މަރިޔަމް މަހާޝިން
ނޫސްވެރިކަންފަށާފައިވަނީ ވޮއިސް ނޫހުންނެވެ.
މަރިޔަމް މަހާޝިން
15 Jul 2023
"އިތުރު 5 އަހަރު އިންޑިއާގެ ގޮހޮރަށް ކާންދޭން ޤައުމު ދޫކޮށްނުލާ!"
ޤައުމީ ވާޖިބަށް އިސްކަންދީ ޤައުމު އިތުރު 5 އަހަރު އިންޑިއާގެ ގޮހޮރަށްކާން ދޫކޮށްނުލުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ދިވެހިރާއްޖޭގެ ފަނޑިޔާރުންނަށް ގޮވާލައިފިއެވެ.
15 Jul 2023
"ދައުރު ނިންމާލީ އެންމެ ނާއިބު ރައީސްއަކާއެކު، މިނިސްޓަރުން ބަދަލެއް ނުކުރައްވާ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދައުރު ނިންމާލީ އެންމެ ނާއިބު ރައީސްއަކާއެކު ކަމަށާއި މުހިއްމު މިނިސްޓްރީތަކުގެ މިނިސްޓަރުން ބަދަލެއް ނުކުރައްވާ ކަމަށް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.
15 Jul 2023
އަލީ ވަހީދަކީ ވަރަށް ވިސްނުންތެރި ބޭފުޅެއް، މިގައުމަށް މިިފަދަ މީހުން ބޭނުންވޭ: ޤާސިމް
މި ގައުމަށް ވިސްނުންތެރި މީހުން ބޭނުންވާ ކަމަށާއި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަކީ އެފަދަ ބޭފުޅެއް ކަމަށް ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
15 Jul 2023
"ޅަ އުމުރުގަ ދިމާވާނެ ތިކަހަލަ ކިތަންމެ ކަމެއް، މާޔޫސްވާކަށް ނުވާނެ"
ޅަ އުމުރުގަ ކަންކަން ދިމާވާނެ ކަމަށާއި އެފަދަ ކަންކަމާއި މެދު މާޔޫސްވެގެން ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހިމް، ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް ނަސޭހަތް ދެއްވަމުން ވިދާޅުވެއްޖެއެވެ.
13 Jul 2023
މާފުށީގެ ރައްޔިތުންނަށް ރައީސް ޞާލިހުގެ ވައުދުތަކެއް!
ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކ. މާފުށީގެ ރައްޔިތުންނަށްޓަކައި ވައުދުތަކެއް ވެއްޖެއެވެ.
13 Jul 2023
ސޭވް އެފްއޭއެމް އިން ގައުމީ ފުޓުބޯޅަ ކޮންފަރެންސެއް ބާއްވަން ނިންމައިފި
ސޭވް އެފްއޭއެމް ކެމްޕޭނުން ގައުމީ ފުޓްބޯޅަ ކޮންފަރެންސެއް ބާއްވަން ނިންމާފިއެވެ.
13 Jul 2023
ޝަމްއޫން ޖަލީލް ސަރުކާރުން އިސްތިއުފާ ދީފި
ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ މީސް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވި ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ސަރުކާރުގައި އޭނާ އަދާކުރި ސިޔާސީ މަގާމުން އިސްތިއުފާ ދީފިއެވެ.
13 Jul 2023
ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙުމަދު ސަސްޕެންޑްކޮށްފި
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙުމަދު 07 ދުވަހަށް ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފިއެވެ.
13 Jul 2023
ޖަޕާނުން ހަދިޔާކުރި އެމްބިއުލާންސްތައް ހަވާލުކޮށްފި
ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި 8 އެމްބިއުލާންސް، ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
12 Jul 2023
މާލޭގައި ހިންގޭ ގަރާޖުތައް ހުޅުމާލެ ބަދަލު ކުރުމަށް ގުރު ނަގައިފި
މާލޭގައި ހިންގޭ ގަރާޖުތައް ހުޅުމާލެ ބަދަލު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން 23 ޕްލޮޓަށް ހޮވިފައިވާ ފަރާތްތަކުގެ ގުރު އަރބަންކޯއިން ނަގައިފިއެވެ.
12 Jul 2023
"ފަރުދާގެ ބިއްދަށުގައި ހިނގަމުންދާ ޖަރީމާތައް ހާމަ ކުރުމަށް އެބަ ތައްޔާރުވަން"
ފަރުދާގެ ބިއްދަށުގައި ސަރުކާރުން ހިނގަމުންދާ ޖަރީމާތައް ހާމަ ކުރުމުގެ ސިލްސިލާއެއް ތައްޔާރުކުރަމުން ދާކަމަށް އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްގެ ބޭބެ އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
12 Jul 2023
މާލެ ސިޓީގެ މިއަހަރުގެ 2 ވަނަ ރައްޔިތުންގެ ބައްދަލުވުން މިމަހު
މާލެ ސިޓީ ރައްޔިތުންގެ މިއަހަރުގެ 2 ވަނަ ބައްދަލުވުން މިމަހުގެ 31 ވަނަ ދުވަހު ބާއްވަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
12 Jul 2023
"އާރުޑީސީއިން ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް ނާޅާ ހުންނަކަން ފާހަގަ ކުރެވޭ"
އާރުޑީސީއިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގައި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް ނާޅާ ހުންނަކަން ފާހަގަ ކުރެވޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ބުނެފިއެވެ.
