ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
11 Jun 2025
މަސްތުވެގެން ތިއްބާ ހާފްވޭ ހައުސް އިން ދެ މީހަކު ހައްޔަރުކޮށްފި
މަސްތުން ސަލާމަތްވުމަށް ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މަސްތުގެ ހާލަތުގައި ތިއްބާ އެތަނުގެ ތެރެއިން ހައްޔަރުކޮށްފި އެވެ.
11 Jun 2025
ކުރާނެ އިތުރު މަސައްކަތެއް ނެތުމުން މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމާލައިފި
ޢީދުގެ ބޮޑު ޗުއްޓީއަށްފަހު މިއަދު ބޭއްވުނު މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ކުރަން ހުރި މަސައްކަތްތައް ގަޑިއިރެއްގެ ތެރޭގައި ނިންމާލައި ޖަލްސާ ކުރުކޮށްލައިފިއެވެ.
11 Jun 2025
ސްކޭމް ކޮށްގެން ހަފްތާއެއްގެ ތެރޭ، 3 ލައްކަ އެއްހާ ރުފިޔާ ފޭރިގެންފި
މިދިޔަ ހަފްތާގައި ސްކޭމް މައްސަލަތަކުގެ ސަބަބުން 270,270 ރުފިޔާއަށްވުރެ ގިނަ ފައިސާ ގެއްލިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
11 Jun 2025
ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް
ފުވައްމުލަކު ސިޓީގައި ހިނގި މާރާމާރީއެއްގައި 18 އަހަރުގެ ދިވެހި ފިރިހެނަކު ޒަޚަމްކޮށްލައިފިއެވެ.
10 Jun 2025
ހުރިހާ ރަށެއްގައި ޝެއިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަނީ
އިއްޔެ ކުއްލި ގޮތަކަށް ނިޔާވި އައްޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ މައްޗަށް, ރާއްޖޭގެ ހުރިހާ ރަށެއްގައި ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފިއެވެ.
10 Jun 2025
ފަލަސްތީނަށް އެހީ ހިފައިގެންދިޔަ ބޯޓުގައި ތިބި އެންމެން ޑީޕޯޓް ކުރަނީ
ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ހިފައިގެން ދިޔަ ބޯޓުގައި ތިބި އެންމެން ޑީޕޯޓް ކުރަން އިސްރާއިލުން ނިންމައިފިއެވެ.
10 Jun 2025
ޝެއިޚް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ކުރިއަށް ގެންދަން ޢާއިލާއިން ނިންމައިފި
އިއްޔެ މެލޭޝިޔާއަށް ވަޑައިގެންނެވިތާ މާ ގިނައިރެއް ނުވެ، ކުއްލި ގޮތަކަށް ނިޔާވި އައްޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާގެ ކަންކަން މޭލޭޝިޔާގައި ކުރިއަށް ގެންދަން ޢާއިލާއިން ނިންމައިފިއެވެ.
10 Jun 2025
ރައުދުއަށް ދައުވާ ކޮށްފި، އަދަބަކީ އެންމެ މަހެއް
2025 އެޕްރީލް 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލާގައި ގ. އެރިޔަދޫ، ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
09 Jun 2025
ރައީސްގެ ދެކަނބަލުންގެ ހައްޖު ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސަޢުދީއަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
09 Jun 2025
ޣައްޒާއަށް އެހީ ހިފައިގެންދިޔަ ބޯޓެއްގައި ތިބި އެންމެން ރަހީނުކޮށްފި
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރި ޗެރިޓީ ބޯޓެއް އިޒްރޭލުގެ ބާރުތަކުން ހުއްޓުވައި، އެ ބޯޓުގައި ތިބި 12 ފަޅުވެރިން ރަހީނުކޮށްފިއެވެ.
09 Jun 2025
ޣައްޒާގެ އެހީ ބަހާ ސަރަހައްދު ތަކަކީ ”އިންސާނުން ކަތިލާ ތަންތަން”
ޣައްޒާގައި އެހީ ބަހާ ސަރަހައްދު ތަކަކީ ”އިންސާނުން ކަތިލާ ތަންތަން“ ގެ ގޮތުގައި ސިފަކޮށްފިއެވެ.
