މަރިޔަމް މަހާޝިން
ނޫސްވެރިކަންފަށާފައިވަނީ ވޮއިސް ނޫހުންނެވެ.
މަރިޔަމް މަހާޝިން
13 Jun 2023
ހައްޖުވެރިންނާއި އެކު އަރބަންކޯ
މި އަހަރު ރާއްޖެއިން ހައްޖަށް ދާ ފަރާތްތަކުގެ ދަތުރުގައި އެހީތެރިވުމަށް އަރބަންކޯއިން ދަތުރުވެރިން އެއާޕޯޓަށް އުފުލައިދޭން ފަށައިފިއެވެ.
13 Jun 2023
އެމްއޭސީއެލް އާއި ފުލުހުން ގުޅިގެން އެވެއާނެސް ޕްރޮގްރާމެއް ފަށައިފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
12 Jun 2023
ގުރައިދޫ މަރުކަަޒުގެ މުވައްޒަފެއް ބަލި މީހެއްގެ އަތުން ލާރި ވަގަށް ނަގައިފި
ކ. ގުރައިދޫގައި ހުންނަ ގެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނަގާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ބަލުމުގެ ދަށަށް ގެނައި ބަލި މީހެއްގެ އަތުން ފައިސާ ވަގަށް ނެގައިފިއެވެ.
12 Jun 2023
ދެން ވިސާއާ ނުލައި ދިވެހިންނަށް ގެމްބިއާއަށް ދެވޭނެ
ގެންބިއާގެ ސަރުކާރާއި ރާއްޖޭގެ ސަރުކާރާއި ދެމެދު ވިސާ ލުއިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
12 Jun 2023
ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ފިޔަވައްޗަށް ޒިޔާރަތްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން އާއިއެކު ހުޅުމާލޭގައި ހުންނަ ދައުލަތުގެ ފަރާތުން ބަލަހައްޓާކުޑަކުދިން ތިބޭ މަރުކަޒު "ފިޔަވަތި"އަށް ޒިޔާރަތްކުރައްވައިފިއެވެ.
12 Jun 2023
ދިވެހިރާއްޖެއާ ސޭޝެލްސްގެ މެދުގައި އެއްބަސްވުންތަކެއް ބަދަލުކޮށްފި
ދިވެހިރާއްޖެއާއި ރިޕަބްލިކް އޮފް ސޭޝެލްސްއާ ދެމެދު ގުޅުން ބަދަހިވަމުންދާކަން ހާމަވެގެންދާ ހަތަރު އެއްބަސްވުމެއް ދެޤައުމުގެ މެދުގައި މިއަދު ބަދަލުކުރައްވައިފިއެވެ.
12 Jun 2023
ވެށި ސާފުކުރުމަށް އަރބަންކޯއިން ކުންފުނިތަކަށް ޗެލެންޖެއް!
ތިމާވެށި ސާފުކޮށް ރައްކާތެރިކުރުމުގެ މަގްސަދުގައި އަރބަންކޯއިން ލޯންޗުކޮށްފައިވާ 'ދުނިޔެ މަގޭ' ބްރޭންޑުގެ ދަށުން ކްލީން އަޕް ޗެލެންޖެއް ތައާރަފްކޮށްފިއެވެ.
12 Jun 2023
ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމުމާއި ގާތަށް
ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
12 Jun 2023
ހައްޖާޖީން ފުރާތީ ޓްރެފިކަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ހައްޖާޖީން މިއަދު ފުރަން ފަށާތީވެ، ޓްރެފިކް ތޮއްޖެހުން ބޮޑުވާނެެ ކަމަށް ލަފާކޮށް މިކަމަށް ސަމާލު ވުމަށް ފުލުހުން އެދިއްޖެއެވެ.
12 Jun 2023
މި އަހަރު ޙައްޖަށްދާ ޙައްޖާޖީންގެ ފުރަތަމަ ފްލައިޓް މިއަދު ހަވީރު!
