މަރިޔަމް މަހާޝިން
ނޫސްވެރިކަންފަށާފައިވަނީ ވޮއިސް ނޫހުންނެވެ.
މަރިޔަމް މަހާޝިން
12 Feb 2023
ބިދޭސީއަކު ހާޒިރުކުރުމަށް ފުލުހުން އިއުލާން ނެރެފި
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހާޒިރުވުމަށް އަންގައި އިއުލާން ނެރެފިއެވެ.
09 Feb 2023
ޝާޔާއަށް އިސްލާމިކް މިނިސްޓަރ ހިތްވަރުދެއްވައިފި
މިސްރުގައި ބޭއްވި 29 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ފަޚްރުވެރި 2 ވަނަ ފާތިމަތު ޝާޔާ ޒާހިރު ހޯދުމާއި ގުޅިގެން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވައިފިއެވެ.
09 Feb 2023
ތަމްރީނަށް ގިނަ އަދަދެއްގެ ފަނޑިޔާރުން އަނެއްކާވެސް އިންޑިއާއަށް
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރާއްޖޭގެ ކޯޓްތަކުގެ ގިނަ އަދައެއްގެ ފަނޑީޔާރުން ތަމްރީނަށް އިންޑީއާއަށް ފޮނުވައިފިއެވެ.
09 Feb 2023
ސްޓެލްކޯއިން ސާވިކަލް ކެންސަރ ސެޝަންއެއް ކުރިއަށް ގެންގޮސްފި
ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) އިން ވަނީ އެކުންފުނީގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ސާވިކަލް ކެންސަރަށް އަހުލުވެރި ކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.
09 Feb 2023
އުކާލެވޭ ކުނި ބޭނުންކޮށްގެން ރައްކާތެރި ގަސްކާނާ ތައްޔާރުކުރުމަށް މާލެ ސިޓީކައުންސިލުން ނިންމައިފި
އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ، ރައްކާތެރި ގަސްކާނާ ތައްޔާރުކުރުމުގެ ފުރުޞަތު މާލޭ ސިޓީ ކައުންސިލަށް ލިބިފައިވުމުން ރައްކާތެރި ލުއި ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށް ދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
08 Feb 2023
789.97 މިލިއަން ޑޮލަރު ދައުލަތުގެ ރަސްމީ ރިޒާވްގައި
ރާއްޖެގެ މަރުކަޒީ ބޭންކް- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ޖެނުއަރީ މަސް ނިމުންއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 789.97 މިލިއަން ޑޮލަރު ކަމަށް ހާމަވެއްޖެއެވެ.
08 Feb 2023
ޕްރޮގްރެސިވް ކޯލިޝަނުން ތުރުކިޔޭއަށް ތައުޒިޔާ ކިޔައިފި
ޕްރޮގްރެސިވް ކޯލިޝަނުން ތުރްކިޔޭއަށް އައިސްފައިވާ ބިންހެލުންތަކުގެ ސަބަބުން އަސްރު ކޮށްފައިވާ މީހުންނަށް ތައުޒިޔާ ކިޔައިފިއެވެ.
04 Feb 2023
"ބީވީމާ" ގެ ޝޯވތަކަށްފަހު ޝޯވއެއް ހައުސްފުލްވަނީ
އޮލިމްޕަސް މަރާމާތު ކުރަށްފަހު އަލުން ހުޅުވުމާއިއެކު އަޅުވާ އެންމެ ފުރަތަމަ ފިލްމު ކަމަުގައިވާ "ބީވީމާ" ގެ ޕްރިމިއާ ދެއްކުމަށް ހަމަ ޖެހިފައިވަނީ 6 ފެބްރުއަރީވާ ހޯމަ ދުވަހުއެވެ.
02 Feb 2023
"ސަރުކާރުގެ ސިޔާސަތު ތަންފީޒު ނުކުރާނަމަ ފިޔަވަޅު އަޅާނެ"
ސަރުކާރުގެ މަގާމްތަކުގައި ތިބޭޭ ބޭފުޅުން ސަރުކާރުގެ ސިޔާސަތު ތަންފީޒު ނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
02 Feb 2023
"ކެންޑިޑޭޓާއި ދެކޮޅު ފެކްޝަންތައް އުފައްދާކަށް ޕާޓީގެ އަސާސީ ގަވައިދު ތަނެއް ނުދޭ"
ރިޔާސީ ޓިކެޓް ނުލިބުމުން އިދިކޮޅުވުމަށް ޕާޓީގެ އެތެރޭގައި ފެކްޝަނެއް އުފެއްދުމަކީ ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފު ކަމެއް މަކަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
02 Feb 2023
"ހޯޕް ކޮންފަރެންސްއަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ފެށުން"
އިދިކޮޅު ކޯލިޝަންއިން މާދަމައިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަ ޖެހިފައިވާ "ހޯޕް" ކޮންފަރެންސްއަކީ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ފެށުން ކަމަށް ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދް ވިދާޅުވެއްޖެއެވެ.