07 Jun 2025
ޢީދު ޗުއްޓީ ނިމޭ ދުވަހު މޫސުން ވަރަށް ގޯސްވާނެ
އަންނަ ހޯމަ ދުވަހުން ފެށިގެން މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
07 Jun 2025
ހައިވޭގައި ދުއްވަމުންދިޔަ ދެ ސައިކަލުޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހައިވޭގައި ދުއްވަމުންދިޔަ ދެ ސައިކަލުޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
07 Jun 2025
ފުނަދޫ އެއާޕޯޓަށް ދަތުރުތައް މެދުކަނޑާލައިފި
ޓެކްނިކަލް މައްސަލައެއް ދިމާވެ، ށ. ފުނަދޫ އެއާޕޯޓަށް ކުރަން ހުރި ދަތުރުތައް މިއަދު މެދުކަނޑާލައިފިއެވެ.
07 Jun 2025
ރެސިޕީ: ޗިލީ ބޯވަ
ބޯވާއަކީ ތަދު އެއްޗެއް ނަމަވެސް، އެފަދަ ޚާއްސަ އެއްޗެއް ޢާއިލާ އެންމެން އެއްވާ ދުވަހަކު ތައްޔާރުކޮށްގެން ކާލުމަކީ އެއްވުން އިތުރަށް ފުރިހަމަވެގެންދާނެ ކަމެކެވެ. އެހެންކަމުން މިއަދު ”ވޮއިސް“ ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ޗިލީ ބޯވާ ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ.
07 Jun 2025
ޢީދު ދުވަހުވެސް ޣައްޒާއިން 40 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި
ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހު ވެސް އިޒްރޭލުގެ ޙަމަލާތައް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސްފައިވާއިރު ޢީދު ދުވަހު ފަތިހުން ފެށިގެން ދޭން ފެށި ހަމަލާ ތަކުގައި މަދުވެގެން 42 ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
07 Jun 2025
އީދުގެ ފޮޓޯ ހިއްސާކޮށްގެން ރިސޯޓެއްގައި އެއް ރޭ ހޭދަކޮށްލުމުގެ ފުރުސަތު
މިއަހަރުގެ އަޟްހާ އީދުގެ ފޮޓޯ ހިއްސާކޮށްގެން ރިސޯޓެއްގައި އެއް ރޭ ހޭދަކޮށްލުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފިއެވެ.
05 Jun 2025
ބާރަ ޤައުމެއްގެ ރައްޔިތުން އެމެރިކާއަށް ޒިޔާރަތްކުރުން މަނާކުރަން ނިންމައިފި
ބާރަ ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް ޒިޔާރަތްކުރުން މަނާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފިއެވެ.
05 Jun 2025
ޢަރަފާތު ދުވަހު ނަބީބޭކަލުން ކުރެއްވެވި އެންމެ ހެޔޮ ދުޢާ
ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮ ކަމާއި ބަރަކާތުން ފުރިގެންވާ ދުވަސް ތަކެކެވެ. އެދުވަސް ތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހެވެ. އެ ދުވަހު ޢަރަފާތުގެ ބިމަށް ޖަމާވެފައިވާ ޙައްޖުވެރިންގެ ގިނަގުނަ ފާފަތައް މާތް الله ފުއްސަވައިދެއްވައެވެ. އެއީ ފާފަފުއްސެވުމާއި، ޢަފޫކުރެއްވުމުގެ ދުވަހެވެ. ނަރަކައިން ދިންނަވައި، މުއްތިކުރެއްވުމުގެ ދުވަހެވެ.
05 Jun 2025
ތިމާވެއްޓަށް ދިވެހީން ދޭ އިސްކަމަކީ، ޤައުމީ ޒިންމާއެއް
ތިމާވެށި ޙިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ، މިއަދުގެ ފާގަތިކަމާއި، މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށްޓަކައި އަދާކުރާ ޤައުމީ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Jun 2025
ދިވެހި ހުރިހާ ހައްޖާޖީން ޢަރަފާތު ބިމުގައި
މިއަހަރު ހައްޖަށް ދިޔަ ދިވެހި ހުރިހާ ޙައްޖާޖީންނަށް ޢަރަފާތު ބިމަށް ދެވިފައިވާ ކަމަށާ، ޙައްޖާޖީންގެ ޙާލު ރަނގަޅަށް ކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފިއެވެ.
