ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
23 May 2025
ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒް އާންމުންނަށް ހުޅުވާލުމަށް މިރޭ ހުޅުމާލޭގައި ހަވާއަރުވަން ނިންމައިފިއެވެ. ހަވާއެރުވުން އޮންނާނީ މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
23 May 2025
ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި
އެމް.ޑަބްލިޔު.އެސް.ސީއިން ބ.ކެންދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ.
23 May 2025
މޯލްޑިވްސް އެކްސްޕޯގެ ސަރުކާރު ކުންފުނިތަކުގެ ބައިން 1 ވަނަ ސްޓެލްކޯއަށް
މޯލްޑިވްސް އެކްސްޕޯ 2025 ގައި ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސް.އޯ.އީ) ކެޓަގަރީން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އެއްވަނަ ލިބިއްޖެއެވެ.
23 May 2025
ރެސިޕީ: ލެމަން ޗިކަން
ކުކުޅަކީވެސް އެކި އެކި ގޮތް ގޮތަށް ތައްޔާރު ކޮށްލައިގެން ކެއުމުގައި ބޭނުން ކުރެވޭ ޕްރޮޓީން ގިނަ ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް ލެމަން ޗިކަން ތައްޔާރު ކުރާނެ ގޮތެވެ. މި ރެސިޕީން ގާތްގަނޑަކަށް ހަތަރު މީހުންނަށް ހިތްހަމަޖެހިގެން ކާލެވޭނެއެވެ.
22 May 2025
ރައުދު ބަންދުން ދޫކޮށްލައިފި
ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލް ދޫކޮށްލައިފި އެވެ.
22 May 2025
ހަ ދުވަސް ތެރޭ ސްކޭމްކޮށްގެން ބައިމިލިއަނެއްހައި ރުފިޔާ ފޭރިގަތް
ފާއިތުވި ހަފްތާގެ ތެރޭގައި ސްކޭމްގެ 45 މައްސަލަ ރިޕޯޓްކޮށްފައިވާކަމަށާ، އެ ހަފްތާގެ 6 ދުވަސް ތެރޭގައި ސްކޭމް ކޮށްގެން ބައި މިލިއަނެއްހާ ރުފިޔާ ފޭރިގެންފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.
22 May 2025
މ އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްއިން އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކޮށް، އެ އަތޮޅުގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.
22 May 2025
އަތޮޅުތަކުގެ އޭޓީއެމްއެމްތަކުން 1 މިލިޔަނަށްވުރެ ގިނަ މުޢާމަލާތް ހިންގާފައިވޭ
އަތޮޅުތަކުގައި ބަހައްޓާފައިވާ އޭޓީއެމްއެމްތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް 1 މިލިޔަނަށްވުރެ ގިނަ މުޢާމަލާތް ހިންގާފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
22 May 2025
ގުދުރަތީ ރީތިކަން ރައްކާތެރިކުރެވޭނީ ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށްގެން
ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމަކީ، ރައްކާތެރިވެވޭނީ، ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
22 May 2025
އަލީ ހަމީދަށް ދިން އެޑްވާންސް އިން އާސަންދަ އަށް 40 މިލިއަންގެ ގެއްލުމެއް!
ހަ ބުރީގެ ހޮސްޕިޓަލެއްގެ އެޑްވާންސް ފައިސާގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުންޏަށް ދޫކުރެވުނު އެޑްވާންސް ފައިސާގެ ސަބަބުން އާސަންދަ ކުންފުންޏަށް 40 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާކަން ހާމަވެއްޖެއެވެ.
22 May 2025
ޣައްޒާއަށް ވެއްދުމަށް ހުއްދަދިނީ އެންމެ 90 އެހީގެ ޓްރަކަށް
ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަމާއި ބޮޑެތި ދަތިތަކާ ކުރިމަތިލަމުންދާއިރު، 80 ދުވަހަށްފަހު އިއްޔެ ރޭ އެ ސަރަޙައްދަށް އެހީގެ 90 ޓްރަކް ވެއްދުމަށް ހުއްދަ ދީފިއެވެ.
21 May 2025
މިދިޔަ މަހު، 4 ކުދިން ދަޢުލަތު ބެލުމުގެ ދަށަށް ނެގި
2025 ވަނަ އަހަރުގެ އެޕްރީލް މަހު ދައުލަތުގެ ބެލުމުގެ ދަށަށް 4 ކުދިން ނެގިފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މިއީ 2 އަންހެން ކުދިންނާއި 2 ފިރިހެން ކުދިންނެވެ.
21 May 2025
ޢާއިލާއާ ބެހޭ ވުޒާރާގެ ހެލްޕްލައިނަށް 2000 އަށްވުރެ ގިނަ މައްސަލަ!
މި އަހަރުގެ އޭޕްރީލް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހެލްޕްލައިނަށް ޖުމްލަ 2150 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
21 May 2025
މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު
ހުޅުމާލެ ފޭސް 2 ގެ އެޗް 11 ކައިރީގައި މިމަހު 19 ވަނަ ދުވަހުގެ ރޭ ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފިއެވެ.
