މަރިޔަމް މަހާޝިން
ނޫސްވެރިކަންފަށާފައިވަނީ ވޮއިސް ނޫހުންނެވެ.
މަރިޔަމް މަހާޝިން
26 Jul 2023
"ސަރުކާރުން އެންމެ އިސްކަމެއްދެނީ ހަމަޖެހުން ޤާއިމުކުރުން"
މި ސަރުކާރުން އެންމެ އިސްކަމެއްދޭ ކަމަކީ ޤައުމުގައި ހަމަޖެހުން ޤާއިމުކުރުންކަމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
24 Jul 2023
ނޫސްވެރިންނަށް ފުލުހުން އަނިޔާކުރުމުން އައިއެފްޖޭގެ ކަންބޮޑުވުން!
ޖުމްހޫރީ މައިދާނުގައި ބޭއްވުނު އިދިކޮޅު ކޯލިޝަންގެ މުޒާހަރާ ކަވަރު ކުރަމުން ދިޔަ ޗެނަލް 13 ގެ ކެމެރާމަން އާއި ސަންގު ޓީވީގެ ނޫސްވެރިޔާއަށް ފުލުހަކު އަނިޔާ ކުރުމުގެ ސަބަބުން އިންޓާނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
24 Jul 2023
އަންހެނަކަށް ގުޅައި މެސެޖްކުރި އިސްމެޖިސްޓްރޭޓް ވަކިކުރުމަށް ނިންމައިފި!
ހދ. ކުޅުދުއްފުށީގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް އެކޯޓަށް ވަރިވުމަށް ހުށަހެޅި މީހަކަށް ގުޅައި މެސެޖުކޮށް ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކުރުމުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ފަނޑިޔާރު ކަމުން ވަކިކުރުމަށް ނިންމައިފިއެެވެ.
23 Jul 2023
"ވަކީލުންނާ ބައްދަލުކުރުމަކީ ޔާމީނަށް ކަށަވަރުކޮށްދޭ ޙައްޤެއް"
ވަކީލުންނާ ބައްދަލުކުރުމަކީ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަށް ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ޙައްޤެއް ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
23 Jul 2023
"އޭސީސީއިން ރައީސްއަށް ނިސްބަތްވާ މައްސަލަތައް އަވަހަށް ނިންމަންޖެހޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ނިސްބަތްވާ މައްސަލަތައް އޭސީސީއިން އަވަސްކޮށް ނިންމާ އެމަނިކުފާނަށް ހައްގު އަދަބު ދޭންޖެހޭނެ ކަމަށް މި ސަރުކަާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
23 Jul 2023
ވަރިވާން ހުށަހެޅި މީހަކަށް ގުޅި އިސްމެޖިސްޓްރޭޓްގެ ސަސްޕެންޑް ކޮށްފި
ހދ. ކުޅުދުއްފުށީގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް އެކޯޓަށް ވަރިވުމަށް ހުށަހެޅި މީހަކަށް ގުޅައި މެސެޖުކޮށް ހެދުމުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި ސަސްޕެންޝަންގެ މުއްދަތު އިތުރުކުރުމަށް ނިންމައިފިއެވެ.
22 Jul 2023
އިންތިޚާބަށް "ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" އެއް ޤާއިމުކޮށްފި
މި އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި "ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" އެއް އިލެކްޝަންސް ކޮމިޝަން (އީސީއިން) ގާއިމުކޮށްފިއެވެ.
20 Jul 2023
ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް ހުޅުވާލަނީ!
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑީޑޭޓް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލަން އެޕާޓީއިން އިއުލާން ކޮށްފިއެވެ.
20 Jul 2023
ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީގައި އިލްޔާސް ލަބީބު ވާދަކުރަން ނިންމައިފި!
ދަ ޑިމޮކްރެޓްސް ގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމާއިއެކު ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރިމަތިލުމަށް ނިންމައިފިއެވެ.
20 Jul 2023
ޖޭސީއައިއެމް އާއި ކޮމަންވެލްތްގެ ޕްރީ އިލެކްޝަން ޓީމް ބައްދަލުކޮށްފި
ކޮމަންވެލްތްގެ ސެކްރެޓޭރިއެޓްގެ ޕްރީ އިލެކްޝަންސް އެސެސްމެންޓް ޓީމް (ޕީއީއޭއެމް) އާއި ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލް މޯލްޑިވްސް (ޖޭސީއައިއެމް) ގެ ރައީސް އަހްމަދު ފާރިހު މުހައްމަދާއި އެ ޖަމިއްޔާގެ ސެނެޓަރ ހަސަން ފަޔާޒް ބައްދަލުކުރައްވާފިއެވެ.