މި އަހަރު ޙައްޖަށްދާ ޙައްޖާޖީންގެ ފުރަތަމަ ފްލައިޓް މިއަދު ހަވީރު އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
12 Jun 2023
ސޭޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ސަރުކާރުން މަރުޙަބާ ދަންނަވައިފި
ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަންއަށް ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ.
11 Jun 2023
އެޑިއުކޭޝަންއިން ފައިސާ ނުދީ 3 މަސް، އިންޑިއާ މުވައްޒަފުން ކައުންސިލް އިދާރާއަށް އިހުތިޖާޖަށް
އެޑިއުކޭޝަން މިނިސްޓްރީއިން ހދ. މަކުނުދޫގައި އެޅުމަށް މަސައްކަތް ކުރާ މަލްޓިޕާޕޯސް ހޯލް އިމާރާތް ކުރާ އިންޑިއާ މުވައްޒަފުންނަށް މުސާރަ ނުލިބި 3 މަސް ވުމާއިއެކު އެ ރަށުގެ ކައުންސިލް އިދާރާއަށް ގޮސް އިހުތިޖާޖު ކުރަން ފަށައިފިއެވެ.
11 Jun 2023
ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެވަޑައިގެންފި
ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން, ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް، ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެވަޑައިގެންފިއެވެ.
11 Jun 2023
ލަންކާގެ 50000 ރުއް އިންދައިދިނުމަށް ރާއްޖެއިން އެދިއްޖެ
ދިވެހިރާއްޖޭގައި ސްްރީލަންކާގެ ކޮކޮނަޓް ރިސާޗް އިންސްޓިޓިއުޓް (ސީއާރްއައި) ގައި އުފައްދާ މަތީ ފެންވަރުގެ "ހައިބްރިޑް" ރުކުގެ 50000 ރުއް އިންދައިދިނުމަށް ރާއްޖެއިން އެދިއްޖެއެވެ.
10 Jun 2023
ޖޭޕީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމާއިއެކު ޤާސިމަށް ނަޝީދުގެ މަރުހަބާ!
ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެޕާޓީގެ ލީޑަރު އަދި ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް އާއި ރޭ ހަވާލުކުރުމާއިއެކު ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވާފިއެވެ.
10 Jun 2023
ބީއެމްއެލް އިސްލާމިކް ފައިނޭންސިންގ އަށް ހުށަހަޅައިގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު!
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންނަށް އައު ޕްރޮމޯޝަން އެއް މިއަދު ފަށައިފިއެވެ.
10 Jun 2023
ސޭޝެލްސްގެ ރައީސް ވަޑައިގަންނަވާތީ ހުޅުލޭގެ ފަޅާއި މަގުތައް ބަންދުކުރަނީ
ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން މި މަހުގެ 11 އިން 14 އަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅަށް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް (ވީއައިއޭ) ހިންގަމުންދާ ހުޅުލޭގެ ފަޅާއި ބައެއް މަގުތައް ބަންދު ކުރާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.
10 Jun 2023
ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަންނަވަނީ
ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
10 Jun 2023
"ނަޝީދު ސިކުނޑި ބޭނުން ކުރަން އިނގޭނަމަ ވެރިކަމުގެ ދައުރެއް ނިންމާނެ ބުއްދި ހުރީސް"
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިކުނޑި އެއް އިނދެގެން އެބޭނުން ކުރަން އިނގޭނަމަ އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރުގެ ދައުރު ނިންމާނެ ބުއްދި ހުުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
10 Jun 2023
ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އެމެރިކާއަށް ފުރާވަޑައިގެންފި
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުޢުތަޞިމް ޢަދުނާން އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު އެމެރިކާއަށް ފުރާވަޑައިގަންނަވައިފިއެވެ.
08 Jun 2023
އިނގިރޭސިވިލާތާއެކު އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ފަށައިފި
ދިވެހިރާއްޖެއާއެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރުމަށްޓަކައި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފެށުމަށް ޢާންމުކޮށް އިޢުލާން ކޮށްފިއެވެ.