21 May 2025
ޒުވާން ޚަތީބުންގެ ތިންވަނަބުރުގެ އިންޓަވިއު ފަށައިފި
'ޒުވާން ޚަޠީބުން' ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވި ފަރާތްތަކުގެ އިންޓަވިއު މާލޭގައި ފަށައިފިއެވެ.
21 May 2025
ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކަށް: ތިޔަ ވިޔަފާރި ދޫކޮށްލައްވާ
ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށް އެހެން ވިޔަފާރިއެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
21 May 2025
2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރާ ބިލް ތަސްދީގުކުރައްވައިފި
2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރާގޮތަށް މަޖިލީހުން ފާސްކުރި ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލް ތަސްދީޤު ކުރެެއްވީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
21 May 2025
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފަރާތުން 3 ފެސިލިޓީ އެއް ތައާރަފް ކޮށްފި
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ ފަރާތުން ބާޒާރަށް 3 ޕްރޮމޯޝަން އެއް ތަޢާރަފް ކޮށްފިއެވެ.
21 May 2025
އިނގިރޭސިވިލާތުން އިޒްރޭލާ އެކު ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލައިފި
އިނގިރޭސިވިލާތުން އިޒްރޭލަށް ފިޔަވަޅު އަޅައި އެމީހުންނާ އެކު ކުރިއަށް ގެންދިޔަ މިނިވަން ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލައިފިއެވެ.
21 May 2025
ޑިންގީއެއްގައި ލޯންޗަކުން ޖެހި 5 މީހަކަށް އަނިޔާ ވެއްޖެ
ޑިންގީއެއްގައި ލޯންޗަކުން ޖެހި 5 މީހަކަށް އަނިޔާވެއްޖެއެވެ.
21 May 2025
ލޯންޗަކުން ޖެހި، ފީނަން އޮތް މީހެއްގެ އަތް ބުރިވެއްޖެ!
ލޯންޗަކުން ޖެހި، ފީނަން އޮތް މީހެއްގެ އަތް ބުރިވެ ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
20 May 2025
މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުލީ އެއާޕޯޓު ހުޅުވުމަށް އެރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.
20 May 2025
އެލައިޑަށް 40 އަހަރު ފުރުން ކަސްޓަމަރުންނާއި އެކު ކުލަގަދަކޮށް ފާހަގަކޮށްފި
"އެލައިޑް 40 – މައިލްސްޓޯންސް އެންޑް މުމެންޓަމް"ގެ ނަމުގައި ޖެން ހޮޓެލްގައި ހާއްސަ އިވެންޓެއް ކުރިޔަށްގެންގޮސްފިއެވެ.
20 May 2025
ސިއްހީ ޚިދުމަތްތައް ހަރުދަނާކުރުމަށް ރާއްޖެއާ ތައިލޭންޑާ ދެމެދު އެއްބަސްވުމެއް
ރާއްޖޭގެ ސިއްހީ ޚިދުމަތްތައް ހަރުދަނާކުރުމަށް، ދިވެހި ސަރުކާރާއި، ތައިލެންޑް ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
20 May 2025
ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭ 300 އެއްހާ މަޝްރޫއުގައި ސޮއި ކުރެވޭނެ
ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި 300 އެއްހާ ތަރައްޤީގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އެއްބަސްވުންތަކުގައި ސޮއި ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
20 May 2025
މިއީ ފެށުމެއް، މުލީގެ ތަރައްޤީއަށް ކުރަން ހުރި ކަންކަން ފެށޭނެ
މުލީ އެއާޕޯޓް ހުޅުވިގެންދިޔުމަކީ އެ ރަށުގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތްތަކުގެ ފެށުން ކަމަށާ، ކުރިއަށް އޮތް ތަނުގައި އެ ރަށުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ދާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
20 May 2025
ބްލޫ ޕްލެނެޓް އެލަޔަންސްގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގެންފި
ބްލޫ ޕްލެނެޓް އެލަޔަންސް (ބީ.ޕީ.އޭ) ގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ، އެ އިއްތިހާދާއެކު ދިވެހި ސަރުކާރުން ހޯމަ ދުވަހު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.
20 May 2025
މުލީ އެއާޕޯޓު އެޅުމަށް ޖުމްލަ 540 މިލިއަން ޚަރަދުވި: މުއްޠަލިބު
މުލަކު އަތޮޅުގެ ފުރަތަމަ އެއާޕޯޓް، މުލީ އެއާޕޯޓް އެޅުމަށް 540 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ ކަމަށް އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުައްޠަލިބު ވިދާޅުވެއްޖެއެވެ.
20 May 2025
މ. މުލި އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި
މުލަކު އަތޮޅުގައި ތަރައްގީކުރި ފުރަތަމަ އެއާޕޯޓް، މ. މުލި އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި އެވެ.
20 May 2025
އިސްރާއިލަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ބުނެފި
އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް އިނގިރޭސިވިލާތާއި، ފްރާންސް އަދި ކެނެޑާއިން އިންޒާރުދީފިއެވެ.