މަރިޔަމް މަހާޝިން
ނޫސްވެރިކަންފަށާފައިވަނީ ވޮއިސް ނޫހުންނެވެ.
މަރިޔަމް މަހާޝިން
11 Apr 2023
ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކާށި ބަހަން ފަށައިފި
ޗަމްޕާ ބްރަދަރސްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ ކާށި މިއަދު މާލެ ސިޓީ ކައުންސިލުން ބަހަން ފަށައިފިއެވެ.
11 Apr 2023
ރައީސްގެ ނަމުގައި ހިންގާ ފޭކް އެކައުންޓަކަށް ސަމާލުވުމަށް އެދިއްޖެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެއެވެ.
10 Apr 2023
ފިތުރު ޢީދު ބަންދުން އެއްދުވަސް މަދު ކޮށްފި
މިއަހަރުގެ ފިތުރު ޢީދާއި ގުޅިގެން ސްކޫލް ދަރިވަރުންނަށް ލިބޭ ޗުއްޓީއިން އެއްދުވަސް މަދު ކުރަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމާފިއެވެ.
10 Apr 2023
ގުޅީ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ސޮއިކޮށްފި
ކ. ގުޅީ ކައުންސިލްގެ ރައީސް މޫސާ ސަފީލް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި މިއަދު ގުޅިވަޑައިގެންފިއެވެ.
09 Apr 2023
"ބައެއް ވަޒީރުން އިސްތިއުފާ ނުދޭނަމަ އިތުބާރުނެތްކަމުގެ ވޯޓް ނެގުން މުހިއްމު"
މިވަގުތު ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ ނޯ ކޮންފިޑެންސް ވޯޓް ނަގާނެ ކމަުގެ އިޝާރާތެއް ރައްޔިތުން މަޖްލީހުގެ މެމްބަރު މުހައްމަދު ރާއީ ކުރައްވާފިއެވެ.
09 Apr 2023
ސަރުކާރުން ކައުންސިލްގެ އަޑު އެހުމަށް ޑރ. މުއިއްޒު އެދިއްޖެ
އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާ ގޮތާއިމެދު ސަރުކާރުން ސިޓީ ކައުންސިލްގެ އަޑު އެންމެ ފަހަރަކުނަމަވެސް އެހުމަށް މާލެ ސިޓީ ކައުންސިލް މޭޔަރ މުހައްމަދު މުއިއްޒު އެދި ވަޑައިގެންފިއެވެ.
09 Apr 2023
އިސްރާއީލްގެ އަމަލުތަކާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
މާތްވެގެންވާ ރަމަޟާން މަހު އަލް-އަޤްސާ މިސްކިތުގައި އަޅުކަންކުރަމުންދާ ފަރާތްތަކަށް އިސްރާއީލުން މެދުކެނޑުމެއްނެތި ކުރަމުންދާ އަނިޔާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވި އޯ.އައި.ސީ. ގެ ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
09 Apr 2023
އަރބަންކޯގެ ރޯދަވީއްލުން މިފަހަރު އޯޓިޒަމް ސެންޓަރގެ ކުދިންނަށް
އަރބަންކޯގެ ފަރާތުން އޯޓުޒަމް ސެންޓަރުގެ ކުދިންނަށާއި ބެލެނިވެރިންގެ އިތުރުން މުވައްޒަފުންނަށް ކޮމިޔުނިޓީ ރޯދަވީއްލުމެއް މިއަދު ސެންޓްރަލް ޕާކުގައި ބާއްވާފިއެވެ.
08 Apr 2023
މޫލީ މާކެޓުން ތާޒާ މޭވާ އާއި ތަރުކާރީ ގެއާއި ހަމައަށް؛ ޑެލިވަރީ ހިލޭ!
އުރީދޫ އީ-ކޮމާސް ޕްލެޓްފޯމް މޫލީ އިން މާލެ ސިޓީ ކައުންސިލާ ގުޅިގެން މޫލީ މާކެޓް ތައާރަފްކޮށްފިއެވެ.
