މަރިޔަމް މަހާޝިން
ނޫސްވެރިކަންފަށާފައިވަނީ ވޮއިސް ނޫހުންނެވެ.
މަރިޔަމް މަހާޝިން
22 Jun 2023
ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތައް ބާއްވަން އެމްޑީޕީން ހުށަހަޅައިފި
ރައްޔިތުން މަޖިލީހުގެ މިއަހަރުގެ 2 ވަނަ ދައުރުން ބޭރުގައި ޖަލްސާތައް ބޭއްވުމަށް އެމްޑީޕީގެ ޕީޖީއިން އެދިއްޖެއެވެ.
22 Jun 2023
"މިއަހަރު ހިނގާފައިވާ އަލިފާނުގެ ހާދިސާތަކަށް 1.1 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދެވުން"
މިއަހަރުގެ މިހާތަނަށް ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި ލިބުނު ގެއްލުންތަކަށް ފައިސާގެ އެހީ ފޯރުކޮށްދެވިފައިވާ ގޮތުގެ އަދާހަމަ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
22 Jun 2023
"ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގޭ ކުދިން ތިބޭކަމީ ޤައުމީ މައްސަލައެއް"
ދިވެހި މާޙައުލުގައި އުޅެ ބޮޑެތިވަމުން އައިނަމަވެސް، ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭ ކުދިން ތިބޭކަމީ ފުންކޮށް ވިސްނަންޖެހޭ ޤައުމީ މައްސަލައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
21 Jun 2023
އިންޑިއާ އެމްބަސީ ތެރޭގައި ޔޯގާ ދުވަސް ފާހަގަކޮށްފި
މިިއަދު ހެނދުނު އިންޑިިއާ އެންބަސީ ހުންނަ ސަރަހައްދު ބަންދުކޮށް މިއަހަރުގެ ޔޯގާ ދުވަސް ސިއްރިއްޔާތުގައި ފާހަގަކޮށްފިއެވެ.
21 Jun 2023
އިދިކޮޅު މެމްބަރުންގެ މަޖިލިސްް ގޮނޑިތައް ރައީސް އޮފީހަށް ގެންދަން މަސައްކަތްކޮށްފި!
އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ މަޖިލިސްް ގޮނޑިތައް ތަޅުމުން ނެރެ އެ ގޮނޑިތައް ރައީސް އޮފީހަށް ގެންދިޔުމަށް މަސައްކަތްކޮށްފިއެވެ.
21 Jun 2023
"މިމިންވަރަށް ރައްޔިތުންގެ މެދުގަ ތަފާތުކުރާ ވެރިކަމެއް އަދި ނާދޭ"
ބޮޑުންނަށާއި ނިކަމެތިި ރައްޔިތުންނަށް ވަކި ގޮތެއް އޮންނަ ކަމަށާއި މިމިންވަރަށް ރައްޔިތުންގެ މެދުގައި ތަފާތުކުރާ ވެރިކަމެއް އަދި ނާންނަ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
21 Jun 2023
ހޮނިހިރު ދުވަހު ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓް ތަކުން އަންނަ ހޮނިހިރު ދުވަހު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
20 Jun 2023
ނޫސްވެރިންނަށާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅުން ކުށްވެރިކޮށްފި
ނޫސްވެރިންނަށާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ފުލުހުން ހުރަސްއަޅަމުން ގެންދާ މައްސަލަ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
20 Jun 2023
ހުޅުމާލެ ސްމާޓް ސިޓީއަކަށް ވާސިލުވުމަށް ލޯރާވޭން އައި.އޯ.ޓީ ސެންސަރ ނެޓްވޯކެއް!
ހުޅުމާލެ ސްމާޓް ސިޓީއަކަށް ވާސިލުވުމަށް ކުރާ ދަތުރުގައި އަރބަންކޯއިން ލޯރާވޭން އައި.އޯ.ޓީ ސެންސަރ ނެޓްވޯކެއް ގާއިމު ކޮށްފިއެވެ.
19 Jun 2023
"މާދަމާގެ މަޖިލީހުގެ ޖަލްސާ ބޭއްވޭކަށް ނެތް"
މަޖިލީހުގެ ގަވައިދުގެ ސަބަބުން މާދާމާގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެއްޖެއެވެ.