01 Feb 2023
އައްޑޫސިޓީ ކައުންސިލުން ލައިސަންސްގެ ޚިދުމަތްތައް ވަގުތީ ގޮތުން ހުއްޓާލައިފި
04 ފެބުރުވަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫސިޓީކައުންސިލްގެ އިދާރާއިން ފޯރުކޮށް ދެމުންގެންދާ ލައިސަންސްގެ އެންމެހާ ޚިދުމަތްތައް ވަގުތީ ގޮތުން ވަނީ ހުއްޓަލާފައެވެ.
31 Jan 2023
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފިއެވެ.
31 Jan 2023
ނ.އަތޮޅުގެ ރަށްތައް ވިއްކުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެނުދިން
ނ. އަތޮޅުގެ ބައެއް ރަށްތައް ދިގު މުއްދަތަކަށް ޓޫރިޒަމަށް ދޫކުރަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވުމަށް ހުށަހަޅާފައިވާ މައްސަލައިގައި، އަތޮޅު ކައުންސިލުން އެދުނު ގޮތަށް ރައްތައް ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރު ނެރެނުދޭން ސިވިލް ކޯޓުން ނިންމައިފިއެވެ.
31 Jan 2023
ކޮންމެ 50000 އަހަރަކުން ފެންނަ ދުންތަރިއެއް ބަލާލުމުގެ ފުރުސަތު
- "Comet c/2022 E3" ގްރީން ކޮމެޓް ބަލާލަން ބެނުންވާ މީހުންނަށް، ޖައްވާއި ބެހޭ ކަންކަން ކުރި އަރުވަން މަސައްކަތް ކުރަމުންދާ ކުންފުންޔެއް ކަމުގައިވާ ސްޕޭސްކެޓް ގެ ފަރާތުން ހާއްސަ ސެޓަޕްއެއް މާލެއާއި ހުޅުމާޅޭގައި ބަހައްޓާނެ ކަމަށް ވަނީ ބުނެފައެވެ.
29 Jan 2023
މާލެއިން ކުއްޖަކު ގެއްލިގެން ހޯދަނީ
މާލެއިން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
29 Jan 2023
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަލީ ޞާލިހު ބަދަލު ވެއްޖެ
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ޞާލިހު ޓްރާންސްޕޯޓް އެންޑް އޭވިއާޝަންގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރައްވާފިއެވެ.
29 Jan 2023
"ޕްރައިމަރީއިން ފެނިގެން ދިޔައީ ނުފޫޒު ފޯރުވުމަށް ކުރާނެ މަސައްކަތުގެ ކުޑަ މިންވަރެއް"
އިއްޔެ ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީ އިންތިޙާބުން ފެނިގެން ދިޔައީ ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިޙާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ކުރާނެ މަސައްކަތުގް ކުޑަ މިންވަރެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމާ ވިދާޅުވެއްޖެއެވެ.
29 Jan 2023
ދިވެހި ގައުމު މިވަގުތަށް ސަލާމަތްވެއްޖެ: ޝަރީފް
ﷲގެ އިރާދަފުޅާއި މިންވަރު ފުޅުން ދިވެހި ގައުމު މި ވަގުުތައް ސަލާމަތް ވެއްޖެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅު ވެއްޖެއެވެ.
29 Jan 2023
ކުރީގައި ހުރެ ލީޑު ކުރެވޭނީ ފަހަތުގައި ހުރެގެންވެސް ލީޑު ކުރެވޭ މީހަކަށް: ޢިމްރާން
މީސްތަކުންގެ ކުރީގައި ހުރެ ލީޑް ކުރެވެނީ ލީޑާއެއްގެ ފަހަތުގައި ހުރެ ލީޑްކުރަން އެނގޭ މީހަކަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު ވިދާޅުވެއްޖެއެވެ.
