖުބޫރު ކޮށްގެން
ރައްޔިތުންގެ މަޖިލީހުން މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދިނީ ބޭރުގެ ބަޔަކު މަޖުބޫރުކޮށްގެން، އެނޫން އެހެން ގޮތެއް ނެތީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
26 Feb 2024
އަނަސްގެ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން މިނިވަންވެއްޖެ!
އަނިޔާވެރި ގޮތަކަށް މީގެ 6 އަހަރު ކުރިން މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް ގެ މަރުގެ މައްސަލައިގެ ހިމެނޭ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
25 Feb 2024
ރައީސް ވިދާޅުވިގޮތަށް ސާފިންބޯޑަށް މޯލްޑިވިއަންއިން ނަގާ އަގު ކުޑަކޮށްފި
ސާފިން ބޯޑު އުފުލުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ނަގާ އަގު ބޮޑުވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރި ޒުވާނާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، އެ އަގަށް ހެޔޮ ބަދަލެއް ގެނެސްފި އެވެ.
25 Feb 2024
2 މިލިއަން ޑޮލަރު ހުރި އެސްޑީއެފްއަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފް ގައި ހުރީ 2 މިލިއަން އެމެރިކާ ޑޮލަރާއި، 2.4 މިލިއަން ރުފިޔާ ކަމަށާ، އެހެންނަމަވެސް މި ސަރުކާރުން 3 މަސްތެރޭ، 30 މިލިއަން އެމެރިކާ ޑޮލަރު އެ ފަންޑަށް ޖަމާކޮށްފައިވާ ކަމަށް އިކޮނޮމިކް މިނސްޓަރ ސަޢީދު ވިދާޅުވެއްޖެއެވެ.
25 Feb 2024
ބާއްވަމުންދާ ގާތްކަމަށް ވަށަފަރު ކައުންސިލުގެ ޝުކުރު ސަރުކާރަށް!
މި ސަރުކާރުން ރައްޔިތުންނާ ބާއްވަމުންދާ ގާތްކަން ފާހަގަކޮށް ހއ. ވަށަފަރު ކައުންސިލުން އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރަށް ޝުކުރު އަދާކޮށްފިއެވެ.
25 Feb 2024
އައިއޭސީގެ "ލޯތްބާއެކު" މެދުވެރިކޮށް މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ ޖަމާޢަތެއްކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ "ލޯތްބާއިއެކު 2024" ކެމްޕެއިން މެދުވެރިކޮށް މިއަހަރުގެ ރަމަޟާންމަހުގައިވެސް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
25 Feb 2024
މަޝްރޫއު ނިންމުމާ ގާތަށް ވެސް ބަޖެޓްގައި ފައިސާއެއް ނެތް
މި އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ފާސްކޮށްފައި އޮތް ބަޖެޓުގައި ހިނގަ ހިނގާ ހުންނަ މަޝްރޫއުތަކަށް އެކަށީގެންވާ މިންވަރަށް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
25 Feb 2024
ދިއްދޫގައި އެއާޕޯޓެއް އަޅައި، ބިންހިއްކާނަން: ރައީސް
ހއ. ދިއްދޫގައި އާ ހޮސްޕިޓަލެއް އަޅައި އެރަށު ބިން ހިއްކައިގެން އެއާޕޯޓު އެޅުމުގެ މަސައްކަތް ވެސް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް މިއަދު ދެއްވައިފިއެވެ.
25 Feb 2024
މާލޭ މަގުމަތީން ޚަބަރު ހުސްވެެފައި އޮތް މީހެއް ފެނިއްޖެ!
މާލޭ މަގުމަތީން ޚަބަރު ހުސްވެފައިއޮތް ދިވެހި ޒުވާނެއް ފެނިއްޖެއެވެ.
25 Feb 2024
ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނަން: ދިއްދޫ ކައުންސިލުން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން ދީފިއެވެ.
25 Feb 2024
8000 އަށް ވުރެގިނަ މިހުންނަށް ގޯތި ރަޖިސްޓަރީ ދީފި!
ބިންވެރިޔާ ސްކީމްގެ ދަށުން އެގްރީމަންޓްގައި ސޮއިކޮށް 8000 އަށްވުރެ ގިނަ މިހުންނަށް ގޯތީގެ ރަޖިސްޓަރީ ހަވާލު ކޮށްފިއެވެ.
23 Feb 2024
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އާއްމުކޮށްފި
މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދިނުމުގެ ބޭނުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހިއްކަންފެށި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އާއްމުކޮށްފިއެވެ.
23 Feb 2024
ރާއްޖެ މިއޮތް ހާލަތަށް ވައްޓާލީ ރައީސް މުޢިއްޒެއް ނޫން
ރާއްޖެ މިހާރު އޮތް ހާލަތަށް ވައްޓާލީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ނޫން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
23 Feb 2024
ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އިސްތިއުފާ ދެއްވައިފި
ފިނޭންސް މިނިސްޓްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، ސަރުވަޝް އާދަމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
23 Feb 2024
އަކުރު ޓައިޕް: ރީތި ދިވެހި ފޮންޓްތައް އެއް ޕްލެޓްފޯމަކުން
ދިވެހި ފޮންޓްސް އަށް ޚާއްސަ ޕްރިމިއާ އޮންލައިން މާކެޓްޕްލޭސްގެ ގޮތުގައި 'އަކުރު ޓައިޕް' ލޯންޗުކޮށް, އާންމުކޮށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ.
23 Feb 2024
ރަމަޟާން މަހާއި ހަ ރޯދައިގައި ބީއެމްއެލްގެ ހިދުމަތްދޭ ގަޑިތައް
އަންނަ ރަމަޟާންމަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނެ ވަގުތު އާއްމު ކޮށްފިއެވެ.
23 Feb 2024
އިންސީން ހެއްދެވީ ހަމައެކަނި الله އެއްކައުވަންތަކުރަން
މާތް الله އިންސީންނާއި ޖިންނީން ހައްދަވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށް ކަމަށް މިއަދުގެ ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
23 Feb 2024
މޭމަހުގެ ކުރިން 76 ރަށެއްގައި ލެބޯރެޓަރީގެ ޚިދުމަތް ފެށޭނެ
މިއަހަރުގެ މެއި މަހުގެ ކުރިން ލެބޯރެޓަރީގެ ޚިދުމަތް ޤާއިމުވެފައި ނެތް ރާއްޖޭގެ 76 ރަށުގައި އެޚިދުމަތް ޤާއިމުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.