19 Jun 2023
އޮޓިމާ ބްރޭޑްގެ ޕާސްތާގެ ރަހަ ދައްކާލަން ހަރަކާތެއް ކުރިއަށް ގެންގޮސްފި
ދުނިޔޭގެ މަޝްހޫރުު ބްރޭންޑްތައް ރާއްޖެއަށް ތައާރަފް ކުރުމުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވިލާ ޓްރޭޑިންގ ގެ ދަށުން ހިންގަމުންދާ ވިލާ މާޓްއިން މިދިޔަ އަންގާރަ ދުވަހު އޮޓިމާ ބްރޭންޑްގެ ޕާސްޓަގެ ރަހަ ދައްކާލުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
19 Jun 2023
"ރައީސްގެ ފަރާތްޕުޅުން ޔާމީނަށް އަނިޔާ ލިބޭނަމަ މައްސަލަ ކަމާބެހޭ ފަރާތަށް ހުށަހަޅުއްވާ"
އިދިކޮޅުން އިއްޔެ ރައީސް ޞާލިހަށް ލިޔުއްވި ސިޓީއަށް ހަވާލާދީ ރައީސް އޮފީހުން ފޮނުއްވާފައިވާ ސިޓީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްއަށް އަނިޔާއެއް ލިބޭކަމަށް ގަބޫލުކުރާނަމަ އެކަން ކަމާބެހޭ މުއައްސަސާއަކަށް ހުށަހަޅުއްވުމަށް އެ އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.
19 Jun 2023
އަރބަންކޯ ފޯ ބިޒްނަސް؛ ވިޔަފާރިވެރިންނަށް ހާއްސަ އޯޕަންޑޭ އެއް
އަރބަންކޯއިން ވިޔަފާރިވެރިންނަށް ހާއްސަ އޯޕަންޑޭއެއް "އަރބަންކޯ ފޯ ބިޒްނަސް" ގެ ނަމުގައި ބޭއްވުމަށް ހަމަ ޖައްސާފިއެވެ.
19 Jun 2023
ބަކަރިއެމްވީ މޫލީ އާއި ގުޅިގެން ޢަޤީޤާ ހަދިޔާ ކުރެވޭނެ ގޮތް ހަމަޖައްސައިފި
ރާއްޖޭގައި އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީ އިން ޢަޤީޤާ، އުލްޙިއްޔާ އަދި ފިދްޔާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބަކަރި.އެމްވީ އާއި މިއަދު ގުޅި އޮންލައިންކޮށް މި ހިދުމަތަށް އޯޑަރ ކުރެވޭނެ ގޮތް ފަހިކޮށްދީފިއެވެ.
19 Jun 2023
ޢީދު ބަންދުގެ އެއް ދުވަހު ބޭންކު ހުޅުވާނެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމާފައިވާ ގޮތަށް، އަޟްޙާ އީދާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގެ ތެރެއިން އެއްދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާނެ ކަމަށް އެ ބެންކުން ބުނެފިއެވެ.
18 Jun 2023
އޮންއެރައިވަލް ވިސާގައި މިސްްރަށް ދަތުރު ކުރެވޭނެހެން ހަމަޖައްސައިފި
މި މަހު 14 އިން ފެށިގެން މިސްރަށް ދަތުރުކުރާ ދިވެހިންނަށް "ވިސާ އޮން އެރައިވަލް" ލިބޭ ގޮތަށް ހަމަ ޖައްސައިފިއެވެ.
18 Jun 2023
ސިޓީ ކައުންސިލުން މައިޒާންތަކާއި ޕާކުތަކުގެ އާބާތުރަފިލުވުމަށް މަސައްކަތްތަކެއް!
މާލެ ސިޓީގައި ހުރި ޕާކު ތަކާއި މައިޒާންތައް މަރާމާތު ކުރުމަށް ބޮޑަތި މަސައްކަތްތަކެއް މާލެ ސިޓީ ކައުންސިލުން ކުރަން ފަށައިފިއެވެ.