19 Jul 2023
ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން އިތުރު ފުރުސަތެއް ދެނީ
މިހާރު ލިސްޓުގައި ހިމެނިފައި ނެތް ރިސޯޓަކަށް ރީ-ރަޖިސްޓްރޭޝަން ފޯމު ހުށަހަޅައިފިނަމަ، އިތުރު ރިސޯޓުތަކުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުޞަތު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
18 Jul 2023
"ފުއްގިރި މައްސަލައިގަ ރައީސް ޔާމީން ޖަލުގަ, ތުހުމަތު ކުރެވޭ ކުންފުނިތަކުގެ އިސްވެރިން ކެމްޕެއިންގަ"
ފުއްގިރި މައްސަލައިގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރައީސް އަދި ކުރީގެ ރައީސް އަބްދު ޔާމީން އަބްދުލްޤައްޔޫމް ޖަލުގަ ހުންނެވިއިރު, މި މައްސަލާގައި ތުހުމަތު ކުރެވޭ ކުންފުނިތަކުގެ އިސްވެރިން އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދަށް ކެމްޕެއިން ކޮށްދިނުމުގައި ކަމަށް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
18 Jul 2023
ބައިބައިވުމާއި ދެކޮޅުވެރިކަމާއި ޙަސަދަވެރިކަން ދޫކޮށްލުމަށް ރައީސް އިލްތިމާސް ކުރައްވައިފި
ހިޖުރީ އައު އަހަރު 1445 ފެށުމުގެ މުނާޞަބާގައި ފޮނުއްވި ޚިޠާބުގައި ބައިބައިވުމާއި ދެކޮޅުވެރިކަމާއި ޙަސަދަވެރިކަން ދޫކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު އިލްތިމާސް ކުރައްވާފިއެވެ.
18 Jul 2023
"ޗެއާޕާސަން އަކަށް ހުންނަންވާނީ ޒާތީނުވެ ޕާޓީގެ މެމްބަރުންނާއެކު އުޅެވޭ މީހެއް"
އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް، ރައީސުލްޖުމްހޫރިއްޔާގެ ރަނިން މޭޓްއަށް ޝައުގުވެރިވާ ކަމުގެ ވާހަކަދައްކަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ކަމަށް ވިދާޅުވުމުން އެކަމަށް ރީކޯ ރައްދު ދެއްވާއިފިއެވެ.
18 Jul 2023
"ރަނިން މޭޓަކަށް ވުމަށް އެއްވެސް ޝައުގެއް ނެތް"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރަނިން މޭޓަށް ވުމަށް އެއްވެސް ޝައުގެއް ނެތް ކަމަށް އިކޮނޮމިކް މިނސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
18 Jul 2023
ދަ ޑިމޮކްރެޓްސްގެ ސިޔާސަތު 'ފަސޭހަ ވިޔަފާރި' ލޯންޗް ކުރަނީ!
ދަ ޑިމޮކްރެޓްސްގެ ސިޔާސަތު 'ފަސޭހަ ވިޔަފާރި' 36 ރަށެއްގައި ލޯންޗް ކުރުމުގެ ހަރަކާތްތައް ފަށައިފިއެވެ.
18 Jul 2023
ތިނަދޫ އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ހުޅުއްވާދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވ. ތިނަދޫގެ އައު އިންޖީނުގެ ރަސްމީކޮށް މިއަދު ހުޅުއްވާދެއްވާފިއެވެ.
17 Jul 2023
ރައީސް ޞާލިހު ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މ އަތޮޅަށާއި ވ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވާފިއެވެ.
17 Jul 2023
ޖާހްގެ ފްލެޓްތަކުގެ މަސައްކަތް ކުރުމަށް އަރބަންކޯއިން ހަވާލުވެއްޖެ
ހުޅުމާލޭގައި ޖާހް ކޮންސްޓްރަކްޝަންގެ ފަރާތުން ތަރައްޤީ ކުރަމުންދާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިންމުމަށް އަރބަންކޯއިން ހަވާލުވެއްޖެއެވެ.