08 Jun 2023
މޫސުން ގޯސްވެ ގެއްލުން ލިބުނު ރަށްތަކުގެ އަދަދު 11 އަށް
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މި އަހަރުގެ އެޕްރީލް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި، ވައިގަދަވުމުގެ ސަބަބުން ރަށްތަކަށް ލިބުު ގެއްލުންތަކާއި ގުޅިގެން އެހީ ދިނުމަށް ކުރެވެމުންދާ މަސައްކަތުގެ އަދާހަމަ ހާމަކޮށްފިއެވެ.
08 Jun 2023
"241 ކޮމިޓީީއިން އެދިއްޖެ ނަމަ ރައީސްގެ ސިޓީީ ހިިއްސާ ކުރާނެ"
ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖޭން ބަލައިގަންނަކަން ބަޔާންކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިިޓީ، (241 ކޮމިޓީ) އިން އެދިއްޖެ ނަމަ އެ ސިޓީފުޅު އެ ކޮމިޓީއާ ހިއްސާ ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާޏް މުހައްމަދު ވިދާޅުވެއްޖެއެވެ.
08 Jun 2023
އަންނަ އަހަރުގެ ތެރޭ ހުރިިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ"
ޕެ ހަރމަނައިޒިންގ ގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމި މުޅި ދައުލަތުގެ ހުރިިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
08 Jun 2023
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް މި މަހު ބޮޑު ވާނެ"
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އިނާޔަތް މިމަހުން ފެށިގެން ބޮޑު ވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
07 Jun 2023
ރައީސ މަޢާފުކޮށްދެއްވާ އަދި އަދަބަށް ލުއިދެއްވި މީހުންގެ އަދަދު 600 އަށްވުރެ ގިނަ!
ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ މަޢާފުކޮށްދެއްވާފައިވާ އަދި އަދަބަށް ލުއިދެއްވާވައިފައިވާ މީހުންގެ ޖުމްލަ އަދަދު 600 އަށްވުރެ ގިނަ ކަމަށް ރައީސް އޮފީހުން ހާމަކުރައްވާފިއެވެ.
07 Jun 2023
ބީއެމްއެލް އިން 'ކިލް ސްވިޗް' ތައާރަފްކޮށްފި
ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުއްލި ހާލަތްތަކުގައި އިންޓަރނެޓް ބޭންކިންގ އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ 'ކިލް ސްވިޗް' ތައާރަފްކޮށްފިއެވެ.
07 Jun 2023
"މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ހަމައެކަނި ކުރިހާކަމަކީ ރައީސަށް ސަނާކިޔުން"
ރައްޔިތުންގެ މަޖްލީހުގައި އެމްޑީޕީގެ މެމްބަރުން ހަމައެކަނި ކުރިހާކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞަލިހު އަށާއި ދައުލަތުގެ ވަޒީރުންނަށް ސަނާ ކިޔުން ކަމުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
07 Jun 2023
"މެދު ދާއިރާގެ ބަހުސްގައި ބައިވެރިވުމަށް އަޅުގަނޑު މި އިންނަނީ ކެތް މަދުވެފައި"
މައްޗަންގޯޅި މެދު ދާއިރާ ތަމްސީލުކޮށް ބަހުސްކުރުމަށް ރައްޔިތުން މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވަނީ ކެތްމަދުވެފައިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
07 Jun 2023
"ހުރިހާ ވައްކަމެއް ކޮށް "ޗޯރު" ލަގަބު ހޯދީ އަމިއްލައަށް"
ދިވެހި ރައްޔިތުންގެ ވެންޓިލޭޓަރު ތަކުން ވައްކަން ކޮށް ކަނޑު ވިއްކާލުމުން މިހާރު ދެން "ޗޯރު" ނޫން އެއްޗެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ނުކިޔާނެ ކަމަށާއި އެ ލަގަބު ހޯދީ އަމިއްލައަށް ކަމަށް ރައްޔިތުން މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.