11 Jul 2023
"ރައީސް ޞާލިހު ހޮވޭނީ ވަރަށް ގިނަ ހެޔޮލަފާ އަޅުންގެ ދުއާތަކާއިއެކު"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ހޮވޭނީ ވަރަށް ގިނަ ހެޔޮލަފާ އަޅުންގެ ދުއާތަކުގެ ބަރަކާތާއިއެކު ކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
11 Jul 2023
"މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ ހުރިހާ ބާރުވެރިކަމެއް ލިބުމުން ވަޢުދުވި ގޮތަށްތޯ؟"
މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ، އިންސާފުގެ މަޤު ހޯދުމަށް ކުރި ދަތުރުގަައި، ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވަޢުދުވި ގޮތަށްތޯ ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕޭ) ގެ ލީޑަރު ޤާސިމް އިބްރާހިމް ސުވާލުކުރައްވާފިއެވެ.
11 Jul 2023
ދޯންޏަކަށް ދިޔަވާތީ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި
މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
11 Jul 2023
ޕީޕީއެމުން ޤާސިމް އާއިއެކު ބައްދަލުވުމެއް ބާއްވައިފި
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ ޤާސިމް އިބްރާހިމް އާއިއެކު މުހިންމު ބައްދަލުވުމެއް ބައްވައިފިއެވެ.
11 Jul 2023
މަސްވެރިންނަށް ޕްރޮފެޝަނަލް ޑައިވިން ޕްރޮގްރާމްތަކެއް ތައާރަފްކޮށްފި
މާލެ އަތޮޅު ދިއްފުށީގައި ހުންނަ މޯލްޑައިވާސް ޑައިވިން ސެންޓަރުން ދިވެހި މަސްވެރިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕްރޮފެޝަނަލް ޑައިވިން ޕްރޮގްރާމްތަކެއް ފަށަން ނިންމައިފި އެވެ.
11 Jul 2023
އަނބި މީހާއަށް އަނިޔާ ކުރުމުން 23،700؛ ވެލާ ފެޅުމުން 198،000 ގެ ޖޫރިމަނާއެއް!
އަނބިމީހާއަށް ގެވެށި އަނިޔާ ކުރި މީހަކު ޖުމްލަ 23،700 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކަނޑައަޅާފައިވާއިރު ވެލާ ފެޅުމުގައި ބައިވެރިވި 7 މީހުންގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް 198،000 ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.
11 Jul 2023
ބަދުރުއްނަޞީރުގެ ފޮތް ރައީސް މައުމޫންގެ އަތްޕުޅަށް އަރުވައިފި
ބަދުރުއްނަޞީރު ލިޔުއްވާފައިވާ ފޮތެއް ކަމަށްވާ "ދިވެހިރާއްޖޭގެ ރޭޑިއޯގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަތްޕުޅަށް މިރޭ އަރުވައިފިއެވެ.
10 Jul 2023
"އީޕީއޭއަކީ މިނިވަން ތަނަކަށް ހެދުމަށް ރައީސް ކުރި ވައުދަށް ވީގޮތެއް ހުދު އެމަނިކުފާނަށްވެސް ނޭނގޭ"
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަކީ މިނިވަން ތަނަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ރިޔާސީ ވައުދެއް ނަމަވެސް އެ ވައުދަށް ވީގޮތެއް ހުދު އެމަނިކުފާނަށްވެސް ނޭނގޭ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
10 Jul 2023
ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭނު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަށައިފި
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ރިޔާސީ ކެމްޕޭނު ރަސްމީކޮށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިއަދު ފަށާފައިވާކަން ޕީޕީއެމުން ހާމަކޮށްފި އެވެ.
10 Jul 2023
އެފްއޭއެމް އިން މުސާރަ ނުދޭތީ ވަޒީފާއަށް ނިކުންނަން ދެކޮޅު ހަދައިފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ އެސޯސިއޭޝަންގެ މުވައްޒަފުންނަށް އެތައް މަސްތަކެއް ވަންދެން މުސާރަ ލިބިފައިނުވާތީ ވަޒީފާއަށް ނިކުންނަށް ދެކޮޅު ހަދައިފިއެވެ.
10 Jul 2023
ވިލިނގިލި ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ގަލުގެ ޝިޕްމަންޓް ގެންގޮސްފި
ގއ. ވިލިނގިލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ތިންވަނަ ފިޔަވަހި) ގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރުވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
10 Jul 2023
މީމު އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިއްޖެ
މީމު އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
10 Jul 2023
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
މިއަހަރުގެ ދެވަނަ ފިޔަވަހީގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
10 Jul 2023
ރަސްމީ ދަތުރެއްގައި މިނސްޓަރ ޝާހިދު އިންޑިއާއަށް!
ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރައިވަޑައިގަތުމަށް ހަމަ ޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ހާމަކުރައްވާފިއެވެ.
10 Jul 2023
"'ވަންގަވް' އާއެކު ފެށިގެން އެދަނީ ޑިޖިޓަލް ސަރުކާރެއްގެ ފެށުން"
"ވަންގަވް" އާއެކު ރާއްޖޭގައި ފެށިގެން އެދަނީ ޑިޖިޓަލް ސަރުކާރެއްގެ ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
10 Jul 2023
ދަ ޑިމޮކްރެޓްސްގެ ހަރުގެ ހުޅުވައިފި
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންތަކެއް އިސްވެ އުފެއްދެވި 'ދަ ޑިމޮކްރެޓސް' ޕާޓީގެ ހަރުގެ ރަސްމީކޮށް ހުޅުވައިފިއެވެ.
09 Jul 2023
"ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް ނުދެކޭ ވަރުގެ ތަރައްގީއާއި ކުރިއެރުން މިއަދު މިވަނީ ލިބިފަ"
ދިވެހިރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް ނުދެކޭ ވަރުގެ ތަރައްގީއާއި ކުރިއެރުން މިއަދު ލިބިފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.