08 Apr 2023
ގާސިމްގެ މަރު: އަދުހަމްގެ އަދަބު ކަނޑައެޅުން މާދަމާ
މީގެ ތިން އަހަރު ކުރިން ވަޅި އަކުން ހަމަލާދީ ހުޅުމާލޭގައި މަރާލި ޓެކްސީ ޑްރައިވަރ ގާސިމް ހަސަންގެ ގާތިލް, ޅ. ހިންނަވަރު, ބޮޑުހިޔާގެ, އަދުހަމް މުހައްމަދުގެ މައްޗަށް ކުށުގެ އަދަބު ކަނޑައެޅުމުގެ އަޑުއެހުން ކްރިމިނަލް ކޯޓް އިން ތާވަލު ކޮށްފިއެވެ.
06 Apr 2023
ފަހު ދިހާގައި 32 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ
މިއަހަރުގެ ރޯދަމަހު 32 މިސްކިތެއްގައި ދަމުނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
06 Apr 2023
ވިސާ ނުލިބުމުން ސަފާ ގްރޫޕުގެ އުމްރާ ދަތުރު ކެންސަލް
ވިސާ ހަމަނުޖެހުމުގެ ސަބަބުން ސަފާ ހައްޖު އެންޑް އުމްރާ ގުރޫޕުން މިއަދު ހެނދުނު ދިޔުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރު ކެންސަލް ކޮށްފިއެވެ.
06 Apr 2023
އިޒްރޭލުގެ ސިފައިން މަސްޖިދުލް އަޤުޞާ އަށް ވަދެގަތުން ރާއްޖެއިން ކުށްވެރި ކޮށްފި
އިޒްރޭލުގެ ސިފައިން ގަދަބާރުން މަސްޖިދުލް އަޤުޞާ އަށް ވަދެ އެމިސްކިތުގައި އަޅުކަން ކުރަން ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާކޮށް މިސްކިތަށް ގެއްލުންދިނުން ދިވެހިރާއްޖޭގެ ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
04 Apr 2023
އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާ މުއްދަތު އިތުރުކުރަން ފާސްކޮށްފި
ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްޓަކައި ޤާނޫނުގައި މިހާރު ކަނޑައަޅާފައިވާ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށް ހުށަހެޅުނު އިސްލާހު ފާސްކޮށްފިއެވެ.
04 Apr 2023
"ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓު ހަދާނެ ރަށެއް އަދި ނުނިންމޭ"
ރ. އަތޮޅު ދެކުނު ބިމުގައި އިތުރު އެއާޕޯޓެއް އެޅުމުގެ ވާހަކަ ސަރުކާރުން ދެކެވެމުން އައި ނަމަވެސް އެއާޕޯޓް ތަރައްގީ ކުރާނެ ރަށެއް އަދި ކަނޑައެޅިފައިނުވާ ކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
04 Apr 2023
ބީއެމްއެލް މުވައްޒަފުންގެ ދީލަތި އެހީއެއް 'ފިޔަވަތި' އަށް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންގެ ފަރާތުން އުނގެނުމަށާއި ހުނަރު ދަސްކުރުމަށް ބޭނުންކުރާ ކުޅޭ ތަކެއްޗާއި ފޮތް ކުޑަކުދިންގެ މަރުކަޒު 'ފިޔަވަތި' އަށް ހަދިޔާކޮށްފިއެވެ.
04 Apr 2023
ރޯދަމަހަށް ދަރިވަރުންނަށް ހާއްސަ ސްކޫލް ބަސްތަކެއް
ރަމަޟާން މަހަށް ސްކޫލް ދަރިވަރުންނަށް ހާއްސަ ބަސްތަކެއް އެމްޓީސީސީއިން ހަމަޖައްސާފިއެވެ.
04 Apr 2023
ސައިކަލެއް އެކްސިޑެންޓްވުމަށްފަހު ވެސް ފިލަން އުޅެފި
ފުލުހުންގެ އެންގުމަށް މަޑުނުކޮށް ބާރު ސްޕީޑެއްގައި ދުއްވި ސައިކަލެއް އެހެން ދެ ސައިކަލާއި އެކްސިޑެންޓްވުމަށްފަހު ވެސް ފިލަން އުޅުމުން ސައިކަލްގައި ތިބި ދެ މީހުން ހައްޔަރު ކޮށްފިއެވެ.
