16 Apr 2023
ކޮވިޑާ ގުޅިގެން މާލީ އެހީއަށް އެދުމުގެ ތިންވަނަ ބުރަށް ފުރުސަތު ހުޅުވާލައިފި
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑްބޭންކްއާ ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑް- 19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީގެ ޕްރޮގްރާމުގެ ފުރަތަމަ އަދި ދެވަނަ ބުރު ނިމި، ތިންވަނަ ބުރަކަށް ފޯމު ހުށަހެޅުން ހުޅުވާލައިފިއެވެ.