28 Jan 2023
ރައީސް މައުމޫން އާއި ސްރީލަންކާގެ ރައީސް ބައްދަލުކުރައްވައިފި
ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް އަލްފާޟިލް މައުމޫން އަބްދުލް ގައްޔޫމް، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހައާ ބައްދަލު ކުރައްވާފިއެވެ.
26 Jan 2023
ދީނީ ޢިލްމުވެރިން ސިޔާސީ މަޝްރަހުގައި ތިބުން މުހިންމު: ޝަހީމް
ދީނީ އިލްމުވެރިން ސިޔާސީ މަޝަރަހުގައި ތިބުމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
25 Jan 2023
ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ތަފާތެއް ނެތް: ދުންޔާ
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ތަފާތެއް ނެތް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
25 Jan 2023
ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތަކުގެ ލިސްޓު ބަދަލު ވެއްޖެ
ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތަކުގެ ލިސްޓަށް ބަދަލު ގެނެސްފިއެވެ.
25 Jan 2023
ވާދަވެރިން ދޭފައިސާގައި ހިފުމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
ވޯޓް ހޯދުމަށް އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް ފައިސާ ހުށަހަޅައިފިނަމަ އެ ފައިސާގައި ހިފުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
24 Jan 2023
އެމީހުން މަސައްކަތް ކުރަނީ މީގެ ތެރެއަށް ވަދެ ގަޑުބަޑު ކުރުމަށް: ރައީސް ޞާލިހު
އެމްޑީޕީގެ ޕްރައިމަރީއަށް ވަދުމަށް އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރާކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
24 Jan 2023
ސްޓެލްކޯގެ އެހީއާއިއެކު ދަނގެތީގައި ފެން ލިބޭނެގޮތް ހަދައިފި
ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އދ. ދަނގެތީގެ ރައްޔިތުންނަށް ބޯފެން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން ވަގުތީ އިސްކުރުބަރިއެއް މެދުވެރިކޮށް، ދަނގެތީގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓުން އާންމު ބޭނުންތަކަށް ފެން ދޫކުރަން ވަނީ ފަށާފައެވެ.
23 Jan 2023
ޓެކްނީޝަނުން އަތުވެއްޖެ، ސާމާނު ނުލިބޭ: މިނިސްޓްރީ
ސަލަމާން މިސްކިތުގެ އޭސީ ޔުނިޓްތައް މަސައްކަތް ނުކުރުމާއި ގުޅިގެން މި ޔުނިޓްތައް މަރާމާތު ކުރުމށް ބޭރުން ގެނަމަށް ހަމަޖެހިފައިވާ ޓެކްނިވަލް ޓީމް މާލެ އައި ކަމުގައި ވީނަމަވެސް، މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ލިބޭނީ ކުރިއަށް އޮތް އާދިއްތަ ދުވަހު ކަމަށް މިނިސްޓްރީ އިން ބުނެފިއެވެ.
23 Jan 2023
މޯދީގެ ބީބީސީ ޑޮކިޔުމެންޓްރީ އިންޑިއާއިން ބްލޮކް ކޮށްފޮ
2002 ވަނަ އަހަރު ޤުޖަރަތްގައި ހިނގި މުޒާހަރާގައި އިންޑިއާގެ މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އަމަލުތަކާއި ދޭތެރެ ސުވާލު އުފެދޭ ފަދަ ގޮތަކަށް ބީބީސީއިން ނެރެން އުޅުން ޑޮކިއުމެންޓްރީ އިންޑިއާގެ ސަރުކާރުން ހުއްޓުވާފިއެވެ.
23 Jan 2023
"ގުރުއާން އެންދުމަށް ސްވިޑެންގެ ސަރުކާރުން ހުއްދަ ދިނުމަކީ ލަދުވެތިވާންޖެހޭ ކަމެއް"
ސްވިޑެންގެ ފާ-ރައިޓް، ސިޔާސީ ޕާޓީއެއްގެ ލީޑަރަކު ކަމަށްވާ ރަސްމުސް ޕަޑުލާން ޤުރްއާން އަށް އިހާނަތް ކޮށް ހިތުމަށް ހިންގި އަމަލަށް ސްވިޑްންގެ ސަރުކާރުން ހުއްދަ ދިނުމަކީ ލަދުވެތިވާން ޖެހޭ އަދި އެތައް މިލިއަން މުސްލިމުންނަށް ޤަބޫލްނުކުރެވޭނެ ފަދަ އަމަލެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު ވިދާޅު ވެއްޖެއެވެ.