04 Jun 2025
މަސް ހިފަން މޫދަށް ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ލ. މަހަކަންފުށި ކައިރިއަށް ދާ ޖަހަގެން މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
04 Jun 2025
ހޫނު ގަދަ ވަގުތު ތަކުގައި ހައްޖާޖީން ގޭގައި މަޑުކުރުމަށް އިލްތިމާސްކޮށްފި
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސްތިބި ހައްޖާޖީން ހޫނުގަދަ ވަގުތުތަކުގައި ކޭމްޕްތަކުގައި މަޑުކުރުމަށް ހައްޖު އަދި އުމްރާގެ މިނިސްޓަރު ތައުފީޤް އަލް-ރަބީއާ އިލްތިމާސްކުރައްވައިފިއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ 49 ވަނަ ބޮޑު ހައްޖު ސިމްޕޯޒިއަމްގެ ހަވާސާގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.
04 Jun 2025
ބިދޭސީއަށް ހަމަލާދިން މައްސަލާގައި 16 އަހަރުގެ ކުއްޖެއް ހައްޔަރު ކޮށްފި
ރޭ ހިޔާ އަވަށުގައި ބިދޭސީއެއްގެ ގަޔަށް ވަޅި ޖެހި މައްސަލައާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.
03 Jun 2025
އަމާޒަކީ ހުރިހާ ސިޓީތަކުގައި ބައިސްކަލު ދުއްވުން ތަޢާރަފް ކުރުން
ރާއްޖޭގެ ހުރިހާ ހިސާބަކަށް ތިމާވެއްޓާ ރަހުމަތްތެރި ބައިސްކަލު ތައާރަފްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
03 Jun 2025
ފުލެޓް މައްސަލާގައި 4 މީހަކަށް ދައުވާ ކޮށްދޭން އެދިއްޖެ
ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަމުގެ ތުހުމަތުގައި، ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާއި ހައުސިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި ހުރި މުޙައްމަދު ޢާރިފް ހިމެނޭހެން 4 މީހަކަށް ދައުވާ ކޮށްދޭން އެދިއްޖެއެވެ.
03 Jun 2025
ޙައްޖު މޫސުން އާދަޔާ ޚިލާފަށް ހޫނުވެދާނެކަމުގެ އިންޒާރު ސައުދީން ދީފި
މިއަހަރުގެ ޙައްޖު މޫސުމުގައި އާދަޔާ ޚިލާފަށް ހޫނުގަދަވެދާނެ ކަމަށް އިންޒާރު ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ އޮފް މެޓިއޮރޮލޮޖީ (އެންސީއެމް) އިން ދީފިއެވެ. އެ މަރުކަޒުން ބުނާ ގޮތުގައި މިއަހަރުގެ ޙައްޖު މޫސުމުގައި ހޫނުމިން 47 ޑިގްރީ ސެލްސިއަސްއަށް އަރައިފާނެއެވެ.
03 Jun 2025
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަމްރީން ޕްރޮގްރާމެއް، ބައިވެރިވުމުގެ ފުރުސަތު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް 3 މަސްދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
03 Jun 2025
މިނިވަން 60 ގެ ލޯގޯ ފަރުމާ ކޮށްގެން 30،000 ރުފިޔާ ހޯދުމުގެ ފުރުސަތު
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފާހަގަކުރުމަށް މި އަހަރު އާންމުކޮށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. އެ ގޮތުން އެންމެ މޮޅު ލޯގޯ ފަރުމާކުރާ ފަރާތަކަށް -/30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
03 Jun 2025
ޖާހުއަށް ނުނިންމުނު ފުލެޓްތައް ނިންމަން އާރްސީސީއާ ހަވާލުކޮށްފި
ޖާހު ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރަން ފަށާ ނުނިމި ހުރި "ދަ ގާޑަންސް" ޕްރޮޖެކްޓްގެ ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްފި އެވެ.