02 Apr 2023
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހއ. ހޯރަފުށި އަދި ދ. ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.
02 Apr 2023
ބަރާބަރަށް ކުލި ދައްކާ ފަރާތްތަކަށް އަރބަންކޯގެ އުމްރާ ދަތުރެއް
ހުޅުމާލެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގަވައިދުން ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ފަރާތަށް އުމްރާ ދަތުރެއް ލިބޭ ގޮތަށް އަރބަންކޯ އިން ހަމަ ޖައްސާފިއެވެ.
02 Apr 2023
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން މީހުން ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތިން ރަށެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.
02 Apr 2023
ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ ކުރާ ފޭކް މެސެޖްތަކަށް ސަމާލުވެލައްވާ!
ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ އެކި ކުންފުނިތަކުން ކުރާ ފޭކް މެސެޖްތަކަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.
01 Apr 2023
"މާލޭގައި ފެންބޮޑުވުމުގެ ސަބަބުން 3 ގެއަކަށް ގެއްލުން ލިބިފައިވޭ"
މިއަދު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން 3 ގެއަކަށް ގެއްލުން ލިބިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެ އޮތޯރިޓީއިން ބުނެފިއެވެ.
01 Apr 2023
"ޕަމްޕްތައް ބަރާބަރަށް މަސައްކަތްކުރި؛ މައްސަލައަކީ މާލެއަށް ނުކެތުން"
މިއަދު މާލެއަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުން ފެން ނުހިނދުނީ މިކަން ކުރުމަށް ބަހައްޓާފައިވާ ޕަމްޕްތައް މަސައްކަތް ނުކުރާތީ ނޫން ކަމަށާއި ފެންބޮޑުވުން ހައްލު ކުރެވޭނީ މިހާރު ހުރި ޕަމްޕްތައް ބޮޑުކޮށްގެން ކަމަށް އެ ނިޒާމު ބަލަހައްޓާ ކުންފުނި، އެމްޑަބްލިއެސްއެސްސީއިން މިއަދު ބުނެފިއެވެ.
01 Apr 2023
ފެން ހިންދުމަށް ސިފައިން ނިކުމެއްޖެ
ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
30 Mar 2023
ވިލިނގިލި ޓަރމިނަލްގައި ނުގަވައިދުން އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގައިފި
ވިލިނގިލި ޓަރމިނަލްގައި ގަވައިދާއި ޚިލާފަށް އަޅާފައިވާ އުޅަނދުތައް ނެގުމަށް އެމްޓީސީސީއިން އަންގައިފިއެވެ.
30 Mar 2023
ދިއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިއްޖެ
ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތުގެ 70 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
30 Mar 2023
ޖޭޕީ ޓިކެޓްގައި ރިޔާސީ ރޭސްއަށް ނިކުންނަވަން ޤާސިމް އިބްރާހިމް ނިންމަވައިފި
މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓުގައި ވާދަކުރުމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ނިންމަވާފިއެވެ.
30 Mar 2023
ރާހުލް ގާންދީ ޖަލަށްލުމަށް ހުކުމް ކުރި ފަނޑިޔާރު ޕްރޮމޯޓް ކޮށްފި
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ނިންމައި އެ ގައުމުގެ އިދިކޮޅު ލީޑަު ރާހުލް ގާންދީ 2 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ފަނޑިޔާރަށް ޕްރޮމޯޝަން ދީފިއެވެ.
30 Mar 2023
ގާސިމްގެ މަރު: ވާރިސުން ސާބިތު ކޮށްފި
މީގެ ތިން އަހަރު ކުރިން ވަޅި އަކުން ހަމަލާދީ ހުޅުމާލޭގައި މަރާލި ޓެކްސީ ޑްރައިވަރ އދ. މާމިގިލި، ގާސިމް ހަސަންގެ ވާރިސުން ސާބިތު ކޮށްފިއެވެ.