17 Jul 2023
ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައިފި
ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ ބައެއް ތަކެތި ފުލުހުން ހޯދައި އެތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
17 Jul 2023
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި 3 މީހުން ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްގައި ހދ. ކުޅުދުއްފުށިންނާއި ބ. އޭދަފުށިންނާއި ބ. ކަމަދޫއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
17 Jul 2023
ހުޅުމާލޭގައި ލަގްޒަރީ ފްލެޓް އަޅަން ފަސް ބިމެއް އާބަންކޯ އިން ވިއްކަނީ
ހުޅުމާލޭގައި ލަގްޒަރީ ރެސިޑެންޝަލް އިމާރާތްތަކެއް ހެދުމަށް ފަސް ބިމެއް ވިއްކުމަށް ނިންމައި ބީލަމަށް ހުށަހެޅުމުގެ ފުރުސަތު އާބަންކޯ އިން ހުޅުވާލައިފިއެވެ.
17 Jul 2023
ރައުޟާގައި ގެންގުޅެންޖެހޭ އަދަބުވެރިކަމާއި ގުޅޭގޮތުން އިރުޝާދު ދީފި
މަދީނާގެ ރައުދާއަށް ޒިޔާރަތްކުރުމާއި ނަމާދުކުރުމުގައި ގެންގުޅެންޖެހޭ އަދަބުވެރިކަމާއި ގުޅޭގޮތުން ސައުދީގެ ހައްޖާއި އުމްރާ މިނިސްޓްރީއިން ޒިޔާރަތްކުރާ ފަރާތްތަކަށް އިރުޝާދު ދީފިއެވެ.
16 Jul 2023
އިންޑިއާގެ ހައި ކޮމިޝަނަރ އާއި ފުއާދު ތައުފީގު ބައްދަލުކުރައްވައިފި
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހައި ކޮމިޝަނަރ މުނޫ މަހާވަރު އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ބައްދަލުކުރައްވާފިއެވެ.
16 Jul 2023
މަންމައަށް ބިރު ދެއްކި މީހަކު 3 މަސްދުވަހަށް ޖަލަށް!
މަންމަ މަރާލާނެކަމަށާއި ކަތިލާނެ ކަމަށް ބުނެ ބިރު ދެއްކި މީހަކު 3 މަސްދުވަހާއި 25 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
16 Jul 2023
"މި މަހު 28 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އީސީއިން ކަނޑައަޅާނެ"
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު މި މަހު 28 ގެ ކުރިން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާނެ ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
16 Jul 2023
"ކަސްޓަމަރުގެ ބޭންކު ކާޑުގެ މަޢުލޫމާތުން ނާޖާއިޒު ފައިދާ ނުނަގާނެ"
އެއްވެސް ކަސްޓަމަރެއްގެ ބޭންކު ކާޑުގެ މަޢުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭފަދަ މަޢުލޫމާތެއް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
16 Jul 2023
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލަނީ
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓް ކަނޑައެޅުމަށް ކުރިއަށް އޮތް ދެތިން ދުވަހު ޕްރައިމަރީއަށް ހުޅުވާލާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި މުއައްސިސް ހަސަން ލަތީފް ހާމަކުރައްވާފިއެވެ.
16 Jul 2023
"ތަކެތީގެ އަގު ބޮޑު ވެޔޭ ބުންޔަސް، އަގު މިހާރު ދަނީ ދަށަށް"
ކިތަންމެ ބާރަށް އަދި ކިތަންމެ އަޑު ހަރުކޮށް ތަކެތީގެ އަގު ބޮޑު ވެޔޭ ވާދަވެރިން ބުނިކަމުގައި ވީނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނަނީ ތަކެތީގެ އަގު މިހާރު ދަނީ ދަށަށް ކަމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
15 Jul 2023
"މިފްކޯއަށް ގެންނަ 3 ބޯޓުގެ ތެރެއިން 1 ބޯޓު ބާއްވާނީ މި ސަރަހައްދުގައި"
މިފްކޯއަށް އަލަށް ގެންނަ މަސް ކަލެކްޓިންގ 3 ބޯޓުގެ ތެރެއިން 1 ބޯޓު ބާއްވާނީ މ. މުލަކުގެ މަސްވެރިންނަށްޓަކައި އެ ސަރަހައްދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.