19 Sep 2024
އުތުރުތިލަފަޅާއި ހަމައަށް ބްރިޖެއް އެޅުމުގެ ދިރާސާ ހަދަން މަޝްވަރާކޮށްފި
ތިލަފުށިން ފެށިގެން އުތުރުތިލަފަޅާއި ހަމައަށް ބްރިޖެއް އެޅުމުގެ ފީސިބިލިޓީ ދިރާސާ ހެދުމާއި ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.