17 Jun 2023
"ޤާސިމްގެ މަގުބޫލުކަން ފެނި ސިޔާސީ ވާދަވެރިން ކަންބޮޑުވާން ފަށައިފި"
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މަގްބޫލުކަން ފެނި ސިޔާސީ ވާދަވެރިން ކަންބޮޑުވާޏް ފަށައިފި ކަމަށް އެ ޕާޓީއަށް ތާއީދު ކުރައްވާ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
17 Jun 2023
"ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިއަކަށް އަދިވެސް ވާނީ ޗައިނާ"
ދިވެހިރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިއަކަށް އަދިވެސް ވާނީ ޗައިނާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
17 Jun 2023
ތިލަމާލެ ބްރިޖް މަޝްރޫއުގެ މުވައްޒަފަކު ފަރުވާ ނުލިބިގެން ނިޔާވެއްޖެ
އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ހަވާލު ކޮށްގެން ތަރައްގީ ކުރަމުންދާ ތިލަމާލެ ބްރިޖްގެ މަސައްކަތުގައި އުޅުނު މުވައްޒަފަކަށް ފަރުވާ ނުލިބިގެން ނިޔާ ވެއްޖެއެވެ.
15 Jun 2023
ޢަބްދުﷲ ޖަމީލް އަށް ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގެ މުއްދަތު އިތުރުކުރައްވައިފި
ދިވެހި ދައުލަތަށް 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ މާފަންނު ދޫރެސް ޢަބްދުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުޅުވާފައިވާ ދަފްތަރު ހުޅުވާފައި އޮންނަ މުއްދަތު އިތުރުކުރައްވައިފިއެވެ.
15 Jun 2023
ރަސްދޫގައި 100 ޓަނުގެ އިތުރު އާރުއޯ ޕްލާންޓެއް ބަހައްޓައިފި
ސްޓެލްކޯއިން ރަސްދޫގައި 100 ޓަނުގެ އިތުރު އާރުއޯ ޕްލާންޓެއް ބަހައްޓައިފިއެވެ.
15 Jun 2023
ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް މިއަދު ފުރާވަޑައިގަންނަވާނެއެވެ.
15 Jun 2023
ދަތުރުވެރިންނަށް މިހާރު ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ!
ރާއްޖޭގައި ކުރިއަރަމުން އަންނަ ސްޕީޑްބޯޓް ބުކިން އެޕްލިކޭޝަން ކަމަށްވާ އޮޑިއެޕް އާއި، ޑިޖިޓަލް ޕޭމްންޓް ހިދުމަތް ދޭ އެންމެ ބޮޑު ޕްލެޓްފޯމް އެމް-ފައިސާ ގުޅިގެން ރަށްރަށަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ކޮންމެ ތާކު ކޮންމެ ވަގުތެއްގައިވެސް ފެރީ އަދި ލޯންޗް ބުކް ކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަދައިފިއެވެ.
15 Jun 2023
ރޯމިންގް ރޭޓް ތަކުން %90 އާއި ހަމައަށް ޑިސްކައުންޓް!
ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އާއިލާ އާއި ރައްޓެހިންނާއި ގުޅުވާލަދިނުމަށް އުރީދޫ މޯލްޑިވްސްއިން ބޮޑެތި ފައިދާތަކާއެކު ހާއްސަ އޮފާތަކެއް މިއަދު ތައާރަފްކޮށްފިއެވެ.
14 Jun 2023
މަދިރިއާލާވުން ހުއްޓުވުމަށް އަރބަންކޯއިން ހުޅުމާލޭގައި ފޮގް ކުރަނީ
ހުޅުމާލޭގައި މަދިރި އާލާވެ، ޑެންގޫ ހުން ފެތުރެމުންދާ މިންވަރު އިތުރުވެފައިވާތީ މިކަން ހައްލުކުރުމުގެ ގޮތުން އަރބަންކޯއިން ހުޅުމާލޭގައި ފޮގް ކުރަން ފަށައިފިއެވެ.
13 Jun 2023
ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ބާރަށް ކުރިއަށް
ށ. ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
13 Jun 2023
ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށަނީ
ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އިިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވުނު ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
13 Jun 2023
ދަރިވަރުންނަށް ނަފްސާނީ އެހީ ފޯރުކޮށްދިނުމަށް ހެލްޕްލައިން ޤާއިމްކޮށްފި
ރާއްޖޭގެ މަދަރުސާތަކުގެ ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަލަށް '1484' ހެލްޕްލައިން ގާއިމުކޮށްފިއެވެ.
13 Jun 2023
ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުއް މީހަކު ހޯދަނީ
ސިނަމާލެ ބްރިޖް ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭންގެ ސީޕްލޭން ޓާމިނަލްއާ ހިސާބުގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް، އެ އެކްސިޑެންޓްގެ މަންޒަރު ދުއް މީހަކު ހުރިތޯ ބަލަން ފަށައިފިއެވެ.